40 އަހަރުގެ ޕެޕޭއަށް ޗެމްޕިއަންސް ލީގުގެ ރެކޯޑެއް

Nov 8, 2023, 8:09 AM
40 އަހަރުގެ ޕެޕޭއަށް ޗެމްޕިއަންސް ލީގުގެ ރެކޯޑެއް

ޕޯޓޯ (ނޮވެމްބަރު 8) - ރޯޔަލް އެންޓްވާޕް ކޮޅަށް ގޯލު ޖަހައި، ޔުއެފާ ޗެމްޕިއަންސް ލީގުގައި ގޯލު ޖެހި އެންމެ މުސްކުޅި ކުޅުންތެރިޔާގެ ރެކޯޑު ޕޯޓޯގެ ޑިފެންޑަރު ޕެޕޭ މުގުރާލައިފި އެވެ.

ޗެމްޕިއަންސް ލީގުގުގައި ޕޯޓޯ އިން ވަނީ ރޭ 2-0 އިން ބެލްޖިއަމްގެ ރޯޔަލް އެންޓްވާޕް ބަލިކޮށްފަ އެވެ. މި މެޗުގެ އިތުރު ވަގުތުގައި ޕޯޓޯގެ ދެ ވަނަ ގޯލު ޖަހައިދިނީ ޕޯޗުގަލްގެ ޑިފެންޑަރު ޕެޕޭ އެވެ.

ޕެޕޭ މި ގޯލު ޖެހިއިރު އޭނާގެ އުމުރަކީ 40 އަހަރާއި، 254 ދުވަހެވެ. މިއާ އެކު އޭނާ ވެފައިވަނީ ޗެމްޕިއަންސް ލީގުގެ މެޗެއްގައި ގޯލު ޖެހި އެންމެ މުސްކުޅި ކުޅުންތެރިޔާއަށެވެ. އަދި ޗެމްޕިއަންސް ލީގުގައި ގޯލު ޖެހި 40 އަހަރުން މަތީގެ ހަމައެކަނި ކުޅުންތެރިޔަކީވެސް ޕެޕޭ އެވެ.

ޗެމްޕިއަންސް ލީގުގައި ގޯލު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑު ކުރިން އޮތީ އިޓަލީގެ އޭއެސް ރޯމާގެ ކުރީގެ ތަރި ފްރެންޗެސްކޯ ޓޮޓީގެ އަތުގަ އެވެ. 2014 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގައި ސީއެސްކޭއޭ މޮސްކްވާ ކޮޅަށް ގޯލު ޖެހިއިރު ޓޮޓީގެ އުމުރަކީ 38 އަހަރާއި، 59 ދުވަހެވެ.

ޗެމްޕިއަންސް ލީގުގައި ގޯލު ޖެހި އެންމެ މުސްކުޅި ކުޅުންތެރިޔާގެ ރެކޯޑުގެ އިތުރުން ޗެމްޕިއަންސް ލީގުގައި މެޗެއް ކުޅުނު ދެ ވަނައަށް އެންމެ މުސްކުޅި ކުޅުންތެރިއަކީވެސް ޕެޕޭ އެވެ. އޮކްޓޯބަރު 25 ގައި ޕެޕޭ ޗެމްޕިއަންސް ލީގުގައި ޕޯޓޯއަށް ކުޅުނު މެޗުގަ އެވެ.

ޕޯޗުގަލްގެ ތަޖުރިބާކާރު ޑިފެންޑަރު ޕެޕޭ އަކީ ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން ވެސް ކޯޗު ފުރުސަތުދޭ ކުޅުންތެރިއެކެވެ. އޭނާ މިހާރު ތައްޔާރުވަމުން އަންނަނީ ޕޯޗުގަލްއާއެކު އަންނަ އަހަރުގެ ޔޫރޯގައި ކުޅުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox