ހަބަރާއި ފޮޓޯތައް ޑިލީޓުކުރަން މަޖުބޫރުވުމުން ވެސް ހަލީލް ވިދާޅުވީ ގެނައީ ސައުދީގެ ޕްރިންސެއް ކަމަށް

ފޮރިން މިނިސްޓަރު ހަލީލް، މުއިއްޒު އަދި ސައުދީގެ ފޭކް ޕްރިންސް. އެއީ ސައުދީގެ ޝާހީ އާއިލާގެ އަމީރާއެއްގެ ދަރިކަލެއް ކަމަށް މިއަދު ހަލީލް ވިދާޅުވި --- އާޓްވޯކް: އިސްމާއިލް އިމްދާދު/އަދަދު

ފޮރިން މިނިސްޓަރު ހަލީލް، މުއިއްޒު އަދި ސައުދީގެ ފޭކް ޕްރިންސް. އެއީ ސައުދީގެ ޝާހީ އާއިލާގެ އަމީރާއެއްގެ ދަރިކަލެއް ކަމަށް މިއަދު ހަލީލް ވިދާޅުވި --- އާޓްވޯކް: އިސްމާއިލް އިމްދާދު/އަދަދު

ސައުދީ ޝާހީ އާއިލާގެ އަމީރަކާ ބައްދަލު ކުރެއްވި ކަމަށް ބުނެ ރައީސް އޮފީހުން އާންމު ކުރި ހަބަރުތަކާއި ފޮޓޯތައް އެ ގައުމުގެ ސަރުކާރުން އަންގައިގެން ނެގުމަށް ފަހު ވެސް ރައީސް މުހައްމަދު މުއިއްޒު ބައްދަލުކުރެއްވީ އެ ގައުމުގެ ޕްރިންސަކާ ކަމަށް ފޮރިން މިނިސްޓަރު އަބްދުالله ހަލީލް ވިދާޅުވެއްޖެ އެވެ.

ފަހުދު ސައުދު އަލް ޝަލަން ކިޔާ މީހަކު ރާއްޖެ އައީ، ގަތަރުގެ ކުންފުންޏަކާ ހަދަން ހަވާލު ކުރި ފައިނޭންޝަލް ސެންޓަރުގެ ހުޅުވުމުގެ ރަސްމިއްޔާތަށް، އެ ޕްރޮޖެކްޓުގެ މޫނުމަތި ރީތި ކުރުމަށެވެ. އަލް ޝަލަންއަކީ ސައުދީގެ އަމީރެއް ނޫން ކަން އެއިރު ވެސް ނޫސްތަކުން ބުންޏެވެ.

އެ ކަމާ ގުޅޭގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ފޮރިން މިނިސްޓަރާ ސުވާލު ކުރުމުން ވިދާޅުވީ އޭނާއަކީ ޝާހީ ދަރިފަސްކޮޅުގެ އަމީރާއެއްގެ ދަރިކަލުން ކަމަށެވެ. އެ ސުވާލު އޭނާއާ ކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް އެވެ.

"ފަހަދު އަލް ސައުދަކީ ޝާހީ ދަރިފަސްކޮޅުގެ އަމީރާއެއްގެ ދަރިކަލެއް އެ ބޭފުޅަކީ. ރާއްޖެއަށް އޭރު ވަޑައިގެންނެވީ ވިޔަފާރިގެ ދަތުރެއްގައި އަމިއްލަ ބައެއް މަސައްކަތް ކުރުމަށް،" ހަލީލް ޖަވާބު ދެއްވި އެވެ.

އޭނާ ރާއްޖެ ވަޑައިގަތީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ގެ މަސައްކަތްތަކަށް އެކަމުގައި ހިމެނޭ އެހެން ބޭފުޅުންނާ އެކު ކަމަށް ހަލީލް ވިދާޅުވި އެވެ.

އެ ކަމުގެ މައުލޫމާތު އެނގޭ އިސް އޮފިޝަލަކު އަދަދު އާ ވާހަކަ ދައްކަމުން މީގެ ކުރިން ބުނީ، އަލް ޝަލަންއަކީ ސައުދީގެ އަމީރެއް ކަމަށް ސަރުކާރުން ބުނަމުންދިޔަ މައްސަލައިގައި އެ ގައުމުން ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރި ކަމަށެވެ. އަދި އެކަން އިސްލާހުނުކޮށް، މައާފަށް އެދިފައިނުވާތީ ވެސް ސައުދީ ސަރުކާރުން މައްސަލަ ޖެއްސި ކަމަށްވެ އެވެ.

"ސައުދީ ސަރުކާރުން ހަމަ ރަސްމީކޮށް އެންގީ ހަބަރާއި ފޮޓޯ ހިމެނޭ ގޮތަށް އެކަމާ ގުޅޭ ހުރިހާ އެއްޗެއް ނަގަން،" ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި އެ އޮފިޝަލް ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި އެ ހަބަރު އެންމެ ފުރަތަމަ ޝާއިއުކުރިއިރު ފަހަދުއަށް އަރުވާފައި އޮތް ލަގަބަކީ "ހިޒް ރޯޔަލް ހައިނެސް" އެވެ. އެއީ އެ ގައުމުގެ ރަސްގެފާނުގެ ދަރިންނާއި ކާފަ ދަރިކަލުންނަށް ބޭނުންކުރާ ލަގަބެކެވެ.

"ސައުދީ އަރަބިއްޔާ އާއި ރާއްޖެއާ ދެމެދު އޮތް ހާރިޖީ ގުޅުންތަކަަށް އެއްވެސް ކަހަލަ އަސަރެއް ކޮށްފައިވޭތޯ. ނޫން. ސައުދީ އަރަބިއްޔާގެ ގުޅުންތައް ވަރަށް ވަރުގަދަކޮށް ދަނީ،" ހަލީލް ވިދާޅުވި އެވެ.

އެ ކަމުގައި ސަރުކާރުން އަމަލުކޮށްފައިވަނީ ގޯސްކޮށް ކަމަށް ގަބޫލުކުރަންތޯ ހަލީލްއާ މީކާއިލް ސުވާލު ކުރި އެވެ. ނަމަވެސް، އެ ސުވާލަށް ޖަވާބެއް ނުދެއްވަ އެވެ.

ސައުދީގެ ފޭކު ޕްރިންސް ރާއްޖެ އަންނަ ހަބަރު ދިވެހި ސަރުކާރުން އޮތީ ސިއްރުކޮށްފަ އެވެ. ފޭކު ޕްރިންސް އައުމާ ގުޅޭ މުއާމަލާތްތައް ކުރިއަށް ގެންދިޔައީ ސިއްރު ސިޓީތަކެއް މެދުވެރިކޮށެވެ. ފޭކު ޕްރިންސް ރާއްޖެ ގެނައުމުގައި އިސްކޮށް ހަރަކާތްތެރިވީ ދެ ވަޒީރެއް ކަމަށްވެ އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި އެ އާޓިކަލްއަށް ދީފައިވާ ރިފަރެންސް ނަންބަރަކީ 405-2025:Ref އެވެ. ނަމަވެސް ރައީސް އޮފީހުގެ ވެބްސައިޓަށް ވަދެ އެ ރިފަރެންސް ނަންބަރު ޖެހުމުން މިހާރު ދައްކަނީ އެ ހަބަރު ވެބްސައިޓުގައި ނެތް ކަމަށެވެ.

ސައުދީ "ޕްރިންސް" އާ ރައީސް ބައްދަލު ކުރެއްވި ހަބަރުގެ އާޓިކަލް ނަންބަރަކީ 33647 އެވެ. އެ އާޓިކަލް މިހާރު ޑިލީޓު ކޮށްފައިވާކަން ސާބިތުވަނީ އޭގެ ކުރިން 33646 ވަނަ ނަންބަރުގައި ޝާއިއު ކޮށްފައިވާ ހަބަރާއި 33648 ވަނަ ނަންބަރުގައި ޝާއިއު ކޮށްފައިވާ ހަބަރު މިހާރު ވެސް ވެބްސައިޓުން ފެންނާނެ ހުރުމުންނެވެ. 33646 ވަނަ ހަބަރުގެ ރެފަރެންސް ނަންބަރަކީ 404-2025:Ref އެކެވެ. 33648 ގެ ރިފަރެންސް ނަންބަރަކީ 406-2025:Ref އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox