އެޑަސަންގެ ސޮއި ހޯދަން ގަލަތަސަރާއި އިން ބޮޑު އަގެއް ދޭން ސިޓީން ޑިމާންޑްކޮށްފި

Aug 17, 2025, 3:05 AM
އެޑަސަންގެ ސޮއި ހޯދަން ގަލަތަސަރާއި އިން ބޮޑު އަގެއް ދޭން ސިޓީން ޑިމާންޑްކޮށްފި

މެންޗެސްޓާ (އޮގަސްޓް 17) - މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ގޯލްކީޕަރު، އެޑަސަން މޮރާއެސް ގަންނަ ނަމަ، ތުރުކީގެ ގަލަތަސަރާއި އިން ބޮޑު ފީއެއް ދޭން ޖެހޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެޑަސަން، 32، އަކީ ޓްރާންސްފާ ލިސްޓުގައި ހިމެނޭ ކުޅުންތެރިއެކެެވެ. އެއީ، އަންނަ އަހަރުގެ ޖޫންގެ ނިޔަލަށް އޮތް އެޑަސަންގެ ކޮންޓްރެކްޓް އާ ކުރަން ސިޓީން ކުރި މަސައްކަތުގައި އަލި މަގެއް ފެނިފައިނުވާތީ އެވެ.

ސިޓީން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި، އެންމެ އަގުބޮޑު އިނގިރޭސި ގޯލްކީޕަރުގެ ގޮތުގައި، ބާންލީ އަށް ކުޅެމުން އަންނަ ޖޭމްސް ޓްރަފޯޑް ގަތްއިރު، ސިޓީން އަންނަނީ ޕީއެސްޖީ ދޫކޮށްލަން ތައްޔާރުވަމުން އަންނަ އިޓަލީގެ ގޯލްކީޕަރު، ޖިއަންލުއީޖީ ޑޮނަރުންމާ ހޯދަން ވެސް މަސައްކަތް ކުރަމުންނެވެ. އެކަމަކު، ޑޮނަރުންމާ ހޯދުމުގެ ރޭހުގައި ސިޓީން ހަރަކާތްތެރިވާ މިންވަރު ބަރޯސާވެފައި އޮތީ، އެޑަސަންގެ ޓްރާންސްފާ ކަންތައް ނިމޭ ގޮތަކުންނެވެ.

އެ ގޮތުން، ގަލަތަސަރާއި އިން އެޑަސަން ހޯދަން ފުރަތަަމަ ކުރި ބިޑް އުޅެނީ، 14 މިލިއަން ޑޮލަރުގަ އެވެ. ސިޓީން އެޑަސަން ވިއްކާލަން ކިޔާ އަގުއުޅެނީ 20 މިލިއަން ޑޮލަރުގަ އެވެ. އެހެންކަމުން، އެޑަސަން ގަންނަނަމަ، ގަލަތަސަރާއި އިން މިހާރު ހުށަހަޅާފައި އޮތް ފީ ބޮޑުކުރަން ޖެހެ އެވެ.

ސިޓީން ޕްރިމިއާ ލީގުގެ އާ ސީޒަނުގައި ރޭ ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗު ސްކޮޑުގައި އެޑަސަން ނެތެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ނިންމާފައިވަނީ، އެޑަސަންގެ މުސްތަގުބަލާ ގުޅޭގޮތުން، ފައިނަލް ގޮތެއް ނުނިމެނިސް އޭނާ މެޗުތަކުގައި ބޭނުން ނުކުރުމަށެވެ.

އެޑަސަން، ސިޓީ އަށް ގެނައީ، 2017 ވަަނަ އަހަރު، 45 މިލިއަން ޑޮލަރު ދީފަ އެވެ. އެޑަސަން ވަނީ ސިޓީ އަށް 372 މެޗު ކުޅެދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox