ނިޝާން އިއްޒުއްދީންގެ ލަގަބު މުއުތަސިމާއި ސޯބިރާއި ގާސިމަށް

ނިޝާން އިއްޒުއްދީންގެ އިއްޒަތް އެރުވުނު މުއުތަސިމާއި ސޯބިރާއި ގާސިމް: ނިޝާން އިއްޒުއްދީނަކީ ދައަލަތުގެ ދެ ވަނަ އަށް އެންމެ މަތިވެރި އިއްޒަތް

ނިޝާން އިއްޒުއްދީންގެ އިއްޒަތް އެރުވުނު މުއުތަސިމާއި ސޯބިރާއި ގާސިމް: ނިޝާން އިއްޒުއްދީނަކީ ދައަލަތުގެ ދެ ވަނަ އަށް އެންމެ މަތިވެރި އިއްޒަތް

ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް ކަމުގައިވާ، ނިޝާން އިއްޒުއްދީންގެ ލަގަބު މިފަހުން ރިޓަޔާކުރެއްވީ ކުރީގެ ޗީފް ޖަސްޓިސް އަހުމަދު މުއުތަސިމް އަދުނާނާއި ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަސަން ސޯބިރާއި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްއަށް މިއަދު އަރުވައިފި އެވެ.

އެކި ދާއިރާތަކުން ދައުލަތާއި ރައްޔިތުންނާއި ގައުމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައި މި ތިން ބޭފުޅުންނަށް ނިޝާން އިއްޒުއްދީންގެ ލަގަބު އެރުވީ، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން، ރައީސް މުހައްމަދު މުއިއްޒެވެ.

ދައުލަތުގެ މަތިވެރި ލަގަބު އެރުވުނު މުއުތަސިމްއަކީ ހާރިޖީ ދާއިރާ އާއި ޝަރުއީ ދާއިރާއިން ގިނަ އަހަރުތަކެއް ވަންދެން ހިދުމަތްކޮށްދެއްވާފައިވާ، ޝަރުއީ ދާއިރާގެ އަގުހުރި ހިދުމަތްތެރިއެކެވެ. އެމަނިކުފާނުގެ ވަޒީފާގެ ހަޔާތާ ބެހޭ ގޮތުން ޖަލްސާގައި ދެއްކި ޕްރެޒެންޓޭޝަނުގައި ބުނީ މުއުތަސިމަކީ ހާރިޖީ ދާއިރާއަށް ގާނޫނީ ލަފާ ވެސް ދެއްވި ބޭފުޅެއް ކަމަށެވެ.

Advertisement

މުއުތަސިމްގެ ކެރިއަރުގެ އުސްއަލިތައް

  • ދައުލަތުގެ ހިދުމަތް ފެއްޓެވީ 1983 ގައި
  • ފުރަތަމަ މަސައްކަތް ކުރެއްވީ ފޮރިން އެެފެއާޒްގައި
  • ހާއްސަ ވަނީ ކޮމާޝަލް ލޯ އަށް
  • ފޮރިން މިނިސްޓްރީގެ ލީގަލް އަދި ކޮންސިއުލާ ޑިޕާޓުމަންޓު ހިންގެވި
  • އޭލަވަލްއަށް ހާއްސަ ލޯ ކްލާސްތަކެއް ފެއްޓެވި
  • މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިޔުކޭޝަން (މިހާރު އެމްއެންޔޫ) ގެ ލޯ ފެކަލްޓީގެ ޑީންކަން ކުރެއްވި
  • ކްލިޕާ އެންޑް ގެލިއޮން ލޯ ފާމް އުފެއްދެވި
  • ހިއުމަން ރައިޓްސް ކޮމިޝަނާއި ލޯ ކޮމިޝަނުގެ މެންބަރުކަން ކުރެއްވި
  • ސުޕްރީމް ކޯޓުގެ ފުރަތަމަ ބެންޗު އެކުލަވާލެވުނުއިރު ފަނޑިޔާރަކަށް އައްޔަނުކުރެވުނު
  • އުއްތަމަ ފަނޑިޔާރުކަމަށް އައްޔަނުކުރެވުނީ 2019 ގައި

ޖަލްސާގައި ދެން މި ލަގަބު އެރުވުނު ހަސަން ސޯބިރަކީ ރާއްޖޭގައި އެންމެ ގިނަ ދުވަސް ވަންދެން ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި ބޭފުޅާ އެވެ. އޭނާ ވަނީ ދިވެހި ސަރުކާރުގެ އެންމެ މަތީ ފަޑީގައި 25 އަހަރު ވަންދެން މަސައްކަތް ކުރައްވާފަ އެވެ.

ސޯބިރުގެ ކެރިއަރުގެ އުސްއަލިތައް

  • ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ 1973 ގައި
  • އިގުތިސޯދާ ބެހޭ ހުރިހާ ދާއިރާއެއްގައި ހިދުމަތް ކުރެއްވި
  • ހާރިޖީ ދާއިރާގައި ވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވޭ
  • މައުމޫންގެ ހަތަރު ވަނަ ކެބިނެޓުގައި ފިޝަރީޒް މިނިސްޓަރުކަން ކުރެއްވި
  • އެއް މިލިއަން ގަސް ޕްރޮގްރާމާއި ކޫއްޑޫ މަސް ފެކްޓަރީގެ މޭސްތިރިއެއް
  • ދަނޑުވެރިކަން ކުރަން އާންމުންނަށް ފަޅު ރަށްރަށް ދޫކުރައްވަން ފެއްޓެވި
  • ރައްޔިތުންގެ މަޖިލީހުގެ އަރި އަތޮޅު ދާއިރާގެ މެންބަރުކަން ކުރެއްވި
  • ދަތި ދުވަސްވަރެއްގައި ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި
  • އީޔޫ އާއި ޔޫރަޕުގެ ބައެއް ގައުމުތަކުގެ އެމްބެސެޑަރުކަން ކުރެއްވި
  • ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު

ނިޝާން އިއްޒުއްދީންގެ ލަގަބު މިއަދު އެރުވި ގާސިމްއަކީ، ނިޝާން މުލީގެ އިއްޒަތުގެ ވެރިއެކެވެ. ގާސިމްއަކީ މަޝްހޫރު ވިޔަފާރިވެރިއެއްގެ އިތުރުން، ދައުލަތުގެ އިސް މަގާމުތަކެއް އަދާކުރައްވައި އަދި ގިނަ ބަޔަކަށް ތައުލީމީ ދާއިރާއިންނާއި ބޭސް ފަރުވާ ހޯދަން ވެސް އެހީތެރިކަން ހޯދައިދީފައި ވެ އެވެ.

ގާސިމްގެ ކެރިއަރުގެ އުސްއަލިތައް

  • ދައުލަތަށް ފުރަތަމަ ހިދުމަތް ކުރެއްވީ ގަވަމަންޓު ހޮސްޕިޓަލުގެ ކާތިބަކަށް
  • ވިޔަފާރި ފެއްޓެވީ 1976 ގައި، 15،000ރ. ގެ ލޯނަކުން
  • ވިލާ ޝިޕިން އުފައްދައި ތެލުގެ ވިޔަފާރި ފެއްޓެވި
  • ރިސޯޓެއް ހުޅުވީ މުދާ އެތެރެކުރަން ބޭނުންވާ ބޭރު ފައިސާ ހޯދަން
  • ޓީއެމްއޭ އާއި ވިލާ އެއާ އުފެއްދެވި
  • ވިލާ ސްކޮލާޝިޕް ތައާރަފުކުރި، އެއީ ރާއްޖޭގެ ފުރަތަމަ ސްކޮލާޝިޕް ޕްރޮގްރާމް
  • ފިނޭންސް މިނިސްޓަރުކަމާއި އެމްއެމްއޭގެ ގަވަރުނަރުކުރަން ކުރެއްވި
  • މަޖިލިސް މެންބަރުކަން ކުރައްވާތާ ހަތަރު ވަނަ ދައުރު
  • ހާއްސަ މަޖިލީހުގެ ރައީސްކަން ކުރެއްވި

ނިޝާން އިއްޒުއްދީންގެ ލަގަބަކީ ދައުލަތުގެ ދެ ވަނައަށް އެންމެ މަތީ ލަގަބެވެ. މިއަދު މި ލަގަބު އެރުވުނު ތިން ބޭފުޅުންނާއެކީ 24 މީހަކަށް ވަނީ ދައުލަތުގެ އެންމެ މަތިވެރި ލަގަބު ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox