ރޮޑްރީ އެއްކޮށް ފިޓްވާނީ އަންނަ މަހު

Aug 9, 2025, 2:18 PM
ރޮޑްރީ އެއްކޮށް ފިޓްވާނީ އަންނަ މަހު

މެންޗެސްޓާ (އޮގަސްޓް 9) - މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ސްޕެއިނުގެ މިޑްފީލްޑަރު، ރޮޑްރީގޯ (ރޮޑްރީ) އެއްކޮށް ފިޓްވެގެން ކުޅުމުގެ ތެރެއަށް އާދެވޭނީ އަންނަ މަހު ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ކަކުލަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން ރޮޑްރީ ވަނީ ކުޅުމާ ދުރުގައި ހުންނަން ޖެހިފަ އެވެ. ފެބްރުއަރީ މަހު، އިންޑިވިޖުއަލް ޓްރެއިނިން އަށް ނުކުތް ރޮޑްރީ، ޓީމު ޓްރެއިނިންތަކުގައި ބައިވެރިވާން ފަށާފައިވަނީ، މެއި މަހުގެ ކުރީކޮޅުގަ އެވެ. އަދި، ޕްރިމިއާ ލީގުގެ މިދިިޔަ ސީޒަނުގެ ފަހު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރޮޑްރީ ވަނީ، ޖޫން/ޖުލައިގައި ކުރިއަށްދިޔަ ފީފާ ކްލަބް ވޯލްޑް ކަޕްގައި ވެސް ކުޅެފަ އެވެ.

ކްލަބް ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި، ސައުދީ ޕްރޯ ލީގުގެ އަލް ހިލާލް އަތުން ބަލިވެ ސިޓީ ކެޓި މެޗުގައި ބަދަލަކަށް ކުޅެން އެރި ރޮޑްރީ ވަނީ ފަހުން ބަދަލުކޮށްފަ އެވެ. އަދި، އެއީ އުކުޅުވަޅަށް ލިބުނު އަނިޔާއަކުން ކަމަށް ސިޓީން ވަނީ ބުނެފަ އެވެ.

ގާޑިއޯލާ ބުނީ، ހިލާލްއާ ދެކޮޅަށް ކުުޅުނު މެޗުގައި ރޮޑްރީ އަށް ކުރިމަތިވީ ބޮޑު އަނިޔާއެއްގެ މައްސަލައެއް ކަމަށެވެ. އަދި، އެ ކަމުން ރިކަވާވެގެން އެއްކޮށް ފިޓްވެ، ކުޅުމަށް އެނބުރި އާދެވޭނީ އަންނަ މަހުގެ އިންޓަނޭޝަނަލް ބްރޭކުގެ ފަހުން ކަަަމަށް ވެސް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

ޕްރިމިއާ ލީގުގެ އާ ސީޒަނުގެ ފުރަތަމަ ތިން މެޗު، އިންޓަނޭޝަނަލް ބްރޭކުގެ ކުރިން ކުޅޭނެ އެވެ. އެއީ، ވުލްްވްސް، ޓޮޓެންހަމް އަދި ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ. އެ މެޗުތައް ޔަގީނުން ވެސް ރޮޑްރީ އަށް ގެއްލޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox