ހިތުގެ މައްސަލައެއް ދިމާވެ ޕޯޓޯގެ ކުރީގެ ކެޕްޓަން މަރުވެއްޖެ

Aug 6, 2025, 1:38 AM
ހިތުގެ މައްސަލައެއް ދިމާވެ ޕޯޓޯގެ ކުރީގެ ކެޕްޓަން މަރުވެއްޖެ

ލިޒްބަން (އޮގަސްޓް 6) - ޕޯޓޯގެ ޓްރެއިނިން ސެންޓަރުގައި ހުއްޓައި، ކާޑިއަކް އެރެސްޓެއް (ހިތުގެ މައްސަލައެއް) ކުރިމަތިިވި އެ ކްލަބްގެ ކުރީގެ ކެޕްޓަން، ޖޯޖް ކޮސްޓާ މަރުވެއްޖެ އެވެ.

ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން، 2004 ވަނަ އަހަރު ޕޯޓޯ އަށް ހޯދައިދޭން އެހީތެރިވި ކެޕްޓަން، ކޮސްޓާ މަރުވިއިރު އުމުރަކީ 53 އަހަރެވެ. އޭނާ، 2006 ވަނަ އަހަރު ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ފަހު، މެނޭޖްމަންޓް ތެރެއަށް އައިސް، ޕޯޓޯގެ ޑިރެކްޓާ އޮފް ޕްރޮފެޝަނަލް ފުޓްބޯލްގެ މަގާމާ ހަވާލުވީ މިދިޔަ ސީޒަނުގަ އެވެ.

ޕޯޗުގަލް ގައުމީ ޓީމަށް 50 މެޗު ކުޅެދީފައިވާ ކޮސްޓާ، އަކީ ޕޯޓޯގެ އެކަޑަމީން އައި ކުޅުންތެރިއެކެވެ. އިނގިރޭސި ކްލަބް، ޗާލްޓަން އެތުލެޓިކަށް ލޯނަކަށް ކުޅުނު ކޮސްޓާގެ ކެރިއަރުގެ ބޮޑުބައި ޕޯޓޯގައި ހޭދަކުރިއިރު އެ ޓީމަށް 324 މެޗު ކުޅެދިނެވެ.

ޕޯޓޯ އަށް ޔުއެފާ ކަޕާއި ޗެމްޕިއަންސް ލީގު ހޯދައިދިނުމުގެ އިތުރުން، ޕޯޗުގީސް ލީގު އަށް ފަހަރު ހޯދައިދިން ކޮސްޓާ އެ ޓީމާ އެކު، ޖުމްލަ 24 ތަށި ހޯދި އެވެ. މީގެ 25 އަހަރު ކުރިން، ޕޯޗުގީސް ލީގުގެ މޮޅު ކުޅުންތެރިޔާ އަށް ދޭ ގޯލްޑަން ބޯލް ހާސިލްކުރި ކޮސްޓާގެ ނަން، ގިނަ ކުޅުންތެރިން ހަނދާން ކުރަނީ ލެޖެންޑަރީ ކެޕްޓަނެއްގެ ގޮތުގަ އެވެ.

ބްރާގާގެ އެސިސްޓަންޓް ކޯޗުގެ ގޮތުގައި 2006 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ކޮސްޓާ ޖެހިގެން އައި އަހަރު އެ ޓީމުގެ ހެޑް ކޯޗުކަމާ ހަވާލުވި އެވެ. އޭގެ ފަހުން 10 އަކަށް ވުރެ ގިނަ ޓީމުގައި މަސައްކަތްކުރި ކޮސްޓާ ކޯޗުކޮށްދިން ޓީމުތަކުގެ ތެރޭގައި، ގެބޮން ގައުމީ ޓީމާއި އިންޑިއަން ސުޕަ ލީގުގެ މުމްބާއި ސިޓީ ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފީފާގެ ސިސްޓަމް ހެކްކޮށް 12 ޖީބީގެ މައުލޫމާތު ވަގަށް ނަގައިފި

ފީފާގެ މުވައްޒަފެއްގެ ގޮތުގައި ސިސްޓަމަށް ވަދެ، ހެކަރުންތަކެއް ވަނީ 12 ޖީބީގެ ޒާތީ އަދި މާލީ މައުލޫމާތުތަކެއް ވަގަށް ނަގާފައި. މި ހަމަލާގެ ޒިންމާ "ހޭންޑްސަމް ބޯއީ ހެކިން ކްލަބް" އިން އުފުލާފައިވާއިރު، މީގެ ތެރޭގައި އައިޑެންޓިޓީ ލިޔެކިޔުންތަކާއި ގާނޫނީ މައުލޫމާތުތައް ހިމެނޭ ކަމަށް ފީފާ އިން ބުނޭ

އެފްއައިއޭގެ ފަންޑިން ޕްރޮގްރާމުން ރާއްޖެ އަށް އެހީއެއް

ދުނިޔޭގެ މޮޓޯސްޕޯޓްސް ޖަމިއްޔާ (އެފްއައިއޭ) އިން ރާއްޖޭގައި މި ކުޅިވަރު ކުރިއެރުވުމަށް ދެ ގޯކާޓް ހަދިޔާކޮށްފިއެވެ. ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އިން ނިންމާފައިވަނީ މި ކާޓުތައް ބޭނުންކޮށްގެން އަންނަ އަހަރު ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ޒުވާން ރޭސަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށެވެ.

ބާސެލޯނާ އަށް މޮޅެއް، ބަޔާން ބަލި، ޕީއެސްޖީގެ ރެކޯޑް ނިމުމަކަށް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ 4-1 އިން ސަބާ ބަލިކުރިއިރު، ބަޔާން މިއުނިކް ވަނީ ލިލް އަތުން 2-1 އިން ބަލިވެފައި. މުބާރާތުގައި މޮޅުވަމުން އައި ޕީއެސްޖީ، ރޯމާއާ 2-2 އިން އެއްވަރުވެ އެ ޓީމުގެ ރެކޯޑަށް ނިމުން އައިއިރު، މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ހުރިހާ މެޗަކުން މޮޅުވި ހަމައެކަނި ޓީމަކީ މިހާރު ރެއާލް މެޑްރިޑް

ލިވަޕޫލް މޮޅުވިއިރު، ޔުނައިޓެޑާއި ސްޕޯޓިން އެއްވަރު

ޗެމްޕިއަންސް ލީގުގައި ރޭ ކްލަބް ބްރޫޖް އަތުން 3-0 އިން ލިވަޕޫލް މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ސްޕޯޓިން ލިޒްބަން ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެން. ލިވަޕޫލްގެ ގޯލުތައް އިސާކް އާއި ވާޓްޒް ކާމިޔާބުކޮށްދިންއިރު، ޔުނައިޓެޑަށް ދެ ގޯލުވެސް ޖަހައިދިނީ ކެޕްޓަން ބްރޫނޯ ފެނާންޑޭސް

ނިއު ރޭޑިއަންޓް ފަސްބެލުމެއް ނެތި ވަރުގަދަ ފޯމުގައި ކުރިއަށް

އެފްއޭއެމް ވިމެންސް ލީގުގައި ދަ ގްރާންޑޭ އަތުން 10-0 އިން މޮޅުވެ، ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެގެން ނިއު ރޭޑިއަންޓް ތާވަލުގެ އެއްވަނައިގައި ވަރުގަދަ ފޯމެއްގައި އެބައޮތް. ދެ ވަނައިގައި އޮތް މާޒިޔާ އިން އެމްއެސް މޭޓްސް ބަލިކޮށް ތިން ޕޮއިންޓް ހޯދާފައިވާއިރު، މުބާރާތުގެ ކޮންމެ ޓީމަކަށް މިހާރު ބާކީ އޮތީ ދެ މެޗު

މުސިއާލާގެ ސިއްހަތަށް އިސްކަންދޭ ކަމަށް ބަޔާނުން ބުނެފި

ބަޔާން މިއުނިކްގެ މިޑްފީލްޑަރު ޖަމާލް މުސިއާލާގެ ސިއްހީ ހާލަތާ ގުޅޭގޮތުން އެ ކްލަބުގެ އިސްވެރިން ދެއްކެވި ޒިންމާދާރުކަން ކުޑަ ވާހަކަތަކަކާ ގުޅިގެން ފިފްޕްރޯ އިން ވަނީ ފާޑުކިޔައިފައި. މި ފާޑުކިޔުންތަކާ ގުޅިގެން، މުސިއާލާގެ ސިއްހީ ކަންކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދޭ ކަމަށް ބަޔާނުން މިހާރު ވަނީ ބުނެފައި

ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރުގެ ފަހުކޮޅަށް ފަސްކޮށްފި

އަންނަ އަހަރުގެ އޭޕްރީލް މަހު ޕާކިސްތާނުގައި ބޭއްވުމަށް ތާވަލުކުރި 14 ވަނަ ސައުތު އޭޝިއަން ގޭމްސް، އެހެން މުބާރާތަކާ ތާރީޚު ފުށުއަރާތީ އަންނަ އަހަރުގެ ފަހުކޮޅަށް ފަސްކޮށްފި. މިއީ އެކި ސަބަބުތަކާ ހުރެ މި މުބާރާތް ފަސްކުރި ހަވަނަ ފަހަރު. ޕާކިސްތާނުގެ ތިން ސިޓީއެއްގައި ބާއްވާ މި ގޭމްސްގައި 27 ކުޅިވަރަކުން 4200 އެއްހާ އެތުލީޓުން ބައިވެރިވާނެ

Newsletter

Get the latest news delivered straight to your inbox