އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރު ކުރިން ހިންގި އިމާރާތުން ބައެއް ވެއްޓި ގެއްލުންތަކެއް

ކުރީގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރު: އެތަނުން ބައެއް ވެއްޓި ދެ ކާރާއި ދެ ސައިކަލަށް ގެއްލުން ލިބުނު -- ފޮޓޯ: އަދަދު

ކުރީގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރު: އެތަނުން ބައެއް ވެއްޓި ދެ ކާރާއި ދެ ސައިކަލަށް ގެއްލުން ލިބުނު -- ފޮޓޯ: އަދަދު

އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރު ކުރިން ހިންގި އިމާރާތުން ބައެއް ވެއްޓި ޕާކް ކޮށްފައި ހުރި ވެހިކަލްތަކަކަށް މިއަދު ގެއްލުން ލިބިއްޖެ އެވެ.

ފުލުހުން ބުނީ ކުރީގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރުން ބައެއް ވެއްޓި ޖެހިގެން ހުރި އިމާރާތަށާއި ޕާކްކޮށްފައި ހުރި ދެ ސައިކަލާއި ދެ ކާރަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

"އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރު ކުރިން ހިންގި އިމާރާތުގެ ބައިތަކެއް ވެއްޓި ޖެހިގެން ހުރި އިމާރާތުގައި ޕާކް ކޮށްފައި ހުރި ދެ ސައިކަލާއި ދެ ކާރަށް ގެއްލުން ލިބިފައިވާ މައުލޫމާތު މިއަދު މެންދުރު 1:00 ޖަހާއިކަށްހާއިރު ފުލުހުންނަށް ލިބިފައިވޭ،" ފުލުހުން ބުންޏެވެ.

ހާދިސާއާ ގުޅޭ މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާއި ހިއްސާކޮށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް އެޑިއުކޭޝަން ޑިވެލޮޕް،މަންޓް ސެންޓަރު ކުރިން ހިންގި ބިމުގައި ހިމެނޭ ވެއްޓުނު ބަޔަކީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ޖާގަ ދަތިވެގެން 2004 ވަނަ އަހަރު ހަވާލުކޮށްފައި އޮތް ބައެކެވެ.

އެމްއެންޔޫއާ ހަވާލުކޮށްފައި އޮތް ބައިގައި އެ ޔުނިވާސިޓީން ކުރިން ކްލާސްތަކެއް ވެސް ހިންގި އެވެ. ނަމަވެސް އެތަނުގެ ހާލަތު ގޯސްވުމާ ގުޅިގެން ކްލާސްތައް ހިންގުން އެމްއެންޔޫއިން ވަނީ ހުއްޓާލާފަ އެވެ.

އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރު އުވާލެއްވީ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި 2013 ވަނަ އަހަރު އެވެ. އެތަން އުވާލެއްވުމަށްފަހު ވަހީދު އުފެއްދެވީ ނެޝެނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑްރަގު ކެފޭއަކުން ހަ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ކެފޭއެއްގެ ގޮތުގައި ހިންގި އެޕާޓްމަންޓަކުން ހަ މީހަކު ހައްޔަރުކޮށް، އެ އެންމެން 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ އޮޕަރޭޝަނުގައި އެ ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާއިރު، ހައްޔަރުކުރި ހަ މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ގެދޮރު އިމާރާތްކުރަން ލޯނު ނަގަން ބޭނުންވާ އިކުއިޓީއަށް އެހީއެއް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ޓްރަސްޓް ފަންޑެއްގައި ރައްކާކުރެވިފައެވެ.

އާންމު އުނދަގޫކުރާކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އުނދަގޫތަކަށް ހައްލެއް ނުލިބިގެން މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް ކަމަށްވާއިރު، މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީހެއްގެ އުނދަގުލާ ހެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް

ހަޅުތާލުކުރާ މީހާ ބުނާގޮތުން، ދޮޅު އަހަރު ވަންދެން އެކި އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ވެސް އެކަމަށް އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭނާ ބުނީ އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށެވެ.

އައިޖީއެމްއެޗް މުވައްޒަފުންގެ ޕެޓިޝަނެއް ރައީސްއަށް

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ހާޒިރީ އިނާޔަތް އެއްހަމަކުރުމަށާއި، ހޮނިހިރު ދުވަހާއި ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އިންސާފުވެރި އުޖޫރައެއް ހަމަޖައްސައިދިނުމަށެވެ. މީގެ ކުރިން ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ލިބިފައިނުވާތީ، މުވައްޒަފުން ވަނީ ޕޭ ހާމަނައިޒް ކުރުމުގައި އުނިވެފައިވާ ކަންކަން އިސްލާހުކޮށްދިނުމަށް އެދިފައެވެ.

ފުލުސް މީހާގެ ގައިގައި ޖެއްސީ 100 ކިލޯމީޓަރު ބާރަށް ދުއްވާފައި

"މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ."

ރަސްމާލޭގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ: ޒަމްޒަމް

ރަސްމާލޭގައި އީގަލް ހިލްސްއަށް ދޭ ސަރަހައްދުގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވި ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ހާމަކޮށްފިއެވެ. މި މަޝްރޫއާ ގުޅޭގޮތުން ގިނަ އިލްމުވެރިންތަކެއްގެ ކަންބޮޑުވުން ހުރި އިރު، މިކަމާ ގުޅޭ 100 ސަފުހާގެ ރިޕޯޓެއް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox