ސަރުކާރުގެ އައިނު ފިހާރައިން އައިނެއް ހައްދަން ފަސް ހަފުތާ ނަގާ

ސަރުކާރުގެ އައިނު ފިހާރައިން އައިނެއް ހައްދަން ފަސް ހަފުތާ ނަގާ

ކުރިން ހީކުރި ގޮތާ ހިލާފަށް ޑިމާންޑު ބޮޑުވުމުން ސަރުކާރުގެ އައިނު ފިހާރަ، އެމްސީޖީއެޗް އޮޕްޓިކަލްސް އިން އައިނެއް ހައްދަން ފަސް ހަފުތާ ނަގާކަން އެނގިއްޖެ އެވެ.

އަދަދު އިން އެމްސީޖީއެޗް އޮޕްޓިކަލްސްއަށް ގުޅުމުން ބުނީ އެތަނުން ލޮލުގެ ނަންބަރު ބެލުމަށް ނަން ނޯޓުކޮށްގެން ވެއިޓް ލިސްޓުކުރާނަމަ ތިން ހަފުތާ އާއި ހަތަރު ހަފުތާއާ ދެމެދުގެ މަޑުކުރަން ޖެހޭ ކަމަށެވެ.

"މިކޮޅުން ހަމަ ވެއިޓް ލިސްޓް ކޮށްލާނީ. ތިނެއް ނޫނީ ހަތަރު ހަފުތާ ނަގާނެ މިކޮޅުން ގުޅާލަން. ވެއިޓް ލިސްޓުގައި ބައިވަރު މީހުން އެބަތިބި،" އެމްސީޖީއެޗް އޮޕްޓިކަލްސް އިން ބުންޏެވެ.

ލޮލުގެ ނަންބަރު ބެލުމަށްފަހު އައިނު ހައްދަން ކިތައް ދުވަސް ނަގާނެތޯ މި ނޫހުން ސުވާލު ކުރުމުން އެމްސީޖީއެޗް އޮޕްޓިކަލްސް އިން ބުނީ އެއް ހަފުތާ އާއި ދެ ހަފުތާގެ މުއްދަތު ވެސް ނަގާ ކަމަށާއި ރާއްޖެއިން ބޭރުން ހައްދާނަމަ މުއްދަތު އިތުރުވެދާނެ ކަމަށެވެ.

އެމްސީޖީއެޗް އޮޕްޓިކަލްސް އިން ހައްދާ އައިނަށް ބޭނުންވާ ލޮލުގެ ނަންބަރު ފައިސާ ދީފައި ޕްރައިވެޓް ކްލިނިކެއް މެދުވެރިކޮށް ޕްރިސްކްރިޕްޝަނެއް ހެއްދުމުން ބަލައިގަނެ އެވެ. އެކަމަކު އެ ޕްރިސްކްރިޕްޝަން އެއް މަސް ހަމަނުވާ ޕްރިސްކްރިޕްޝަނަށް ވާން ޖެހެ އެވެ. އަދި އެއިރުން ވެސް އައިނު ހައްދަން މަދުވެގެން ދެ ހަފުތާ ނަަގާނެ އެވެ.

އެކަމަކު މިކަމާ ގުޅިގެން މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގު އަދަދު އަށް ވިދާޅުވީ އައިނު ހައްދަން ލޮލުގެ ނަންބަރެއް ނަގަން ތިން ހަފުތާ ނަގާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"ތިން ހަފުތާ އަސްލު ނަގައިގެން ނުވާނެ. އެއަށްވުރެ ފާސްޓުވާނެ. ކޮންމެ ގޮތެއް ވިޔަސް އެތަނުގައި އިންނާނީ ނަންބަރު ނަގަން އެންމެ މެޝިނެއްތާ. އޭގައި ކޮންމެ ދުވަހަކު ކޮންޓިނިއުސްކޮށް ހެނދުނު 9:00 އިން ރޭގަނޑު 10:00 އާ ދޭތެރޭގައި ހިދުމަތް ފޯރުކޮށްދެމުން އެދަނީ،" އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން އިބްރާހިމް އަބްދުއްރައްޒާގު ވިދާޅުވީ އެމްސީޖީއެޗް އޮޕްޓިކަލްސްއަށް އުންމީދު ކުރިވަރަށްވުރެ ޑިމާންޑު ބޮޑުވުމުން އެ ލޯޑު ދޭ ހިދުމަތަށް ވެސް އަންނަމުންދާ ކަމަށެވެ.

"މިހާރު އަަސްލު އަޅުގަނޑުމެން އުންމީދު ކުރިވަރަށްވުރެ ޑިމާންޑު ވަރަށް ބޮޑު އެނގޭތޯ. އެއީ ހަމަ މީގެއިން މި ފެންނަނީ ރައްޔިތުންނަށް މިކަން ބޭނުންވެފައި އޮތް މިންވަރު އެނގޭތޯ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައިނު ހެއްދުމުގެ ހިދުމަތް ހިލޭ ދޭތީ އެ ލޯޑު ވެސް ވަރަށް ބޮޑަށް އުފުލަން ޖެހޭ ކަމަށާއި އެކަމަކު ހުޅުމާލޭގައި ސަރުކާރުގެ އައިނު ފިހާރަ ހުޅުވުމުން ލޯޑު ކުޑަވާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ސަރުކާރުގެ އައިނު ފިހާރަ ހުޅުމާލެ ހޮސްޕިޓަލުގައި މި މަހުގެ ތެރޭގައި ހުޅުވާއިރު، ރާއްޖޭގެ ހުރިހާ ރީޖަނަލް ހޮސްޕިޓަލެއްގައި ވެސް ސަރުކާރުގެ އައިނު ފިހާރައެއް ހުޅުވަން ވަނީ ހަމަޖެހިފަ އެވެ.

އާސަންދައިން އައިނު ހެއްދުމަށް ހޭދަކުރާ 2،000ރ. އިން ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އައިނު ފިހާރަ މެދުވެރިކޮށް ހިލޭ އައިނު ހެއްދެ އެވެ.

ސަރުކާރުން އައިނު ވިޔަފާރީގެ ތެރެއަށް ވަންނަން ނިންމީ ވިޔަފާރިވެރިން ރައްޔިތުންނަށް "ދެރަ ނިކަމެތިކަން" ދެމުންދާ ކަމަށާއި އެ އާދަ ރާއްޖެއިން ފިލުވާލަން ބޭނުންވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވުމަށްފަހު އެވެ. އެކަމާ ގުޅިގެން ޕްރައިވެޓް ސެކްޓަރުގައި އައިނު ވިޔަފާރި ކުރާ މީހުން ކިތަންމެ ހިތްހަމަނުޖެހުނަސް ހެޔޮ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox