އިންޑިއާގެ ބޮޑު ވަޒީރަށް މަރުހަބާ ކިޔުން ދީނީ ގޮތުން ދިވެހިންނަށް ލާޒިމު

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެ އަށް ކުރައްވާ ދެ ދުވަހު ރަސްމީ ދަތުރުގައި މިއަދު މަތިންދާ ބޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފައިބައިވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެ އަށް ކުރައްވާ ދެ ދުވަހު ރަސްމީ ދަތުރުގައި މިއަދު މަތިންދާ ބޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފައިބައިވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް

އަޅުގަނޑު ހަނދާނަށް އަންނަނީ، 2021 ވަނަ އަހަރުގެ ޑިސެމްބަރު މަސްތެރޭގައި، މިއަދު ސަރުކާރުގައި ތިއްބެވި ފަރާތްތައް (އޭރުގެ ވާދަވެރި ސިޔާސީ އިދިކޮޅުން) ހިންގި 'އިންޑިއާ އައުޓް' ކެމްޕޭނެވެ. އަދި އޭރު އިންޑިއާ އައުޓް ކެމްޕޭނުގެ ނަމުގައި ރާއްޖޭގައި ހިންގި އެކި ކަންކަމުގެ ތެރޭގައި އިންޑިއާއިން ރާއްޖެއަށް އަތްގަދަކޮށްގެން އުޅޭކަމަށް ބުނެ މިއަދުގެ ސަރުކާރުގައި ތިއްބެވި ފަރާތްތަކުން ކުރި ގިނަ ގުނަ މަސައްކަތުގައި މަދުނޫން އަދަދެއްގެ ދީނީ އިލްމުވެރިންވެސް ބައިވެރިވަމުން ދިޔައެވެ. އެ ދުވަސްވަރު އަޅުގަނޑުގެ ހިތުގައި އުފެދުނު ޝުޢޫރުތައް "އިންޑިއާ އައުޓް ކެމްޕޭނާއި މަޒުހަބީ ތައައްސުބު" މި ސުރުހީގެ ދަށުން ހިއްސާކޮށްފައިވާނެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމާއި އަދި އިންޑިއާގެ ބޮޑު ވަޒީރަށް ދިވެހިން މަރުހަބާކިޔުމުގެ ދީނީ ހުކުމާމެދު އެއްޗެއް ދަންނަވާއިރު، އެންމެ ބޮޑަށް ރިއާޔަތް ކުރަން ޖެހެނީ ފަހަށް ބެލުމުގެ ފިގުހުވެރިކަމުގެ އުސޫލުތަކަށެވެ. މިއީ ދީނީ އުސޫލެއްކަމުގައިވާ، ކުރާ ކަންކަމާއި ބުނާ ބަސްބަހުގައި އެކަމުން ނުކުންނާނެ ނުވަތަ ނުކުމެދާނެ ނަތީޖާތަކަށް ރިއާޔަތްކުރުމަށް ބާރުއަޅާފައި އޮންނަ ޤުރުއާނާއި ސުންނަތުން ސާބިތުވާ ފިގުހީ ގާއިދާއެކެވެ.

އެކި އިލްމުވެރިން އެކި އިބާރާތުން މި ގާއިދާ ބަޔާންކޮށްފައި ހުރެއެވެ. 'ކަންކަމުގެ ހުކުމްވަނީ އެކަންކަމުގެ ނަތީޖާގެ މައްޗަށެވެ.' އަދި 'ކަންކަން ހަރާންވުމާއި ހަލާލުވުން ހުރީ އެކަންކަމުގެ ނަތީޖާގެ މައްޗަށެވެ.' އަދި 'ރިއާޔަތްކުރަންވާނީ ވާނެ ގޮތަށެވެ. ވަމުންދާ ގޮތަކަށް ނޫނެވެ.' އަދި 'އެކަމެއް ކުރުމުން ފަހުން ނުކުންނާނެ ގެއްލުމަކީ، ވަގުތުން ލިބިގެންދާނެ ގެއްލުމަކާ އެއްފަދަ ކަމެކެވެ.' އަދި 'ފަހުން ވެދާނެކަމަށް ބެލެވޭ ކަންތައް ވަމުންދާ ކަމެކޭ އެއްފަދައެވެ.' މިފަދަ މިނޫންވެސް އެކި އިބާރާތުންނެވެ.

ދީނީ ދައުވަތުދިނުމާއި ދީނީ ދަންނަބޭކަލުން މުޖުތަމައުތަކާ މުހާތަބުކޮށް ވާހަކަދެއްކުމާއި، އަލަށް އުފެދޭ ކަންކަމުގައި އިޖުތިހާދުގެ މައްޗަށް ފަތުވާދިނުމާއި ފަތުވާ އާންމުކުރުމުގައި އެބަހެއްގެ ނުވަތަ ފަތުވާއެއްގެ ސަބަބުން މެދުވެރިވެދާނެ ނަތީޖާތަކަށް ރިއާޔަތްކުރުމަކީ ޝަރުޢީ ގޮތުން ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް އިލްމުގެ އަހުލުވެރިން ދެކަވަޑައިގަންނަވައެވެ.

މިގާއިދާގެ އުސޫލު ފިގުހުވެރިން ނަންގަވާ އެއް އޮތޯރިޓީއަކީ، ކީރިތި ޤުރުއާނުގެ އަލްއަންޢާމް ސޫރަތުގެ 108 ވަނަ އާޔަތެވެ. "ﷲ ދޫކޮށް، އެމީހުން އަޅުކަންކުރާ ތަކެއްޗަށް ތިޔަބައިމީހުން އެއްޗެހިގޮވައި ނަހަދާށެވެ! އޭރުން ނޭނގިތިބެ އެމީހުން އަދާވާތްތެރިކަމުގެ ގޮތުން ﷲ އަށް އެއްޗެހި ގޮވައިފާނެއެވެ..."

މިއާޔަތުގައި މިއަންގަވަނީ އެކި އެކި ދީންތަކަށް ނިސްބަތްވާ ކާފަރުން އެބައިމީހުން އަޅުކަންކުރަން ގެންގުޅޭ ސާމާނަށާއި އެބައިމީހުންގެ އެ މޮޔަ ފަލްސަފާތަކަށް އެއްޗެހި ނުގޮވުމަށެވެ. ބަދު ބަސް ނުބުނުމަށެވެ. ނަމަވެސް އެކަމުގެ ސަބަބު އާޔަތުގައި ބަޔާންކުރައްވާފައިވުމުން، އެއީ އޭގެ ޒާތުން ހުއްދަކަމެއް ނަމަވެސް އެކަން އާޔަތުން ނަހީ އެކުރައްވަނީ، އެކަމުގެ ނަތީޖާގެ މައްޗަށް ރިއާޔަތްކުރެވިގެންކަން އެނގެއެވެ.

މީގެ އަނެއް މިސާލަކީ، މާތް ނަބިއްޔާ މިސްކިތުގައި އެކަލޭގެފާނުގެ އެކުވެރިންނާއެކު އިންނަވަނިކޮށް ރަށްފުށުން އައި މީހަކު މިސްކިތުގެ ތެރެއަށް ކުޑަކަމު ދިޔަ ހާދިސާއެވެ. ސަހާބީން އެކަމާ ރުޅިވެރިކަމާއެކު މުއާމަލާތުކުރަން އުޅުމުން އެކަން މާތް ނަބިއްޔާ ހުއްޓުވިއެވެ. މިސްކިތުގެ ތެރެއަށް ކުޑަކަމުދިއުމުން އޭގެ ޒާތުގައި ރުޅިއައުމާއި ރުޅިވެރި ބަސް ބުނުމަކީ އެކަން އޮންނަންވީ ގޮތެއް ނޫންތޯއެވެ؟ ނަމަވެސް މާތް ނަބިއްޔާ އެކަމުގައިވެސް އަމަލުކުރެއްވީ އެ އަމަލެއްގެ ނަތީޖާއަށް ބައްލަވައިގެންނެވެ.

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުމާމެދު، ޖޯޝާއެކު މީގެ ކުރިން މިއަދުގެ ސަރުކާރާއި އެ ސަރުކާރަށް ތާއީދުކުރައްވާ ބައެއް ދީނީ އިލްމުވެރިން ބަސްފުޅުތައް ވިދާޅުވެފައިވާ ގޮތުގައި، 'ފަހަށް ބެލުމުގެ ފިޤުހުވެރިކަން' ނެތިފައިވާ ކަމަކީ ބޮޑު ހިތާމައެކެވެ. ނަމަވެސް އެކަން މިއަދު އިސްލާހުކުރުމަށް ސަރުކާރުން އަދި ދީނީ ބައެއް ޖަމިއްޔާތަކުން ކުރާ މަސައްކަތްތަކަކީ ބަލައިގަންނަންޖެހޭ އަދި ތަރުހީބުދޭންޖެހޭ ކަމެކެވެ.

ރާއްޖޭގެ އައު ޓާމިނަލް ހުޅުވުމާއި، ރާއްޖޭގެ މިނިވަންކަމަށް ފަސްދޮޅަސް އަހަރު ފުރޭ މުނާސަބާތުގެ ޝަރަފުވެރިކަމަށް ރާއްޖެއިން އިހުތިޔާރުކުރީކީ ނަރެންދުރަ މޯދީއެއް ނޫނެވެ. ދިވެހި ސަރުކާރުން އިހުތިޔާރުކޮންގެން މިއުޅެނީ ދިވެހިންގެ އަވަށްޓެރި އަދި އެ ގައުމަކުން ދިވެހިން އެންމެ ގިނަ ހިދުމަތް ހޯދަމުންދާ އަދި އެ ގައުމަކަށް ދިވެހިންގެ މާލިއްޔަތު ބޮޑު ތަނުން ދަރާ އޮތް އިންޑިއާގެ ބޮޑު ވަޒީރެވެ.

އިންޑިއާއަކީ އެތަނުގެ މެޖޯރިޓީ ޣައިރު މުސްލިމުންނަށްވާ ފަދައިން، އެތަނުގައި މުސްލިމުންވެސް ދިރިއުޅެމުންދާ އަދި ފަހުގެ ހިސާބުތައް ދައްކާ ގޮތުން ދުނިޔޭގެ އެންމެ ބޮޑު އާބާދީ އޮތް ގައުމެވެ. އަދި އެގައުމަށް އަރާފައިބާ މީހުންގެ ތެރޭގައި ވެސް މުސްލިމުން މަދެއް ނޫނެވެ. އެގައުމުގެ ބޮޑެތި ވިޔަފާރިތަކާ ގުޅިފައިވާ މުސްލިމް އާބާދީތަކާއި މުސްލިމް ގައުމުތައް ވެސް މަދެއް ނޫނެވެ. އަދި އެ ގައުމުގައި ދިރިއުޅޭ ޣައިރު މުސްލިމުންގެ ތެރޭގައިވެސް ގިނައީ ސުލްހަވެރި އިންސާނުންނެވެ. ވަޑައިގެން އެއުޅުއްވަނީ އެގައުމުގެ ބޮޑު ވަޒީރެވެ.

އިންޑިއާއާއި އެ ގައުމުގެ ބޮޑު ވަޒީރާމެދު އާންމުކޮށް ހިޔާލެއް ފާޅުކުރުމަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެކެވެ. އެކަމަކު ހައިސިއްޔަތެއް އޮތް ފަރާތަކުން އެބާވަތުގެ ކަމެއް ކުރުމާއި ނުކުރުމުގައި ފަހަށް ބެލުމުގެ ފިޤުހުވެރިކަމަށް ރިއާޔަތްކުރުން ދީނީ ގޮތުން ލާޒިމެވެ.

ދަންނަވަންތޯއެވެ؟ މުސީބާތަކީ ރިބާގެ މައްޗަށް ރިބާ އަރަމުންދާ ދަރާފައިވާ ދިވެހި މާލިއްޔަތެވެ. އެ މާލިއްޔަތުން އިމެއް މިނެއް ނެތި ކުރެވެމުންދާ އިސްރާފުތަކެވެ. މުސީބާތަކީ ދިވެހި މާލިއްޔަތު ރިބާގެ މައްޗަށް ރިބާ އަރަމުންދާ ދަރަނިތަކުން ދިވެހިން ދަރުވާލިއިރު، އެކަމަށް ބަސް ކިޔަންޖެހޭ ވަރާ ގާތަށްވެސް އަހަރެމެންނަށް ބަސް ކީފައި ނުވާކަމެވެ. މުސީބާތަކީ ރިބާގެ މައްޗަށް ރިބާއަރާ ދަރަނިވެރި ބަޖެޓުން މުސާރަދޭ ބޭކާރު އެތައް ސިޔާސީ މަގާމެއް އަދިވެސް އިތުރުވަމުންދާ ކަމެވެ.

އިންޑިއާއާ ނުލައި ދިވެހިންނަށް ބޭސްފަރުވާ ކުރެވޭކަށް ނެތެވެ. އިސްލާމީ އެއްވެސް ދައުލަތަކުން ދިވެހިންނަށް އެވަރުގެ ހެވެއް ފޯރުކޮށްދޭން ތައްޔާރަކަށް ވެސް ނެތެވެ. ދިވެހިންގެ ބަނޑުހައިހޫނުކަން މުއްތިކުރެވޭނެ ފަދަ އުފެއްދުންތެރިކަން ވެސް ދިވެހިންގެ ތެރެއަކު ނެތެވެ. އެއިން ކަމަކަށް ހިތްވަރުދޭކަށް އަދި އެއިން ކަމެއް ދިވެހި ބިމުގައި އާލާވެދާނެކަމުގެ ކޮޅުމަތި ފެންނާން ވެސް ނެތެވެ. މުސީބާތަކީ އެއީއެވެ.

ވަރަށް ގިނަ ދިވެހިން ރާއްޖެއިން ކުރެވެން ނެތް އަދި ކުރެވެން ހުރި ބޭސްފަރުވާ ހޯދަން ދަނީ އިންޑިއާއަށެވެ. އެގައުމުގައި ރާއްޖެއިން ލިބޭ ޚިދުމަތެއް ހޯދާނަމަ، ރާއްޖެއަށްވުރެ އަގުވެސް ހެވެ. ކޮލިޓީވެސް ރަނގަޅެވެ. އިންޑިއާގެ އެތައް ޓީޗަރުންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި އިންޖިނޭރުންނާއި އެނޫންވެސް ފަންނީ ދާއިރާތަކާއި ފަންނީ ނޫން ދާއިރާތަކުގެ މަސައްކަތްތެރިންގެ ބޭނުން ދިވެހިން ކުރަމުންދެއެވެ. އިންޑިއާ މީހުންނާ ދިވެހިން ކާވެނިވެސް ކުރެއެވެ. އިންޑިއާއިން ދިވެހި ދައުލަތަށް ދަރަނި ނަގައި، އިންޑިއާއަށް ދަރާވިކިފައި ތިބުން އެއީކީ ދިވެއްސަކު ވިސްނާލާ ކަމަކަށް ވެސް ނުވެއެވެ.

މިހުރިހާ ކަމެއް މިހެން ހުއްޓައި، އަހަރެމެންގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ވަޑައިގެންފިއެވެ. އެ ވަޑައިގަތުމުގެ ކުރީގައި އިންޑިއާއާމެދު ނުހަނު ބަދު ބަސްފުޅުތައް ވިދާޅުވެފައިވީނަމަވެސް، އިންޑިއާއިން އަހަރެމެންގެ ރައީސުލްޖުމްހޫރިއްޔާއަށް ދެއްވީ އިންތިހާ އަދަބު ތައުޒީމާއި މަލުގެ ދަސްތާތަކާއި ހާރުތަކުގެ މަރުހަބާއެވެ. ވީއިރު، އިންޑިއާގެ ބޮޑު ވަޒީރަށް އަހަރެމެން ދިވެހިން މަރުހަބާކިޔުމަކީ ދީނީ ގޮތުން ވާޖިބެކެވެ. އަދި އެއީ ގައުމީ ވާޖިބެއް ވެސްމެއެވެ. އަދި ކިއެއްތޯއެވެ! އެކަން އެހެން ކުރުން ނޫން ގޮތެއް ވެސް ދިވެހިންނަކަށް ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox