ޝަމާއިލް، ގައުމީ ވޮލީ ޓީމުން ވަކިކޮށްފި

Dec 2, 2025, 9:46 AM
ޝަމާއިލް، ގައުމީ ވޮލީ ޓީމުން ވަކިކޮށްފި

ގައުމީ ސީނިއާ ވޮލީބޯޅަ ޓީމުގެ ކުޅުންތެރިޔާ، ޝަމާއިލް ހުސެއިން، ގައުމީ ވޮލީބޯޅަ ސްކޮޑުން ވަކިކުރަން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ނިންމައިފި އެެވެ.

ވީއޭއެމް އިން އިއްޔެ ނެރުނު އިންޓާނަލް މެމޯއެއްގައި ބުނެފައިވަނީ، ގައުމީ ސީނިއާ ވޮލީބޯޅަ ޓީމުގެ ރިލީޒްގައި ހުރެ، އަދި އެސޯސިއޭޝަންގެ އުސޫލުތަކާ ހިލާފުވެ، ލ. އަތޮޅުގައި މިހާރު ކުރިއަށްދާ ލާމަސީލު ލާމު ވޮލީބޯޅަ މުބާރާތުގައި ބައިވެރިވެ، މެޗުތައް ކުޅެފައިވާތީ، ޝަމާއިލް ގައުމީ ސްކޮޑުން ވަކިކުރެވިފައިވާ ކަމަށެވެ.

މި ކަމާ ގުޅިގެން، ވީއޭއެމް އިން ވަނީ، ލ. އަތޮޅުގެ އަތޮޅު ކައުންސިލްގެ އިދާރާގެ ރައީސް އިސްމާއިލް އަލީ އަށް އެޑްރެސްކޮށް އިއްޔެ ސިޓީއެއް ފޮނުވައިފަ އެވެ.

އެ ސިޓީގައި ބުނެފައިވަނީ، ގައުމީ ޓީމުގެ ކުޅުންތެރިން، ގައުމީ ޓީމުގެ ފަރިތަކުރުންތަކުން އެއްވެސް ސަބަބަކާ ހުރެ ދުރަށް ދެވޭނީ އެކަމަށްޓަކައި ގާއިމްކުރެވިފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އެހެން ނަމަވެސް، އެ އުސޫލާ ހިލާފަށް ޝަމާއިލް، ލާމަސީލު ލާމު ވޮލީބޯޅަ މުބާރާތުގައި ކުޅެން ގޮސްފައިވާތީވެ، ވީއޭއެމްގެ ލީގަލް ކޮމިޝަނުން ބަލައި، މި ކަމާ ގުޅޭގޮތުން ގޮތެއް ނިންމާފައިވާ ކަމަށެވެ.

އެ ގޮތުން، ވީއޭއެމް އިން ނިންމި ނިންމުން ކަމަށް އަންގާފައިވަނީ، ގައުމީ ޓީމުގެ ސްކޮޑުން ޝަމާއިލް ބާކީކުރުމުގެ އިތުރުން، ވީއޭއެމް އިން ރާވާ ހިންގާ މުބާރާތްތަކާއި ވީއޭއެމްގެ ރެފްރީން ފޮނުވައިގެން ރެފްރީކަން ކުރާ މުބާރާތްތަކުގައި ކުޅުންތެރިއެއްގެ ގޮތުގައި ނުވަތަ ޓީމު އޮފިޝަލެއްގެ ގޮތުގައި، ހަރަކާތްތެރިނުވެވޭ ގޮތަށް ހަމަޖެއްސުމަށް ކަމަށެވެ.

ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް، "އަދަދު ސްޕޯޓްސް" އަށް ވިދާޅުވީ ޝަމާއިލް ދިޔައީ އޮންނަ އުސޫލުން ފުރިހަަމަކުރަން ޖެހޭ ކަންކަން ނުކޮށް ކަމަށެވެ.

"ޝަމާއިލް ދިޔައީ (އުސޫލުތަކުގެ ތެރެއިން) އެ ކަހަަލަ އެއްވެސް ކަމެއް ފުރިހަަމަނުކޮށް، ފޮޓޯތަކުން އެނގުނީ (މުބާރާތެއް ކުޅޭކަން)، (ގައުމީ ޓީމުގެ ކުޅުންތެރިޔާ) ނިލާމް ވެސް އެބަކުޅޭ އެ މުބާރާތް. ގައުމީ ޓީމުގެ އެހެން ކުޅުންތެރިން އެބަ ކުޅޭ ތި މުބާރާތުގައި، އެ މީހުން ދިޔައީ ޗުއްޓީ ނަގައިގެން، އޮންނަ އުސޫލުގެ ތެރެއިން ޗުއްޓީ ނަގައިގެން، އަހަންނަށް މައުލޫމާތު ލިބުނު ގޮތުގައި ޓީމުގެ މެނޭޖަރު ވެސް ލީވް ފޯމު އޭނަ (ޝަމާއިލް) އަށް ފޮނުވި، އެ ވަރުން ވެސް އަޅައިނުލައި ކުޅެން ގޮސް އެ ހުރީ،" ލަތީފް ވިދާޅުވި އެވެ.

އުސޫލުތަކާ ގުޅޭ ފުރިހަމަ މައުލޫމާތު ހިއްސާކޮށްފައެއް ނެތް: ޝަމާއިލް

މި ކަމާ ގުޅޭގޮތުން، ލ. މާވަށަށް އުފަން، ޝަަމާއިލް "އަދަދު ސްޕޯޓްސް" އަށް ބުނީ، މެޑިކަލް ކަމެއް ދިމާވެފައި އޮތުމުން، ގައުމީ ޓީމަށް ކުރިއަށް އޮތް މުބާރާތުގެ އެ ތާރީހުގައި ނުކުޅެވޭތީ އެ މުބާރާތުގައި ނުކުޅެން ނިންމާފައިވާ ކަމަށެވެ.

އަދި، ގައުމީ ޓީމުން އޭނާ ވަކިކުރިކަން ވަކިން އޭނާ އަށް އަންގާފައިނުވާ ކަމަށާއި، ގައުމީ ޓީމުގެ ކުޅުންތެރިން ރަށްރަށަށް މުބާރާތްތަކަށް ދިއުމަށް އުސޫލުތަކެއް ހަދާފައި އޮންނަކަމުގެ ރަނގަޅު މައުލޫމާތު ލިބިފައިނުވާ ކަމަށާއި މި ކަމާ ގުޅޭގޮތުން ކުޅުންތެރިޔާއާ އެކު އެއްބަސްވުމެއް ނޫނީ އިގުރާރެއް ހަދާފައި ނެތް ކަމަށް ވެސް ޝަމާއިލް ވަނީ ބުނެފަ އެވެ.

މި ކަމާ ގުޅޭގޮތުން، އެސޯސިއޭޝަނުން އޭނާއާ ރަނގަޅަށް މުއާމަލާތު ކުރުމެއް ނެތި މި ގޮތަށް ފިޔަވަޅު އެޅުމަކީ، އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ވެސް ޝަމާއިލް ބުނެފައިވެ އެވެ. އަދި، ގައުމީ ޓީމުން އޭނާ ވަކިކުރިކަން ވެސް ގްރޫޕަކަށް ލިޔުމެއް ފޮނުވައިގެން ކުރިއަށްގެންދިއުމަކީ ވެސް މިކަމުގައި އެންމެ ރަނގަޅު ގޮތް ގޮތުގައި ނުދެކޭ ކަމަށް ވެސް، ލ. މާވަށު ޓީމަށް ލާމަސީލު ލާމު މުބާރާތުގައި ކުޅެން ގޮސް ހުރި ޝަމާއިލް ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox