ފެކްޓް ޗެކް: ވެރިކަން ބަދަލުވިއިރު ޓާމިނަލްގެ މުހިންމު މަސައްކަތްތައް ހުރީ ހަވާލުކޮށްފައި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް: ވެރިކަން ބަދަލުވިއިރު ޓާމިނަލްގެ މަސައްކަތްތައް ހުރީ ހަވާލުކޮށްފައި ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައި -- ފޮޓޯ: އަތޫފް އާތިފް / އަދަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް: ވެރިކަން ބަދަލުވިއިރު ޓާމިނަލްގެ މަސައްކަތްތައް ހުރީ ހަވާލުކޮށްފައި ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައި -- ފޮޓޯ: އަތޫފް އާތިފް / އަދަދު

މި އަހަރުގެ މިނިވަން ދުވަހު ހުޅުވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ފަސިންޖަރުންގެ ޓާމިނަލުގެ ގިނަ މަސައްކަތްތައް ކުރީ ސަރުކާރުން ހަވާލު ނުކޮށް ހުރި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިއަދެވެ.

ރައީސް އޮފީހުން ގެނެސްދޭ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި އެމަނިކުފާނު ވިދާޅުވީ ޓާމިނަލް މަޝްރޫއުގެ ސްކޯޕު އޮތީ ސިމެންތި ފިނިޝިން އެއްގައި އެތަން ނިންމުން ކަމަށާއި، ކޮންމެހެން ބޭނުންވާ ގިނަ ކަންކަން ކުރުމުގެ ޕްލޭނެއް ވެސް ނެތް ކަމަށެވެ.

"ޓާމިނަލް އޮޕަރޭޝަނަލް ވަންޏާ ކުރަންޖެހޭ ކިތަންމެ ކަމެއް ހުރި. އަދި، ޕްރޮޖެކްޓުގެ ސްކޯޕް ތެރޭގަ، ހަވާލު އެކި ފަރާތްތަކާއި ކޮށްފަ ނުވާ ކީ އެތައް ކަމެއް ވެސް ހުރި ހަވާލުކުރަންޖެހޭ،" ރައީސް ވިދާޅުވި އެވެ.

ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ބަދަލުވިއިރު ވީއައިއޭ ޓާމިނަލްގެ ހުރިހާ "ކްރިޓިކަލް" މަސައްކަތްތައް ހުންނާނީ ހަވާލުކޮށްފައި ކަމަށް އެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވަނީ ވިދާޅުވެފަ އެވެ.

އަމީރު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން އާ ޓާމިނަލްގެ ކްރިޓިކަލް މަސައްކަތުގެ ތެރޭގައި ނުހިމެނޭ ޓިކެޓިން ސޮފްޓްވެއާ ފަދަ މަސައްކަތްތައް ހަވާލު ނުކޮށް ހުރެދާނެ ކަމަށެވެ.

"މަނިކުފާނު އައިސް އަލަށް ހަވާލު ކުރަން ޖެހޭ ކަމެއް ނޯންނާނެ. ހުރިހާ 'ކްރިޓިކަލް' މަސައްކަތްތައް ހުންނާނީ އެވޯޑް ކޮށްފަ. މިސާލަކަށް ކައުންޓަރުން ބޯޑިން ދޫކުރާއިރު، ޓިކެޓިން ސޮފްޓްވެއަރ ހުރެދާނެ ހަވާލުނުކޮށް. އެއީ ކްރިޓިކަލް ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

މި ވެރިކަން ފެށުނުއިރު ނިމިފައި އޮތީ ހަމައެކަނި ޓާމިނަލް އިމާރާތުގެ 53 ޕަސެންޓު ކަމަށާއި އެއީ އެކަމުގެ ވަށައިގެންވާ މަސައްކަތްތަކެއް ހިމެނޭ އަދަދެއް ނޫން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ އެއާޕޯޓުގެ މައި މަގާއި ޓާމިނަލް ގުޅުވާލުމަކީ މި ސަރުކާރުން ޕްލޭންކޮށް، ބަޔަކާއި ހަވާލުކޮށްގެން ކުރި ކަމެއް ކަމަށާއި އެއީ ކުރިން ސްކޯޕުގައި އެއްވެސް ގޮތަކަށް ނެތް ކަމެއް ކަމަށެވެ.

"މިސާލަކަށް، އެހާ ބައިވަރު މީހުންނަށް ހިދުމަތްދޭ ޓާމިނަލެއް، އިންޓަނޭޝަނަލް ފެންވަރުގެ ޓާމިނަލަކަށްވާއިރު، އެތާ އެތެރޭގަ ކޮންމެ ގޮތެއްވިޔަސް ޑިއުޓީ ފްރީއެއް ހުންނަން ޖެހޭނެ. ކޮމާޝަލް އޭރިއާއެއް ހުންނަން ޖެހޭނެ. އެވެސް ނެތް ބަޔަކާ ހަވާލުކޮށްފަ. އެއްވެސް ކަމެއް ނެތް. ހަމަ މި. ސިމެންތި ފިނިޝިން އެއްގަ. މަތިވެސް، އަރިމަތިވެސް، ބިންމަތިވެސް، ހުރިހާ ތަނެއްވެސް، ހަމަ ދޫކޮށްލާ ގޮތަށް ހުރީ. އެއްވެސް ކަމެއް ނެތޭ އެތާ ހަވާލުކޮށްފަ އެއް،" ރައީސް ވިދާޅުވި އެވެ.

އެކަމަކު ރައީސް މުއިއްޒުއަށް ރައްދު ދެއްވައި އަމީރު ވިދާޅުވީ މި ވެރިކަން ފެށުނުއިރު ވީއައިއޭ އާ ޓާމިނަލްގެ ކްރިޓިކަލް މަސައްކަތުގެ 71 ޕަސަންޓު ނިމިފައިވާ ކަމަށެވެ. އަދި ޓާމިނަލް މިހާރު ނިމިގެންދަނީ ވެސް ކުރީގައި އޮތް ޕްލޭނާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭރު މަނިކުފާނު އޮކްޓޯބަރު 2024 ގަ ހުޅުވާނަމޭ ވިދާޅުވި އިރުވެސް އަޅުގަނޑުމެން ބުނިން ނުހުޅުވޭނެ ކަމަށް. ވެރިކަން ބަދަލުވެގެން އައި އިރުވެސް ޓައިމްލައިން އިން ގޮތަށް މިހާރުވެސް ތި ނިމިގެން ދަނީ. ދެން މަނިކުފާނު އައިސް ހަވާލުކޮށްގެން އަވަސްކުރަން ޖެހުނީ ކޮންކަމެއް. ދޮގު ހެދިޔަސް ތީ ބޮޑުވަރު،" އަމީރު ވިދާޅުވި އެވެ.

ވެރިކަން ބަދަލުވިއިރު ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ގޮސްފައިވާ ހިސާބު:

  • ކޮންކްރީޓް: 100 ޕަސަންޓު ނިމިފައި.
  • ސްޓީލް ސްޓްރަކްޗާ: 97 ޕަސަންޓް ނިމިފައި.
  • ބްލޮކް ވޯލް: 60 ޕަސަންޓް ނިމިފައި.
  • ފަސާޑް: 89 ޕަސަންޓް ނިމިފައި.
  • ރޫފް: 100 ޕަސަންޓް ނިމިފައި.
  • އެމްއީޕީ: 45 ޕަސަންޓް ނިމިފައި.
  • އައިސީޓީ އަދި އީއެލްވީ: 32 ޕަސަންޓް ނިމިފައި.
  • އެޗްވީޓީއެސް: 90 ޕަސަންޓް ނިމިފައި.
  • އޭވީޑީޖީއެސް: 97 ޕަސަންޓް ނިމިފައި.
  • ޕީބީބީ: 99 ޕަސަންޓް ނިމިފައި.
  • ބެގެޖް ހޭންޑްލިން: ބަޔަކާ ހަވާލުކޮށްފައި
  • މުޅިއެކު ކްރިޓިކަލް މަސައްކަތްތައް: 71 ޕަސަންޓް ނިމިފައި

އަލަށް ހަވާލުކުރި ކަމަށް ރައީސް ވިދާޅުވާ މަސައްކަތްތަކާއެކު ޖުލައި 26، ގައި ހުޅުވޭ ވަރަށް މިހާރު މަސައްކަތް ނިމިފައިވާ ކަމަށާއި ބާކީ މަސައްކަތްތައް ސެޕްޓެމްބަރު މަހަށް ނިންމާ މުޅި ޓާމިނަލް އޮޕަރޭޝަނަށް ގެންނާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ. މުޅި ޓާމިނަލް ނިމޭނެ ކަމަށް އެމަނިކުފާނު ފުރަތަމަ ދެއްވި ތާރީހަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހެވެ.

ވީއައިއޭގެ އާ ޕެސެންޖާ ޓާމިނަލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފެއްޓެވި ވެލޭނާ އެއާޕޯޓުގެ އެކްސްޕޭންޝަން ޕްރޮޖެކްޓުގެ ދަށުން ކުރާ މަސައްކަތެކެވެ.

ޕެސެންޖާ ޓާމިނަލް ހިމެނޭ ގޮތަށް މިހާރު ކުރިޔަށްދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެކްސްޕެންޝަން ޕްރޮޖެކްޓް އެއްކޮށް ނިމުމުން، އެއާޕޯޓުގެ ކެޕޭސިޓީ ދެ ގުނައަށް ވުރެ އިތުރުވެ، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ވަސީލަތްތައް ތަރައްގީ ވެގެން ދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox