ހުލާސާކޮށް އިއްޔެ: އަގުބޮޑު ޑްރޯން ޝޯއަކާއި ހަވާ އެރުވުމާއެކު ވީއައިއޭގެ އާ ޓާމިނަލް ހުޅުވުން

Jul 27, 2025, 1:50 AM
ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ހަ މިނެޓު ވަންދެން ހަވާ އެރުވި. -- ފޮޓޯ: އެމްއޭސީއެލް

ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ހަ މިނެޓު ވަންދެން ހަވާ އެރުވި. -- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އެކްސްޕެންޝަން މަޝްރޫއުގެ އެންމެ ފަހު މަސައްކަތެއްގެ ގޮތުން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފަށައި، އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބޮޑުބައިގެ މަސައްކަތް ނިންމި އާ ޓާމިނަލް ރައީސް މުހައްމަދު މުއިއްޒު ރޭ ހުޅުވައި ދެއްވި އެވެ.

އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ފެށީ މީގެ ނުވަ އަހަރާއި އެއް މަހާއި 26 ދުވަސް ކުރިން، މެއި 22، 2016 ގަ އެވެ. ސައުދީ އަރަބިއްއާގެ ބިންލާދިން ގްރޫޕާ 350 މިލިއަން ޑޮލަރަށް ހަވާލުކޮށްގެން އޭރު އެ މަސައްކަތް ފެށީ 2019 އަށް މަސައްކަތް އެއްކޮށް ނިންމާލާ ގޮތަށެވެ.

ނަމަވެސް 2018 ގައި ވެރިކަން ބަދަލުވީއިރު، އާ ޓަމިނަލްގެ ނިމިފައި ހުރީ ޕައިލިން މަސައްކަތްތައް އެކަންޏެވެ. ދެން ވެރިކަމަށް އައި ރައީސް ސޯލިހުގެ ސަރުކާރުން އާ ޓާމިނަލްގެ މަސައްކަތްތައް 2019 ގައި އަލުން ފެށީ މިހާރު އެ ފެންނަ ފަރުމާއަށް ބަދަލު ކޮށްގެންނެވެ.

އެއާޕޯޓުގެ އާ ޓާމިނަލްއަށް ގެނައި ބަދަލުތަކާއެކު މުޅި ޓާމިނަލްގެ މަސައްކަތް އެއްކޮށް ނިންމާލާފައި ވަނީ 438 މިލިއަން ޑޮލަރު ހަރަދު ކޮށްގެންނެވެ.

އާ ޓާމިނަލްއަކިީ އެކު ޖުމުލަ 72،000 އަކަ މީޓަރުގެ ބޮޑު ޓާމިނަލެކެވެ. އެ ޓާމިނަލް އެއްކޮށް ބޭނުން ކުރަން ފެށުމުން އަހަރަކު 7.2 މިލިއަން ފަތުރުވެރިންނަށް އެ ތަނުން ހިދުމަތް ދެވޭނެ އެވެ.

އާ ޓާމިނަލުގެ އެންމެ ތަފާތު އެއް ކަމަކީ އެތަނުގައި ހުންނަ ޕެސެންޖާ ބޯޑިން ބްރިޖުތަކެވެ. އާ ޓާމިނަލުގައި ޖުމުލަ 12 ޕެސެންޖާ ބޯޑިން ބްރިޖު ހުރެ އެވެ.

އޭގެއިތުރުން އެއާޕޯޓުގެ އާ ޓާމިނަލުގައި ހުންނަ އޮޓޮމެޓިކް ބެގެޖް ސިސްޓަމަކީ ވެސް ރާއްޖޭގައި މުޅިން އަލަށް ބޭނުންކުރަން ފަށާ ސިސްޓަމެކެވެ. އާ ޓާމިނަލުގައި ބޭނުންކުރާ އޮޓޮމެޓިކް ބެގެޖް ސިސްޓަމަކީ ފަސިންޖަރުންގެ ކްލާސްތައް ވަކިކޮށް ތަފާތު އެކި ފްލައިޓުތަކުގެ ބެގެޖުތައް އަމިއްލައަށް ވަކިކުރުމުގެ ގާބިލުކަން ލިބިފައިވާ ސިސްޓަމެކެވެ.

ނަމާދު ވަގުތު

  • ފަތިސް 04:45
  • އިރުއަރާ 06:02
  • މެންދުރު 12:16
  • އަޞްރު 15:37
  • މަޣްރިބް 18:24
  • ޢިޝާ 19:40

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox