ހުލާސާކޮށް އިއްޔެ: ބޮޑު ދޮގެއް، އޮޅުވައިލުމެއް

Jul 19, 2025, 12:50 AM
ކެބިނެޓުގެ ބައްދަލުވުމެއް. -- ފޮޓޯ: ރައީސް އޮފީސް

ކެބިނެޓުގެ ބައްދަލުވުމެއް. -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ތިބީ 922 ސިޔާސީ މުވައްޒަފުން ކަމަށް ބުނުމަކީ ބުހުތާނު ދޮގެއް ކަމާއި އެއީ ކަނޑައެޅިގެން އޮޅުވައިލުމެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދު ރައީސް އޮފީހުން ހާމަކުރީ މައުލޫމާތު ހޯދުމުގެ ހައްގުގެ ގާނޫނާ ހިލާފަށް، މައުލޫމާތު ނުދީ ހިފެހެއްޓުމަށް ފަހު މި މަހުގެ 15 ދުވަހުގެ ރޭ ދަންވަރު އެވެ.

ނަމަވެސް ސިޔާސީ މުވައްޒަފުންގެ ތަފުސީލު ލިސްޓެއް، މުސާރައެއް ހާމައެއް ނުކުރެ އެވެ. އަދި ވަކިކޮށްފައިވާ ސިޔާސީން އަދަދާއި ތަފުސީލެއް ވެސް ހާމައެއް ނުކުރެ އެވެ.

titledesc

[މިއީ] ހަމަ މި ބޭފުޅުން އާންމު އުސޫލުން ހެދި ބޮޑު ދޮގެއް، އޮޅުވާލުމެއް،" އެމްޑީޕީން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަގަހަ ޖަލްސާގައި އަމީރު ވިދާޅުވި އެވެ.

އިއުލާނުކުރި 922 ސިޔާސީ މުވައްޒަފުންގެ ތެރޭގައި މުލިއާގެ، ހިލާލީގެ، ރައީސް އޮފީހާއި ރަށްރަށުގެ ޔޫތު ސެންޓަރުތަކާއި ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލްތަކަށް ސިޔާސީ މުވައްޒަފުންގެ ގޮތުގައި އައްޔަންކޮށްފައިވާ މީހުންގެ އަދަދު ހިމަނާފައި ނެތް ކަމަށް އަމީރު ވިދާޅުވި އެވެ.

"[މި ސަރުކާރުގެ] ސިޔާސީ މުވައްޒަފުންގެ ގޮތުގައި އެބަ ތިބި ގާތްގަނޑަކަށް 2280 މީހުން. އަޅުގަނޑު އެ އަދަދު މި ސަރުކާރުގެ ޑޮކިއުމަންޓުން ފެނިގެން މި ވާހަކަ މި ދައްކަނީ،" އޭނާ ވިދާޅުވި އެވެ.

ސިޔާސީ މުވައްޒަފުންގެ ތެރެއިން 10 ޕަސެންޓު އުނިކުރާނެ ކަމަށް ކުރިން ސަރުކާރުން ބުނެފައި ވާތީ، އެ މިންވަރު އުނިކުރި ނަމަވެސް 2030 ސިޔާސީ މުވައްޒަފުން ތިބޭނެ ކަމަށް އަމީރު ވިދާޅުވި އެވެ.

މި ސަރުކާރުން ސިޔާސީ މުވައްޒަފުންގެ އަދަދު ގުނާފައިވާ އުސޫލުން، އެމްޑީޕީގެ ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ގުނާނަމަ، 400 އަށް ވެސް ނާރާނެ ކަމަށް އަމީރު ވިދާޅުވި އެވެ.

އެމްޑީޕީ ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ގުނާފައިވަނީ ރައީސް އޮފީހާއި މުލިއާގެ އާއި ހިލާލީގެ އަދި ސިއްހީ ހިދުމަތް ދޭ ތަންތަނާއި ޔޫތު ސެންޓަރުތަކުގައި ތިބި ސިޔާސީން ވެސް ހިމަނައިގެން ކަމަށާއި އެ އަދަދުތައް ކޮންމެ އަހަރެއްގެ ބަޖެޓުގައި ހިމަނާފައި ހުންނާނެ ކަމަށް އަމީރު ވިދާޅުވި އެވެ.

ނަމަވެސް މި ސަރުކާރުގެ ބަޖެޓުތަކުގައި ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކޮށްފައި ނެތް ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ސަރުކާރުގައި ތިބީ 922 ކަމަށް ބުނި ނަމަވެސް، ދައުލަތުގެ ބަޖެޓުން މި އަހަރު މުސާރަ އާއި އިނާޔަތްތަކަށް ކުރި ހަރަދު ކުރީ އަހަރުތަކަށް ވުރެ އިތުރުވެފައިވެ އެވެ.

ނަމާދު ވަގުތު

  • ފަތިސް 04:44
  • އިރުއަރާ 06:01
  • މެންދުރު 12:16
  • އަޞްރު 15:38
  • މަޣްރިބް 18:24
  • ޢިޝާ 19:41

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox