އާ ޓާމިނަލްގެ ވިޔަފާރި ޖާގަތައް އިއުލާނު ނުކޮށް ވަކި ބަޔަކަށް ދޭ ކަމަށް ތުހުމަތުކޮށް މައްސަލަ އޭސީސީއަށް

Jul 20, 2025, 2:25 AM
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް. -- ފޮޓޯ: ރައީސް އޮފީސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް. -- ފޮޓޯ: ރައީސް އޮފީސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ ޑިއުޓީ ފްރީގެ ޖާގަތައް އިއުލާނު ކުރުމެއް ނެތި ވަކި ބަޔަކަށް ދޫކުރަމުންދާ ކަމަށް ތުހުމަތުކޮށް މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފި އެވެ.

އޭސީސީ އަށް ހުށަހެޅި މި މައްސަލައިގެ ލިޔުމެއް، މައްސަލަ ހުށަހެޅި ފަރާތުން އަދަދު ނޫހާ ހިއްސާކޮށްފައިވެ އެވެ.

އެ ލިޔުމުގައި ބުނެފައި ވަނީ އާ ޓާމިނަލްގެ ވިޔަފާރި ޖާގަތައް އިއުލާނު ކުރުމެއް ނެތި ދޫކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި މިއީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއަށް ބޮޑު ފައިދާވާން އޮތް ކަމެއްގައި އެ ކުންފުންޏަށް ގެއްލުންވާ ގޮތަށް ހިންގާ ކޮރަޕްޝަންގެ އަމަލުތަކެއް ކަމަށެވެ.

"ވީމާ މި މައްސަލަ ބައްލަވައިދެއްވައި، އެކަން ހުއްޓުވައިދެއްވުން އެދެމެވެ." އެ ލިޔުމުގައިވެ އެވެ.

އާއްމުކޮށް އިއުލާނު ކޮށްގެން، ވީހައިވެސް ގިނަބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ލިބޭ ގޮތަށް، އަދި އެންމެ ރަނގަޅު ހުށަހެޅުންތައް ހުށަހަޅާ ފަރާތްތަކަށް ޖާގަތައް ލިބޭ ގޮތަށް ޑިއުޓީ ފްރީގެ ޖާގަތައް ދޫކުރުމުގެ ކަންކަން ކުރުމަށް އެމްއޭސީއެލް އަށް އެންގުމަށް ވެސް އެދިފައިވެ އެވެ.

އެއާޕޯޓުގެ ޑިއުޓީ ފްރީ އާއި ކެފޭތަކާއި ރެސްޓޯރަންޓުތައް މިހާރު ހުރީ ޓާމިނަލް 2 ގަ އެވެ. އާ ޓާމިނަލް ޖުލައި 26 ވަނަ ދުވަހު ހުޅުވަން ތައްޔާރު ވަމުން އަންނައިރު، އެ ޓާމިނަލްގައި ޑިއުޓީ ފްރީ އާއި އެހެން ހިދުމަތްތައް ދޭ ޖާގަތައް ވަކި ބަޔަކަށް ދިންކަން އަދި އިއުލާނެއް ނުކުރެ އެވެ.

ޓާމިނަލް 2 ގައި ހުރި ގިނަ ފެކޭތަކާއި ރެސްޓޯރަންޓުތައް ދިގު މުއްދަތަކަށް ކުއްޔަށް ދޫކޮށްފައި ވަނީ އަމިއްލަ ބަޔަކަށެވެ. އެތަނުގައި ދިވެހި އެއްވެސް ބްރޭންޑެއް މިހާރު ނެތެވެ.

އާ ޓާމިނަލް ހުޅުވުމުން މިހާރު ބޭނުން ކުރާ ޓާމިނަލް އަކީ ޓާމިނަލް 1 (T1) އަށެވެ.. ޓާމިނަލް 2 (T2) އަށް ވާނީ އާ ޓާމިނަލް ކަމަށް އެމްއޭސީއެލްއިން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox