ހުލާސާކޮށް އިއްޔެ: ޝުޖާއުއާ ހެދި ޕީއެންސީ މެންބަރުން ހެޕީއެއް ނޫން

Aug 10, 2025, 1:14 AM
ބާރަށު ދާއިރާގެ މެންބަރު ޝުޖާއު

ބާރަށު ދާއިރާގެ މެންބަރު ޝުޖާއު

ޕީއެންސީ ޕާލިމެންޓަރީ ގްރޫޕުގެ ބުދަ ދުވަހުގެ ބައްދަލުވުން ހޫނުވި މައިގަނޑު އެއް ސަބަބަކީ ބައެއް މެންބަރުންގެ ކުންފުނިތަކުގެ ބިލްތަކާއި އާންމުންގެ ބިލްތަކަށް ސަރުކާރުން ފައިސާ ނުދައްކައި ފުނިޖައްސާފައި ހުއްޓައި، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުގެ ކުންފުނިތަކަށް އެތައް މިލިއަނަކުން ފައިސާ ދޫކުރުން ކަމަށް، އެ ޕާޓީއަށް ނިސްބަތްވާ ބައެއް މެންބަރުން އަދަދު ނޫހަށް ވިދާޅުވި އެވެ.

ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުއަށް ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދިކަމުގެ ތުހުމަތުކޮށް މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ލީކްކޮށްލިއިރު، އެ ރިޕޯޓުން އެނގޭ ގޮތުން ނޮވެމްބަރު 1، 2023 އިން ޖެނުއަރީ 10، 2024 ގެ ނިޔަލަށް ޝުޖާއުގެ އެކި ކުންފުނިތަކުގެ ބިލްތަކަށް އެތައް މިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ.

"އެއީ އަދި މަދު އެތިކޮޅެއް،" ޕީއެންސީގެ މެންބަރަކު "އަދަދު ނޫހަށް ވިދާޅުވި އެވެ.

ޝުޖާއުގެ ކުންފުނިތަކުގެ މުއާމަލާތްތަކާމެދު ތުހުމަތުތައް ހުރެގެން އެފްއައިޔޫ އިން ޕޮލިހަށާއި އޭސީސީއަށް އެ މައްސަލަ ފޮނުވާފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އެ މައްސަލަ ތަހުގީގުކުރާކަން ޕޮލިހާއި އޭސީސީން ހާމަކުރީ އެފްއައިޔޫގެ ރިޕޯޓު ލީކްވެ، ރައްޔިތުން "ކެކެން" ފެށުމުންނެެވެ.

"ޝުޖާއުގެ މައްސަލައެއް ނުބަލާނެ. އެހެން ނޫނަމަ އެފްއައިޔޫގެ ވެރިޔާ ބަދަލެއް ނުކުރާނެ. އެއް އަހަރުވީއިރު ސުވާލުކޮށް ނުލީމަ އެ ބުނެދެނީ މައްސަލަ ނުބަލާނެކަން،" މެންބަރަކު ވިދާޅުވި އެވެ.

ޝުޖާއުގެ މައްސަލަ ފެންމަތިވެފައި އޮތްވައި ބޭއްވި ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުން ވަރަށް ބޮޑަށް ހޫނުވިކަން އެ ޕާޓީގެ އެތައް މެންބަރުންނެއް ކަށަވަރުކޮށް ދެއްވި އެވެ.

މިއަދުގެ މޫސުން

  • މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ.
  • ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލަށް
  • އާދައިގެ ވަރަކަށް ކަނޑުތައް މަޑުވާނެ
  • ރާޅުގެ އުސްމިން ހުރީ 2 ފޫޓާއި 4 ފޫޓާ ދެމެދު.

ނަމާދު ވަގުތު

  • ފަތިސް 04:47
  • އިރުއަރާ 06:02
  • މެންދުރު 12:15
  • އަޞްރު 15:31
  • މަޣްރިބް 18:21
  • ޢިޝާ 19:36

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox