ބަންގީގެ އަޑުއިވުމާއި އަޑުއެހުން؛ ތަފާތު ދެނެހުރީމުތަ؟

ބަންގީގެ އަޑުއިވުމާއި އަޑުއެހުން؛ ތަފާތު ދެނެހުރީމުތަ؟

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމާއެކު، އެ ޓާމިނަލްއިން ފަރުޟު ފަސް ވަގުތު ބަންގީގެ އަޑު އިއްވާ ގޮތަށް އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް ސަރުކާރުން އިއުލާނު ކުރެއްވުމަކީ އަޅުގަނޑަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އަދި އެކަމަކީ ޝައްކެތް ނެތްގޮތުން ދިވެހިރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ދައްކުވައިދޭނެ އަދި ގައުމީ ހައިބަތު ރަމްޒުވެގެންދާނެ ފަދަ ކަމެއްވެސްމެ އެވެ.  

ބަންގީގެ އަޑު އެއްގޮތަކަށް ނީވޭ އަދި ވަރަށް މަޑުން ބަންގީގެ އަޑު އިވޭ ސަރަހައްދުތަކުގައި އިސްލާމީ އެކި ގައުމުތަކުގައި އަޅުގަނޑަށް އުޅެވިފައިވެ އެވެ. އެފަދަ ސަރަހައްދުތަކުގައި ދިރިއުޅޭ މުސްލިމުންގެ ކިބައިން ފެނުނު އެންމެ ރީތި އެއް އާދައަކީ، ބަންގީގެ ވަގުތު ކައިރިވުމާއެކު ގޭތެރޭ ހުންނަ މީހާ ބޭރަށް ނުކުމެގެން ބަންގީގެ އަޑު އިވޭތޯ މަސައްކަތްކުރަމުން އެދާ މަންޒަރެވެ. ކިތަންމެ ކުޑަކޮށް އިވުނަސް އަހަމުންދާ މަންޒަރެވެ. ބައެއް ފަހަރަށް ބަންގީގެ އަޑު އިވޭނެއެވެ. އަނެއް ބައިފަހަރަށް ވަގުތު ފާއިތުވާއިރު ބަންގީގެ އަޑު ނީވުނަސް ބަންގި ގޮވައިފިކަން ކަށަވަރުވާހާއިރު ވުމުން ދެން ނަމާދަށް އަވަސްވެގަންނަނީއެވެ. 

ދުނިޔެ ވަރަށް ބޮޑަށް ކުރިއަރައިފިއެވެ. އަތުގައި އޮންނަ ފޯނުގެ އެޕްލިކޭޝަނުން ވެސް ބަންގި ގޮވޭ ގޮތް ހެދެއެވެ. ޓީވީތަކުން ބަންގި ގޮވައެވެ. ރާއްޖޭގައި ނަމަ، އެއްވެސް ރަށެއްގެ އެއްވެސް ހިސާބަކަށް ބަންގީގެ އަޑު ފަސް ވަގުތު ނީވޭނެ ހަމަ އެއްވެސް ރަށެއް ނެތެވެ. އިހަށް ދުވަހުން ފެށިގެން އެއާޕޯޓު ޓާމިނަލްގައި ހުއްޓަސް ބަންގީގެ އަޑުއިވޭނެކަން ވަނީ ކަށަވަރުވެފަ އެވެ. 

ނަމަވެސް މައްސަލައަކީ، އަހަރެމެންނަށް ބަންގީގެ އަޑު ކިތަންމެ ބާރަށް އިވުނަސް ބަންގީގެ އަޑުނާހާތީ އެވެ. ބަންގީގެ އަޑު އެހުމަކީ ކޮބާ ހެއްޔެވެ؟ "އެންމެ ބޮޑީ ﷲ އެވެ. އެންމެ ބޮޑީ ﷲ އެވެ. ﷲ ފިޔަވައި ހައްގުވެގެން އަޅުކަމެއްވެވޭ ފަރާތެއް ނެތްކަމަށް އަޅުހެކިވަމެވެ. މުހައްމަދުގެފާނަކީ ﷲ ގެ ރަސޫލާކަމަށް އަޅު ހެކިވަމެވެ. ނަމާދަށް އަވަހަށް އަންނާށެވެ! ކާމިޔާބު ހޯދުމަށް އަވަހަށް އަންނާށެވެ! އެންމެ ބޮޑީ ﷲ އެވެ. އެންމެބޮޑީ ﷲ އެވެ. ﷲ ފިޔަވައި ހައްގުވެގެން އަޅުކަމެއްވެވޭ ފަރާތެއް ނުވެއެވެ."

ބަންގީގެ އަޑު ރަނގަޅަށް އަހާނަމަ، އެންމެ ބޮޑީ ﷲ ކަން ހިތުގައި ހަރުލާފައި ހުންނަ ނަމަ، ދިމާއަށް ހާމަޔަށް ހުންނަ ބޮޑެތި ދޮގު އެންމެންގެ ކުރިމަތީ ހަދާކަށް ނުކެރޭނެއެވެ. ބަންގީގެ އަޑު ރަނގަޅަށް އަހާ މީހަކު ވައްކަމެއް ހިޔާނާތެއް ފަހަރުގައި އެމީހެއްގެ ފުށުން ވިޔަސް، އެމީހަކު ދެވަނަ ފަހަރަށް މަގާމުތަކަށް ކުރިމައްޗެއް ނުލާނެއެވެ. އަދި ލިޔަސް އެފަދަ މީހަކަށް ބަންގީގެ އަޑު އަހާ މީހަކު އެއްބާރުލުމެއް ނުދޭނެއެވެ. 

އާދޭހެވެ! ބަންގިއަކީ ނަމާދު ވަގުތު އިއުލާނު ވެއްޖެކަން އެންގުމަށް، އިއްވާ ތަކުބީރުގެ އަޑެވެ. ނަމަވެސް އިސްލާމްދީނުގައި ތަކްބީރު ކިޔުން ސުންނަތް ވެގެންވާ ވަރަށް ގިނަ ހާލަތްތައް ހުރެއެވެ. މިސާލަކަށް އީދު އުފާ ފާހަގަކުރުމުގެ ތެރޭގައިވެސް ތަކްބީރު ކިޔަންޖެހެ އެވެ. ތަކްބީރަކީ އޭގެ އަޑު ދުރަށް ފޮނުވުމުން އެކަނި ފުދެން އޮތްކަމެއް ނޫނެވެ. ތަކްބީރު ދުލުން ވެސް ކިޔަންވާނެއެވެ. އަދި އަމަލުންވެސް އެކަން ދައްކަންވާނެއެވެ.

ތިމާގެ ހަޔާތުން ތަކްބީރުގެ މަތިވެރި ކަމަށް ތިމާގެ ހުރި އިހުލާސްތެރިކަން ނުފެންނަ ނަމަ އެމީހަކީ ތަކްބީރު އަޑުއަހާ އުޅޭ މީހެއް ނޫނެވެ. ބައިތުލްމާލު ދަރާފައި އޮއްވައި، ޑޮލަރުގެ ކަޅު ބާޒާރު އޮބިނޯވެގެން ފަންސަވީހަށް މިސްރާބު ހުއްޓައި، ތަކެތީގެ އަގުބޮޑުވެ، ފިޔާލޮނުމެދު ފަދަ ތަކެތިވެސް ބާޒާރުން ލިބެންވެސް ނެތް ދަނޑިވަޅެއްގައި، މިލިޔަން ޑޮލަރުން ހަރަދުކޮށް މާލޭގެ ނަވާރަ ފަރާތުން ހަވާއެރުވުމަކީ ބަންގީގެ އަޑުއަހާ އުޅޭ މުސްލިމުންނަށް ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ. އެހެނީ ދަރައިގެން އުޅުމަކީ ދިވެހިންގެ މުސްލިމް ކާބަފައިންގެ ތެރޭގައިވެސް އޮތްކަމަކަށް ނުވާއިރު، ދަރައިގެން ލަގްޒަރީއާއި މުނިފޫހިފިލުވުމަށް ހަރަދުކުރުން އަމުދުން ދިވެހި މުސްލިމުންނަށް ބަލައިގަނެވޭނީ ކޮން ހަމައަކުންހެއްޔެވެ؟

މި ހަފުތާ ނިމިގެން މިދިޔައީ ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ފަނޑިޔާރުން އައްޔަންކުރަން ކުރެވޭ މަސައްކަތްތަކުގެ ހަބަރުތަކުންނެވެ. އަދި ސަރުކާރުގެ ކުންފުނިތަކުގެ އެމްޑީންންނާއި އިސްވެރިން ވަކިކުރުމާއި ބަދަލުކުރުމާއި އަލަށް އައްޔަންކުރުމުގެ ހަބަރުތަކުންނެވެ. މިކަންކަން ކުރައްވާ ގޮތާމެދު އަމާޒުވަމުންދާ ފާޑުކިޔުންތަކާއި ދިމާއަށް ފެންނާން ހުރި ކަންކަމަށް ބަލާއިރު، ބަންގީގެ އަޑުއިވޭކަމަކަށް ނުފެނެއެވެ. ތަކްބީރުގެ މަތިވެރި ކަލިމަތަކާއި ބަންގީގެ ޖުމުލަތަކުގެ ހަގީގަތްތަކަށް ކުޑަކޮށްވެސް ފިކުރެއް ހިންގާކަމަކަށް ނުފެނެއެވެ. 

މިލިޔުން އަޅުގަނޑު ނިންމާލާނީ، އިސްލާމީ ޤައުމެއްކަމަށްވާ، ގަތަރުގެ އައުޤާފު މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ، އިސްލާމްވެބް.ނެޓް ގެ އާންމު ފަތުވާ ބައިގެ، 39810 ނަންބަރު ފަތުވާގެ ދިވެހި ތަރުޖަމާއިންނެވެ. މި ފަތުވާ ދެއްވާފައިވަނީ، ހިޖުރީ ސަނަތުން 11 ރަމްޟާން 1424 މިތާރީހުއާ ދިމާވާ، 2003 ވަނަ އަހަރުގެ ނޮވެމްބަރު މަހުން 5 ވަނަ ދުވަހުއެވެ. ފަތުވާގެ ސުރުހީއަކީ 'ގާބިލުކަމާއި ދީންވެރިކަމުގެ ގޮތުން ދަށް މީހާ އިސްކުރުމަކީ ހިޔާނާތެކެވެ.' މިއެވެ.

ވިދާޅުވާށެވެ!"ހަމްދުހުރީ ﷲ އަށެވެ. ސަލަވާތާއި ސަލާމް ހުރީ ﷲ ގެ ރަސޫލާއަށެވެ. އަދި އެކަލޭގެފާނުގެ އާލުންނާއި ސަހާބީންނަށެވެ. އެއަށްފަހު ދަންނައެވެ! ރައްޔިތުންނަށް އާންމު ހިދުމަތްދިނުމުގެ ދާއިރާތަކުގެ ތެރެއިން ދާއިރާއެއްގެ މަސައްކަތަކަށް މަސްއޫލުވެރިއަކު އިހުތިޔާރުކުރާނަމަ، މީހުން އިހުތިޔާރު ކުރެވެނީ، ގާބިލުކަމާއި ދީންވެރިކަމުގެ އަސާސްގެ މަތީންކަން ކަށަވަރުކުރުމަށް ބަލަންޖެހޭ ބެލުންތައް ކޮންމެހެންވެސް ބަލަންވާނެއެވެ. އެގޮތުން ގާބިލުކަމާއި ދީންވެރިކަމުގެ ސިފަތައް ލިބިގެންވާ ފަރާތެއް އިހުތިޔާރުކުރެވިއްޖެނަމަ، އެޔަށްވުރެ ގާބިލުކަމާއި ދީންވެރިކަން ކުޑަ ފަރާތެއް އޭނާގެ މައްޗަށް އިސްކުރުމަކީ އެއްވެސް މީހަކަށް ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. އަދި އެފަދައިން ކަންކޮށްފި މީހާ ބޮޑުވެގެންވާ ފާފައެއް ގެނެސްގެންފިއެވެ. އެހެނީ މަސްއޫލިއްޔަތު އަދާކުރުމަށް އެޔަށްވުރެ ވަރުގަދަ މީހަކު ހުއްޓާ އެމީހާގެ މައްޗަށް އެހެން މީހަކަށް އިސްކަންދީފި މީހާ މުޖުތަމައަށް ހިޔާނާތްތެރިވެއްޖެ އެވެ. މިކަން ހުއްދަނުވާނެކަން ކަނޑައެޅިއްޖެހިނދު، އެކަމުން ލިބޭ މުސާރަ އެމީހަކަށް ހަލާލެއް ނުވާނެ އެވެ." 

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox