މަޝްރޫއުތަކަށް ހުރަސް އަޅާ ކަމަށް ރައީސް ވިދާޅުވުމުން އެ ތުހުމަތު ދޮގުކޮށް އައްބާސްގެ ޖަޒުބާތީ ރައްދެއް

މަޝްރޫއުތަކަށް ހުރަސް އަޅާ ކަމަށް ރައީސް ވިދާޅުވުމުން އެ ތުހުމަތު ދޮގުކޮށް އައްބާސްގެ ޖަޒުބާތީ ރައްދެއް

ނ. ފޮއްދޫގައި ސަރުކާރުން ހިންގަން ރާވާފައިވާ ކަންކަން ނުކުރެވި ލަސްވަނީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްގެ އެއްބާރުލުން ނުލިބޭތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ތުހުމަތުތަކަށް އައްބާސް ޖަޒުބާތީ ރައްދެއް ދީފި އެވެ.

ނ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ފޮއްދުއަށް ވަޑައިގެން ރައީސް ވިދާޅުވީ އެ ދާއިރާގެ މެންބަރު އައްބާސްގެ އެއްބާރުލުމެއް ނުލިބޭ ތަނުގައި، ކަންކަން ކުރުމަށް ހުރަސް އަޅަމުންދާ ކަމަށެވެ. ރައީސް ވިދާޅުވީ ދާއިރާއަށް އިންތިހާބުކޮށްފައި ހުންނަ މެންބަރު ސިޔާސީ ހިޔާލު ތަފާތުވި ނަމަވެސް، ވާން ޖެހޭނީ ޒިންމާދާރުކަމާއެކީ ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރަން ޖެހޭ ބޭފުޅަކަށް ކަމަށެވެ.

އައްބާސް އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ މައިދާނުގައި މިހާތަނަށް ހޭދަކުރި 18 އަހަރު އޭނާގެ "ހަށިގަނޑުގައި ނާޅާ ވޭން މިއަދު އަޅަމުން ދާ" ކަމަށެވެ. އޭނާ ބުނި ކޮންމެ ބަހެއް އަދި ކުރި ކޮންމެ ކަމެއް ކުރީ ދާއިރާގެ ރައްޔިތުންގެ ހައްގުގައި ކަމަށް ވިދާޅުވެ އައްބާސް ރައީސްއަށް ރައްދު ދެއްވި އެވެ.

"ސަރުކާރުން ހުށައެޅި މޮޅު ބަޖެޓަށް އަޅުގަނޑު ވޯޓު ދިނިން. ސަރުކާރުން ހުށަހެޅި ކޮންމެ ބިލަކަށް އަޅުގަނޑު ވޯޓު ދިނިން. ދާއިރާގެ ތިން ރަށުގެ ރައްޔިތުން ބޭނުންވާ ތަރައްގީ ގެ ވާހަކަ ހިފައިގެން ދައުލަތުގެ ހުރިހާ މުއައްސަސާ އަކަށް އަޅުގަނޑު ދިޔައިން،" އައްބާސް ލިޔުއްވި އެވެ.

ސަރުކާރުގެ ސިޔާސަތުތަކާއި ސަރުކާރުގެ އަމަލުތައް ހުރި ގޮތަށް އައްބާސް ފަހަކަށް އައިސް އަންނަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ހާއްސަކޮށް ދާއިރާގެ ރަށްރަށުގައި ޕްރޮޖެކްޓުތައް ނުހިނގާތީ އެކި ދުވަހު މަޖިލީހުގެ ތަޅުމުގައި އޭނާ އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"ސަރުކާރާ ދެކޮޅަށް އެއްވެސް ބާވަތެއްގެ މުޒާހާރާއެއް ނުކުރަން. ސަރުކާރުގެ ވެރިންނަށް ހުތުރު ބަހުން އެއްޗެތި ކިޔާފައި މެސެޖު ނުކުރަމު. އަމިއްލަ މަސްލަހަތު ހިމެނޭ އެއްވެސް ކަމަކު ސަރުކާރުގެ އެއްވެސް ވެރިއެއްގެ ކިބައިން ނޭދެމު. ދެން ކޮބައިތޯ ހުރަސް އެޅުމަކީ؟،" އައްބާސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ނ. އަތޮޅަށް ވަޑައިގަންނަވާތީ އެ ދަތުރުގެ ބޭނުމަކީ އިތުރު ދޮގުތައް ހަދައިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބު ވެރިކަން ކުރާ ޕީއެންސީއަށް ހޯދުން ކަމަށް އައްބާސް ކުރިން ވިދާޅުވި އެވެ.

މިއަދު ފޮއްދޫގައި ހުންނަވައި ރައީސް މުއިއްޒު ވިދާޅުވީ އައްބާސްއަށް ވުރެ އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުން ވެސް މާ ރަނގަޅު ކަމަށާއި އެމްޑީޕީގެ މެންބަރުން ސަރުކާރު ކުރާ ކަންކަމާ ނުބެހޭ ކަމަށެވެ.

އެގޮތުން ދާއިރާގެ ކަމެއްގައި މިހާތަނަށް އެމްޑީޕީގެ މެންބަރުން އެމަނިކުފާނުގެ އަރިހަށް ނާންނަކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެގޮތަށް އަމަލުކުރުމުން މަސައްކަތް ކުރަން ފަސޭހަ ކަމަށެވެ.

"ހަގީގަތުގައި އެމްޑީޕީގެ އެމްޕީސުންގެ ކިބައިން ވެސް އެއްގޮތަކުން ދަންނަވަންޏާ މާ ރަނގަޅު ސަރުކާރަށް ކަންކަން އޮންނަ ގޮތް. އެއީ އެބޭފުޅުން އެއްވެސް ވަރަކަށް ނުބެހޭ ކަމަކާ. އެބޭފުޅުންގެ ދާއިރާއެއްގެ ކަމެއްގައި އަދި މިއަދާ ހަމައަށް އައި އިރުގައި ނާދޭ އެއްވެސް ކަމެއްގައި،" އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެންވީމަ މާ ފަސޭހަ ކަންކަން ކުރަން. އެހެންނަމަވެސް މި ދާއިރާގެ އިއްޒަތްތެރި މަޖިލިސް މެންބަރުގެ ކިބައިން ކަންކަމުގައި އެހީތެރިކަން ނުދޭ ތަނުގައި ހުރަސްތައް ކުރިމަތިކުރާ ކަމީ އެއީ ހަމަ ދެރަކަމެއް."

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox