ޑިއާޒްގެ ގޯލާ އެކު ބަޔާނުން ޖަރުމަނު ސުޕަ ކަޕް ކާމިޔާބުކޮށްފި

Aug 17, 2025, 12:45 AM
ޑިއާޒްގެ ގޯލާ އެކު ބަޔާނުން ޖަރުމަނު ސުޕަ ކަޕް ކާމިޔާބުކޮށްފި

ބާލިން (އޮގަސްޓް 17) - މި ފަަހަރުގެ ޓްރާންސްފާ މާކެޓްގައި ބަޔާން މިއުނިކާ ގުޅުނު ކޮލަމްބިއާގެ ފޯވާޑް، ލުއިސް ޑިއާޒް ޖެހި ގޯލާ އެކު، 2-1 އިން ސްޓުޓްގާޓް ބަލިކޮށް، ޖަރުމަނުގެ ފުޓްބޯޅަ ސީޒަން ފަށަން ކުޅޭ ފްރާންޒް ބެކެންބާއު ސުޕަ ކަޕް ބަޔާނުން ކާމިޔާބުކޮށްފި އެވެ.

މިއީ، ޖަރުމަނު ސުޕަ ކަޕްގެ ޗެމްޕިއަންކަން ބަޔާނުން ހޯދި 11 ވަނަ ފަހަރެވެ. ސުޕަ ކަޕް، އެންމެ ގިނަ ފަހަރު ހޯދުމުގެ ރެކޯޑް އޮތީ ވެސް ބަޔާން އަތުގަ އެވެ.

އެމްއެޗްޕީ އެރީނާގައި ކުޅުނު މި މެޗުގައި، ބަޔާނުން ވަނީ 18 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ، އިނގިރޭސި ފޯވާޑް ހެރީ ކޭން އެވެ.

ޖަރުމަނު ލީގުގެ ރަން ބޫޓު މިދިޔަ ސީޒަނުގައި ހޯދި، ކޭން، މި ގޯލު ޖެހީ ސްޓުޓްގާޓް ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި، ހަމަޖެހިލައިފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

ޑިއާޒް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ: މިއީ ޑިއާޒާ އެކު، ލިވަޕޫަލަށް ކުޅުނު ޖޮޓާގެ އުފާފާޅުކުރުމުގެ ގޯލު ސެލެބްރޭޝަނެއް.

ކޭންގެ ގޯލުން ކުރީގައި އޮވެ ނިންމާލި ބަޔާނުން، ލީޑުފުޅާކުރީ، 77 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ، ލިވަޕޫލް ދޫކޮށް 88 މިލިއަން ޑޮލަރަށް ބަަޔާނަށް ބަދަލުވި ޑިއާޒް އެވެ. މިއީ، ސާޖް ގްނާބްރީ ނެގި ބޯޅައަކުން ޑިއާޒް ބޮލުން ޖެހި ގޯލެކެވެ. ޑިއާޒް، ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރިއިރު، ވަނީ މިދިޔަ ޖުލައި މަހު ކާރު އެކްސިޑެންޓެއްގައި މަރުވި ޑިއާގޯ ޖޮޓާގެ ހަނދާން އާ ކޮށްފަ އެވެ.

މެޗުގައި ބަޔާނަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައިރު، ތިން ވަނަ ލަނޑެއް ނުޖެހުނެވެ.

އިތުރު ވަގުތުގެ ތެރޭގައި ސްޓުޓްގާޓަށް މި މެޗުގައި ޖަހައިދިން ހަމައެކަނި ލަނޑު ކާމިޔާބުކުރީ، ޖޭމީ ލެވަލިން އެވެ. މިއީ ބަޔާން ޑިފެންޑަރުން ފަސޭހަ ކޮށްލައިގެން ތިބި ދަނޑިވަޅެއްގެ ފައިދާނަގައިގެން، ލެވަލިން ޖެހި ގޯލެކެވެ.

ބަޔާނުން މިދިޔަ ސީޒަނުގައި ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ހޯދީ، 11 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ތަށި ގެއްލުނު މާޔޫސްކަމުން އަރައިގަނެގެންނެވެ. މި ސީޒަނުގައި ލީގު ތަށި ދިފާއުކުރަން، ބަޔާނުން ނުކުންނަައިރު، މި މަހު 22 ވަނަ ދުވަހު ފަށާ ޖަރުމަނު ލީގުގެ އާ ސީޒަނުގައި، ބަޔާނުން ބައްދަލުކުރާނީ އާރްބީ ލައިޕްޒިގާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox