ބޭނުންވި ވަގުތު ގައުމީ ޓީމަށް ނުނެގި ޝާޑުގެ އަޒުމެއް ނުގުޑި

ބޭނުންވި ވަގުތު ގައުމީ ޓީމަށް ނުނެގި ޝާޑުގެ އަޒުމެއް ނުގުޑި

ފެންވަރު ރަނގަޅު ސެޓަރުން ރާއްޖޭގައި ނިސްބަތުން މަދެވެ. ހާއްސަކޮށް އެއް ފެންވަރެއްގައި ގިނަ ދުވަސްތަކެއް ވަންދެން ހިފަހައްޓައިލާ ސެޓަރުން އުފެދުން ވެސް މަދެވެ. ވޮލީގައި އެންމެ ޒިންމާދާރު އެއް މަގާމު ނޫނީ ޓީމުގެ ސިކުނޑީގެ ގޮތުގައި ކޯޗުން ފާހަގަކުރާ ސެޓަރުންގެ މަގާމަށް ގިނަ ކުޅުންތެރިން ކުޅެން ވެސް ބޭނުން ނުވަނީ އެވެ. އެއީ، ޒިންމާއާ އެއްވަރުގެ ޕާފޯމެއް ނުކުރެވިދާނެތީ ކަމަށްވެސް ވެދާނެ އެވެ.

އެހެން ނަމަވެސް، ހއ. އިހަވަންދޫ އަށް އުފަން، ހުސެއިން ޝާހިދު (ޝާޑު)، 35، އަބަދުވެސް ކުޅެން ބޭނުންވީ ސެޓަރުގެ މަގާމަށެވެ. ރަށުގެ ރުއްގަނޑުތެރެއިން ވޮލީ އަށް ނުކުތް ޝާޑު ވަނީ ގައުމީ ފެންވަރުގައި ގިނަ މުބާރާތްތަކެއް ކުޅެފަ އެވެ. ދިވެހި ސިފައިންގެ ކްލަބުގައި އެއް ފެންވަރެއްގައި ގިނަ އަހަރުތަކެއް ވަންދެން ވޮލީގެ އެންމެ އުހުގައި ކުޅުނު ޝާޑު އަކީ މިހާރު ރާއްޖޭގައި އެންމެ ކާމިޔާބު އެއް ވޮލީ ކްލަބް ކަމަށްވާ ދިވެހި ސިފައިންގެ ކްލަބްގެ ކެޕްޓަން ވެސް މެއެވެ.

ކުޅިވަރުގެ ފެށުން ރަށުގެ "ރުއްގަނޑު ތެރެއިން"

ރާއްޖޭގެ ގިނަ ރަށްތަކުގެ ކުޅުންތެރިންގެ ކުޅިވަރެއް ހިޔާރު ކުރަނީ ކުޑައިރު، ރުއްގަނޑު ތެރޭގައި ކުޅެ އުޅުމުގެ ތެރެއިންނެވެ. ޝާހިދުގެ ވޮލީ ކެރިޔަރުގެ ފެށުން ވެސް އައީ ހަމަ ރުއްގަނޑުތެރެއިންނެވެ. އޭރު ވޮލީ އެކަންޏެއް ނޫނެވެ. ފުޓުބޯޅަ ވެސް ކުޅެ އުޅުނެވެ.

Advertisement

"އާންމުކޮށް ހަމަ ރާއްޖެތެރޭގައި ފެށޭނީ އަނެއްހެން ބުނަންޏާ ރުއްގަނޑުތެރެއިން ކަންނޭނގެ. ހަމަ އެކަހަަލަ ގޮތަކަށް ވޮލީ ކުޅެން ފެށީ. ދެން އަނެއްހެން ވަކި ކުޅިވަރެއް ކުޅޭކަށެއް ނޫން އެއީ، އެކަމަކު ބޮޑަށް ވޮލީގެ ތެރެއަށް މިއާދެވުނީ" ޝާހިދު ކެރިޔަރުގެ ފެށުން ފާހަގަކުރި އެވެ.

ކެރިއަރެއްގެ ގޮތުގައި ހިޔާރުކޮށް ވޮލީ ކުޅެން ފެށީ ސިފައިންގެ ޓީމުން

ވަޒީފާ އަށް ދިޔުމުގެ އަޒުމުގައި ޝާހިދު މާލެ ބަދަލުވެ، މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ގުޅުނީ ވެސް ވަކި ވޮލީ ކުޅޭކަށެއް ނޫނެވެ. އެކަމަކު، އެމްއެންޑީއެފް ޓީމުން ލިބުނު ފުރުސަތާއެކު ހިތްވަރު ދޫނުކޮށް ވޮލީއައިގެން ކުރިއަށްދާން ޝާހިދު އަޒުމު ކަނޑައެޅި އެވެ.

"އެމްއެންޑީއެފް އަށް އޭރު އައީ ސީދާ ވޮލީ ކުޅޭކަށެއް ނޫން. އެކަމަކު އެމްއެންޑީއެފް ތެރެއިން އޭރު ލިބުނު ފުރުސަތެއްގެ ތެރެއިން މިހާރު މިހާ ހިސާބަށް އަސްލު އާދެވިފަ މިހުރީ." އެމްއެންޑީއެފްއާ އެކު މިއަހަރުގެ ވޮލީ ސީޒަންގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރި ކެޕްޓަން، ޝާޑު، އޭނާގެ ކެރިއަރުގައި އެމްއެންޑީއެފް ޓީމުގެ މުހިންމުކަން ފާހަގަކޮށް ބުންޏެވެ.

އޭނާ ފާހަގަކުރި ގޮތުގައި ވޮލީގައި އޭނާ އަށް ކޮންމެ މުބާރާތެއް ކާމިޔާބުކުރާއިރު، ވެސް އެއީ ހިތްހަމަ ޖެހުމާއެކު، މުބާރާތް ނިންމާލާ ފަހަރެކެވެ.

ގައުމީ ޓީމަށް އެންމެ އަރަން ބޭނުންވިއިރު، ފުރުސަތު ނުލިބުނު

ކެރިއަރުގެ އެންމެ ޕީކުގައި ގައުމީ ޓީމަށް އެރުމަކީ ކޮންމެ ކުޅުންތެރިޔަކު ވެސް ކުރާ އުންމީދެކެވެ. އެ އުންމީދުގައި ކުލަ ޖެހޭނެ ކަމަށް ޝާޑު ވެސް ހުރީ ފިސާރި ރަނގަޅަށް ތައްޔާރުވެގެން ބަލަބަލަ އެވެ. އެކަމަކު، އެ ފުރުސަތު ޝާޑު އަށް ލިބުނީ މާ ބޮޑަށް ވެސް ފަހުންނެވެ. ކެރިއަރުގެ ފަހުކޮޅުގަ އެވެ. އެކަމަކު، ޝާހިދުގެ ޝަކުވާ އެއް އެކަމުގައި ނެތެވެ.

އޭނާ އަބަދު ވެސް ގަބޫލުކުރަމުން އައީ ގައުމީ ޓީމުގެ ސްކޮޑް އެކުލަވާލަނީ ކޯޗުންނަށް ފެންނަ އެންމެ ފެންވަރު ރަނގަޅު ކުޅުންތެރިންގެ މައްޗަށްނ ކަމަށެވެ. އެކަމަށް ޝާޑުގެ ފުރިހަމަ އިހުތިރާމް އަބަދުވެސް އޮވެ އެވެ. އެކަމަކު، އެންމެ ބޭނުންވިއިރު، ގައުމީ ޓީމުން ފުރުސަތު ނުލިބުނީތީ އެ މާޔޫސްކަމުގެ ތަޖުރިބާ ޝާޑުގެ ހަނދާނުގައި ހަރުލާފައި އެބަހުއްޓެވެ.

"އެންމެ ބޭނުންވި ހިސާބުގައި އެ ފުރުސަތެއް (ގައުމީ ޓީމަށް ކުޅެން) އަނެއްހެން ނުވެއް ލިބޭ. އެކަމަކު ތަންކޮޅެއް ފަހުން ލިބުނީމަ ދެން ހަމަ ވަރަށް އުފާކުރަން އަސްލު ގައުމު ތަމްސީލުކޮށްލަން ޖާޒީ އަޅައިގެން އެ ފުރުސަތު ލިބުނީމަ،" ޝާޑު ބުންޏެވެ.

ކުޅެން ފެށިތާ 10 ވަރަކަށް އަހަރު ވާން އުޅެނިކޮށް، ޝާޑު އަށް ގައުމީ ޓީމުން ފުރުސަތު ލިބުނީ 2019 ވަނަ އަހަރު އެވެ.

ގައުމީ ޖާޒީގައި ޝާޑުގެ އެންމެ ހަނދާން ހުންނަ މެޗަކީ ފުލްކޮށް ކުޅެ، ބަންގްލަދޭޝް އަތުން ރާއްޖެ މޮޅުވި މެޗެވެ.

ޝާޑު ފާހަގަކުރާ ގޮތުގައި އެ މެޗަކީ އޭނާގެ އެންމެ މޮޅު ކުޅުން ދެއްކުނު އެއް މެޗުވެސް މެ އެވެ.

އިސްކޮޅުން ކުރުވުމަކީ ސެޓަރުންނަށް ފުރުސަތު ނުލިބޭ ކަމެއް ނޫން

ވޮލީގައި އެންމެ މުހިންމު ކަމެއް ކަމަށް ގިނަ ބަޔަކު އެއްބަސްވާ އެއް ކަމަކީ އިސްކޮޅު ހުރުމެވެ. ދިވެހި ގިނަ ކޯޗުންނާއި ރާއްޖޭން ބޭރުން އަންނަ ކޯޗުންގެ ވިސްނުން ވެސް އެ ގޮތަށް ބައްޓަންވެފައި އެބަހުއްޓެވެ. އިސްކޮޅުން ކުރު ކުޅުންތެރިންގެ ހިތްމަރުވާ ކަހަލަ އެއްޗެހި ވެސް ބުނެފައި އެބަހުއްޓެވެ. ރާއްޖޭގެ ވޮލީގައި އެ ބުނާ އިސްކޮޅު ހުންނަ ތިބީ މަދު ކުޅުންތެރިންނެވެ. އޭގެ ތެރޭގައި، ސެޓަރުން ވެސް ނިސްބަތުން އިސްކޮޅުން ކުރެވެ.

"ރާއްޖޭގައި އަސްލު އަޅުގަނޑުވެސް ބަލާލިއިރު، އިސްކޮޅުން ހަމަ ކުރު ގިނަ ސެޓަރުން. ދެން އަނެއްހެން ފުރުސަތު ދޭނީ ކޮން ސެޓަރަކަށްކަން ނިންމާނީ ކޯޗުން. އެ ގޮތަށް ބަލަންޏާ އެއީ އަޅުގަނޑުމެންއަށް ފުރުސަތު ގެއްލޭ ސަބަބެއް ކަމަކަށް އަޅުގަނޑު ނުދެކެން. ދެން، އޮޕްޝަނެއް ނަގާނީ ކޯޗުންތާ." ޝާޑު ބުންޏެވެ.

ވޮލީގައި، ޝާޑު އެންމެ ދެކެން ބޭނުންވަނީ ރާއްޖެ އަށް، އެންމެ ފުރިހަމަަ ރީތި ނަމެއް، ގޯލްޑެއް ލިބޭނެ ދުވަހެވެ. އެ ރީތި ނަން ހޯދައިދޭން ޝާހިދު ހުރީ ތައްޔާރަށެވެ.

ޝާޑުގެ ކެރިއަރުން ފެންނަން އޮތީ ހިތްވަރާއެކު، މަސައްކަތްކޮށްފިނަމަ، ކާމިޔާބީއަށް ވާސިލްވާނެ ކަމެވެ. މިއަދު، ޝާޑު އަކީ ރާއްޖޭގައި މި ވަގުތު ތިބި ސެޓަރުންގެ ތެރެއިން އެންމެ މޮޅު އެއް ސެޓަރެވެ. ކެރިއަރުގައި ބޭނުންވި ކަންކަން މަޑުޖެހި، ނާކާމިޔާބުގެ ތަޖުރިބާ ކުރެވުނު ވަގުތު ވެސް ހިތްވަރު އެލުވާނުލައި، ނުގުޑި އަޒުމެއްގައި، އަރައިގެން ގޮސް، ޝާޑު ކުރި މަސައްކަތުން އޭނާ އަކީ މިހާރު ކޯޗުން އެންމެ އިތުބާރު ކުރާ އެއް ކުޅުންތެރިޔާ ވެސް މެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox