ހުލާސާކޮށް އިއްޔެ: ގައުމު ލޫޓުވަމުންދާ ކަމުގެ ތުހުމަތު

Aug 1, 2025, 12:57 AM
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވަން ޖުލައި 26، 2025 ގައި ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވަން ޖުލައި 26، 2025 ގައި ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ގެންދަވަނީ ދީނީ ތާކިހާ ތުރުކުރައްވައިގެން މުޅި ގައުމު ލޫޓުވަމުން ކަމަށާއި މި ހާލަތުން އަރައިގަތުމަށްޓަކައި ދިވެހި ރައްޔިތުން މުއިއްޒުއަށް ރަނގަޅު މެސެޖެއް ދޭންޖެހޭ ކަމަށް ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އައްބާސް ވިދާޅުވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ފޭސްބުކްގައި އައްބާސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތާރީހުގައި ދުވަހަކު ވެސް ނުވަންނަ ވަރަށް ރާއްޖޭގެ ބައިތުލްމާލަށް މިހާރު ފައިސާ ވަންނަމުންދާ ކަމަށެވެ. ނަމަވެސް ޑޮލަރާއި ތަކެތީގެ އަގާއި ޒަރޫރީ ހިދުމަތްތަކުގެ އަގު އިންތިހާއަށް ބޮޑުވަމުންދާ ކަމަށް އައްބާސްގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

"ކޮވިޑުގެ ދަތި އުނދަގޫ ހާލަތުގައި ވެސް ރައްޔިތުން އުޅެން ނުޖެހޭ ހިތްދަތި އުނދަގޫ ހާލަތެއް މިހާރު ކުރިމަތި ކުރުވާފައި ވާތީ، ދީނީ ތާކިހާ ބޮލު އަޅައިގެން ރައީސް ޑރ. މުއިއްޒު އަޑީގައި ހުންނަވައިގެން މުޅި ގައުމު ލޫޓުވަމުން ދިޔުމަކީ ހިތާމަ ހުރި ކަމެއް،" އައްބާސްގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

"މި ހާލަތުން އަރައިގަތުމަށް ރައީސް ޑރ. މުއިއްޒުއަށް ރައްޔިތުން ރަނގަޅު މެސެޖެއް ދޭންޖެހޭ ހާލަތަށް ގައުމު އެދި ގޮވަމުން ދަނީ."

އައްބާސް މިފަދަ ޕޯސްޓެއް ކުރައްވާފައި މިވަނީ ރާއްޖޭގެ ތަރީހުގައި ވެސް ނުދާހާ މައްޗަށް ޑޮލަރުގެ އަގު އުފުލިފައިވާ ދަނޑިވަޅެއްގަ އެވެ. ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު މިހާރު ވެސް ހުރީ 20ރ. އިން މަތީގަ އެވެ. ކޮވިޑުގެ ދުވަސްވަރު މުޅި ދުނިޔޭގެ އިގުތިސާދު ހުއްޓިފައި އޮތް ދުވަސްވަރު ވެސް ޑޮލަރުގެ އަގު 20ރ. އިން މައްޗަކަށް ނުދެ އެވެ.

ޑޮލަރުގެ އަގު އިންތިހާއަށް އުފުލުމުގެ އިތުރުން އާންމު ދިރިއުޅުމުގައި ބޭނުންކުރާ ބައެއް ތަކެތީގެ އަގުތައް ވެސް އަތް ނުފޯރާ ވަރަށް އުފުލިފައިވާ ކަމުގެ ޝަކުވާ ގިނަ ބަޔަކު ދަނީ ކުރަމުންނެވެ.

އޭގެއިތުރުން އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދީ އެތައް ދުވަހެއް ފާއިތުވެފައިވާ ކަމުގެ ޝަކުވާ ވެސް ވަނީ ބޮޑުވެފަ އެވެ. ނަމަވެސް މިކަންކަމާ ގުޅިގެން ސަރުކާރުން ރަސްމީކޮށް ވާހަކައެއް ނުދައްކަ އެވެ.

ނަމާދު ވަގުތު

  • ފަތިސް 04:46
  • އިރުއަރާ 06:02
  • މެންދުރު 12:16
  • އަޞްރު 15:35
  • މަޣްރިބް 18:23
  • ޢިޝާ 19:39

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox