ހުލާސާކޮށް އިއްޔެ: މުއިއްޒަށް ރަނގަޅު މަސެޖެއް؛ ދިވެހީންގެ މިނިވަން ދުވަހު މޯދީ ރާއްޖެއަށް

Jul 21, 2025, 1:35 AM
ހުލާސާކޮށް އިއްޔެ: މުއިއްޒަށް ރަނގަޅު މަސެޖެއް؛ ދިވެހީންގެ މިނިވަން ދުވަހު މޯދީ ރާއްޖެއަށް

އަންނަ ހޮނިހިރު ދުވަހު ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވާނެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ ކަށަވަރުކޮށް ދިނެވެ.

ރައީސް އޮފީހުން ބުނީ މޯދީ ރާއްޖެ ވަޑައިގަންނަވާނީ ޖުލައި 25، އިން ޖުލައި 26، އަށް ކަމަށެވެ. މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުގައި މަތީ ފެންވަރުގެ މަޝްވަރާ ބައްދަލުވުންތަކެއް ކުރައްވައި، އިންޑިއާ އާއި ރާއްޖެއާ ގުޅިގެން ކުރިއަށްގެންދާ ބައެއް ޕްރޮޖެކްޓުތައް އިފުތިތާހުކޮށްދެއްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މޯދީގެ ދަތުރުގައި، ދެ ގައުމުގެ ދޭތެރޭގައި އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރަން އެމްއޯޔޫތަކެއްގައި ދެ ގައުމުން ސޮއި ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

Advertisement

މޯދީ ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވީ ރައީސް މުހައްމަދު މުއިއްޒު އޮކްޓޯބަރު 7، 2024، ގައި އެމަނިކުފާނު އިންޑިއާއަށް ކުރެއްވި ދަތުރުގެ ތެރެއިންނެވެ. އޭގެ ފަހުން ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު އިންޑިއާއަށް ވަޑައިގެންނެވި ދަތުރެއްގައި ވެސް މޯދީ ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވި އެވެ.

އިންޑިއާއާއެކު ގުޅުން ބަދަހިކޮށް، އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަށް ރައީސް މުއިއްޒު ދައުވަތު ދެއްވިއިރު، އެމަނިކުފާނު ނޮވެމްބަރު 17، 2023، ގައި ވެރިކަމަށް ވަޑައިގަތީ "އިންޑިއާ އައުޓް" ގެ ނަމުގައި ހިންގި ކެމްޕެއިނަކުން ތާއީދު ހޯއްދަވައިގެންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މި ސަރުކާރުގެ ވެރިންނާއި އެކްޓިވިސްޓުން ތުހުމަތު ކުރަމުން ދިޔައީ، އަދި ވެރިކަމަށް ވަޑައިގަތުމަށް ވިއްކީ ވެސް އިންޑިއާގެ ނުފޫޒު ރާއްޖޭން ފިލުވައިލުމުމުގެ ވާހަކަ އެވެ. އިންޑިއާގެ ނުފޫޒުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ނުރައްކާ ވެފައިވާ ކަމުގެ ބިރުވެރި ވާހަކަ އެވެ.

ކެމްޕެއިނުގައި ރައީސް މުއިއްޒު ވިދާޅުވަމުން ގެންދެވީ، ބަލި މީހުން އުފުލުމަށާއި ކަނޑަށް ގެއްލޭ މީހުން ހޯދަން ދިވެހި ސިފައިންގެ ބެލުމުގެ ދަށުން އިންޑިއާއިން ދުއްވަމުން އައި ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ.

ވެރިކަމަށް ވަޑައިގަތުމަށްފަހު ޖެނުއަރީ، 2024، ގައި ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރަށްފަހު ވެސް އިންޑިއާއަށް ބަހުގެ ހަމަލާތަކެއް ދިނެވެ. އިންޑިއާއަކީ ރާއްޖެ ބުލީ ކުރާ ގައުމެއް ކަމަށް ވެސް އިންޑިއާގެ ނަން ވިދާޅުނުވެ ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރާއްޖެއަށް ބޭނުންވާ ޒަރޫރީ ކާބޯތަކެއްޗާއި ބޭސް އިންޑިއާއިން ގެންނާތީ އެއީ ވެސް ބޮޑު މައްސަލައެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވި އެވެ. އަދި އިންޑިއާއަސް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ކުރަންޖެހެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ނަމަވެސް އޭގެ ފަހުން އިންޑިއާއާއެކު އޮތް ގުޅުން ބަދަހި ކުރަން ދިވެހި ސަރުކާރަށް މަޖުބޫރުވީ ރާއްޖޭގެ މާލީ ހާލަތު މެނޭޖު ނުކުރެވި، މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާން ފެށުމުންނެވެ. އެއިރު، ރާއްޖެ ޒިޔާރަތް ކުރާ އިންޑިއާގެ ފަތުރުވެރިން އަދަދު އޮތީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ.

އިންޑިއާގެ ފަތުރުވެރިންގެ އަދަދު ވެއްޓުނީ، އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ސަރުކާރުގެ އޮފިޝަލުންތަކެއް މަލާމާތްކޮށް، ސޯޝަލް މީޑިއާގައި މެސެޖުތަކެއް ޝާއިއު ކުރުމުން، އެއާ ވިއްދައި އިންޑިއާގެ އާންމުން ކުރި ކެމްޕެއިނަކަށްފަހެވެ.

ނަމާދު ވަގުތު

  • ފަތިސް 04:44
  • އިރުއަރާ 06:01
  • މެންދުރު 12:16
  • އަޞްރު 15:38
  • މަޣްރިބް 18:24
  • ޢިޝާ 19:41

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox