ހުޅަނގު މޫސުމުގެ ބާރުގަދަވެ، މާދަމާއިން ފެށިގެން މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މެޓު އޮފީހުން މިއަދު ބުނެފި އެވެ.
މެޓު އޮފީހުން ބުނީ މާދަމާއިން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަހަށް މޫސުން ގޯސްވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެ ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މެޓު އޮފީހުން ބުންޏެވެ.
- ވައި ބާރުވެ، ވިލާގަނޑުގައި އިތުރަށް ވައި ބާރުވާނެ
- ކަނޑުތައް އަދި ހާއްސަކޮށް ކަނޑުއޮޅިތައް ގަދަވެ، ވިލާގަނޑުގައި އިތުރަށް ގަދަވާނެ
- ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަވުމާއެކު ގުގުރާނެ
- ދިޔަވަރު ބޮޑުވާއިރު އުދައިގެ އަސަރުކޮށްފާނެ
މޫސުމަށް ސަމާލުވެ އާންމު ދިރިއުޅުގައި އުޅުމަށް މެޓު އޮފީހުން އިލްތިމާސް ކުރެ އެވެ. އަދި މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަކޮށްގެން މެނުވީ ދަތުރު ނުކުރަން ވެސް އެ އޮފީހުން އިލްތިމާސް ކުރެ އެވެ.
ޖޫން އަދި ޖުލައި މަސް ހުޅަނގު މޫސުމާ ދިމާވާތީ، ކޮންމެ އަހަރަކު ވެސް މި ދެ މަސްދުވަހު ރާއްޖެއަށް މޫސުން ގޯސްވެ އެވެ. އަދި އުދަ އެރުމުގެ ހާދިސާތައް ދިމާވެ، ރަށްރަށް ވަރަށް ބޮޑެތި ގެއްލުން ކޮންމެ އަހަރަކު ވެސް ލިބެ އެވެ.











