މާލޭގެ ވިޔަފާރިތަކަށް ވުރެ، ރަށްރަށުގެ ވިޔަފާރިތަކަށް ފެނާއި ކަރަންޓު އަގު ބޮޑު މައްސަލަ މަޖިލީހަށް

ބ. ކަމަދޫގައި ހުންނަ ގެސްޓުހައުސްއެއް: ޝަމްހީދު ވިދާޅުވީ އެންމެ ބޮޑު ގެއްލުމެއް ވަނީ ގެސްޓުހައުސް ކަމަށް -- އަދަދު ފައިލް ފޮޓޯ

ބ. ކަމަދޫގައި ހުންނަ ގެސްޓުހައުސްއެއް: ޝަމްހީދު ވިދާޅުވީ އެންމެ ބޮޑު ގެއްލުމެއް ވަނީ ގެސްޓުހައުސް ކަމަށް -- އަދަދު ފައިލް ފޮޓޯ

ރަށްރަށުގައި ކަރަންޓާއި ފެނުގެ ހިދުމަތްތަކަށް ކަނޑައަޅާފައިވާ ކޮމާޝަލް ރޭޓުތަކުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ކަަރަންޓާއި ފެނުގެ ހިދުމަތަށް ކުރަންޖެހޭ ހޭދަ ބޮޑުވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކޭ ގޮތް ސާފުކުރަން މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.

ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު (އެމްޑީޕީ) ހުށަހެޅުއްވީ ގަރާރުގައި ވަނީ ޔުޓިލިޓީ ކުންފުނިތަކުން މީހުން ދިރިއުޅޭ ރަށްތަކަށް ކަނޑައަޅާފައި ހުރި އަގުތަކުގައި ބޮޑެތި ފަރަގުތަކެއް ހުރިކަން ހާމަވާ ކަމަށެވެ. މީގެ ސަބަބުން އެ ރަށްރަށުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ފެނާއި ކަރަންޓަށް ކުރާ ހޭދަ އިންތިހާއަށް ބޮޑުވެފައިވާ ކަމަށް މެންބަރު ވިދާޅުވި އެވެ.

ޝަމްހީދުގެ ގަރާރުގައި ފާހަގަކުރި ގޮތުގައި، ޔުޓިލިޓީ ހިދުމަތްތައް ފޮރުކޮށްދިނުމުގައި މާލެ އާއި އަތޮޅުތެރޭގައި ހުރި ފަރަގުތަކަކީ:

Advertisement
  • ފެނުގެ ހިދުމަތް މާލޭގައި ގުޅައިދެނީ 3187.84ރ. އަށް އަތޮޅުތެރޭގައި 5000ރ. އަށް - 57 ޕަސެންޓު ބޮޑު
  • ފެން މީޓަރެއް މާލޭގައި ރީލޮކޭޓު ކޮށްދެނީ 850ރ. އަށް، އަތޮޅުތެރޭގައި 2،200ރ. އަށް - 159 ޕަސެންޓު ބޮޑު
  • ދުވާލެއްގެ މައްޗަށް 201 ލީޓަރަށް ވުރެން މަތިން ފެން ބޭނުންކޮށްފި ނަމަ މާލޭގައި ނަގަނީ 101.26ރ.، އަތޮޅުތެރޭގައި 135ރ. - 34 ޕަސެންޓު ބޮޑު
  • ކަރަންޓޫ ބޭނުންކުރޭ މިންވަރު 301-500 އާއި ހަމައަށް މާލޭގައި ނަގަނީ ޔުނިޓަކަަށް 3.65ރ.، އަތޮޅުތެރޭގައި 6ރ. - 64 ޕަސެންޓު ބޮޑު

އަގުތައް މިހެން ހުރުމާ ގުޅިގެން، ގެސްޓު ހައުސް ފަދަ އިގުތިސޯދަށް މުހިންމު ސިނާއަތުން، ކަރަންޓަށް ކުރަން ޖެހޭ ހޭދަ 40 ޕަސެންޓާއި 70 ޕަސެންޓާއި ދެމެދުގެ އަދަދަކުން އިތުރުވެ، ފެނުގެ ހިދުމަތަށް ކުރަން ޖެހޭ ހަރަދު 35 ޕަސެންޓު އިތުރުވެފައިވާ ކަމަށް ގަރާރުގައި ބަޔާންކޮށްފައިވެ އެވެ.

ޝަމްހީދު ވިދާޅުވި ގޮތުގައި މި އަގުތައް ކަނޑައަޅާފައި ހުރީ ގާނޫނު އަސާސީގައި ބުނާ ތަފާތުނުކުރުމުގެ ހައްގާ ތައާރުޒު ނުވާނެ ގޮތަކަށެވެ. އަދި މިކަމުގެ ސަބަބުން ރަށްފުށާއި މުޅި ދިވެހި އިގުތިސޯދަށް ވެސް މުހިންމު ގެސްޓުހައުސް ވިޔަފާރިތައް ހިންގުމުގެ ހަރަދު ބޮޑުވެ، މި އަގުތައް އެއްހަމަ ކުރުމަށް އެ ގަރާރުގައި ގޮވާލާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox