ޕާމާ ތަފާތު ދައްކައި ޗެލްސީން ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފި

Jul 13, 2025, 9:13 PM
ޕާމާ ތަފާތު ދައްކައި ޗެލްސީން ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފި

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 14) - ފީފާ އިން މުޅިން އާ ފޯމެޓަކަށް ކުރިއަށްގެންދިޔަ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން، ކޯލް ޕާމާގެ މޮޅު ކުޅުމާ އެކު، ޗެލްސީން ހޯދައިފި އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދި ޕީއެސްޖީ އަތުން، ޔުއެފާ ކޮންފަރެންސް ލީގުގެ ތަށި އުފުލާލި، ޗެލްސީ މޮޅުވީ 3-0 އިންނެވެ.

މެޓްލައިފް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ޗެލްސީން ކުރިއަށް ޖެހިގެން ކުޅެމުންދިޔައިރުު، ޕީއެސްޖީން ވެސް ލިބޭ ފުރުސަތުގައި އެޓޭކް ކުރެވޭތޯ ބަލަމުންދިޔަ އެވެ. އެ ގޮތުން، ޗެލްސީގެ ޑެޒީރޭ ޑޫއޭ އަށް ލިބިގެންދިޔަ ފުރުސަތުގައި ބޭނުން ނުކުރެވިދިޔައިރު، ޑޫއޭ ޖެހި ބޯޅައެއް ޗެލްސީގެ ކީޕަރު، ރޮބާޓް ސަންޗޭޒް ވަނީ މަތަކޮށްފަ އެވެ.

ޗެލްސީން ފުރަތަމަ ހާފު ނިންމާލީ ހައިރާންކުރަނިވި ތިން ގޯލުގެ ލީޑަކާ އެކު އެވެ. މީގެ ކްރެޑިޓް ހައްގުވަނީ ޕާމާ އަށެވެ. އެ ގޮތުން، ފުރަތަމަ ޕާމާ އަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ގޯލަށް ސީދާނުވެ ދިޔަ ނަމަވެސް، 22 ވަނަ މިނިޓްގައި، އޭރިއާތެރެއިން ޕާމާ އަށް ލިބުނު ބޯޅަ އޭނާ ވަނީ ތިރިތިރިން ގޯލުގެ ކަނަށް ފޮނުވާލައިފަ އެވެ.

އަދި، އޭގެ ހަތް މިނިޓް ފަހުން، ޕާމާ އަށް ލިބުނު ބޯޅައިގައި ހަމަޖެހިފައި، ރަނގަޅު ވަގުތު ލިބެންދެން މަޑުކުރުމަށް ފަހު ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ލަނޑެއް ޖެހޭތޯ ޕީއެސްޖީން ކުރިއަށް ޖެހިގެން ކުޅެމުންދަނިކޮށް ޗެލްސީން ތިން ވަަނަ ލަނޑު ޖެހީ، ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ވަނިކޮށް، ޖޮއާއޯ ޕެޑްރޯ އެވެ.

ޗެލްސީއާ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ގުޅުނު ޖޮއާއޯ ޕެޑްރޯ ވަނީ ސެމީ ފައިނަލުގައި، ފްލުމިނެންސޭ ކޮޅަށް ދެ ގޯލު ޖަހައިފަ އެވެ. ފައިނަލް މެޗުގެ 43 ވަަނަ މިނިޓްގައި ގޯލު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ، ޕާމާ އެވެ.

ޗެލްސީގެ ޖޮއާއޯ ޕެޑްރޯ ގޯލު ޖެހުމަށް ފަހު އެ ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.

ދެ ވަނަ ހާފުގައި ކުޅެން ފަށައިގެން، ޕީއެސްޖީން ކުރިއަށް ޖެހިގެން ކުޅެ އަވަހަށް އެޓޭކްތަކެއްކޮށް ގޯލެއް ޖެހޭތޯ ބެލި އެވެ. އެ ގޮތުން، ޕީއެސްޖީގެ ކްވިޗާ ކްވަރަޝްކޭލިއާ ފޮނުވާލި ބޯޅައިގެ އިތުރުން، ކުޑަ އޭރިއާ ރޮނގުމަތިން އޮސްމާން ޑެމްބޭލޭ ޖެހި ޝޮޓް ކީޕަރު، ސަންޗޭޒް ވަނީ މަތަކޮށްފަ އެވެ.

ޗެލްސީން ބަދަލަކަށް ކުޅެން އެރި އިނގިރޭސި ފޯވާޑް ލިއަމް ޑެލަޕް ފޮނުވާލި ބޯޅަ ވެސް ޕީއެސްޖީގެ ކީޕަރު، ޖިއަންލުއީޖީ ޑޮނަރުންމާ ވަނީ މަތަކޮށްފަ އެވެ. ފުރަތަމަ ހަމަލާ އޭރިއާ ރޮނގުކައިރިން ފޮނުވާލިއިރު، ދެ ވަނަ ބޯޅަ ގޯލާ އަމާޒުކޮށްލީ އޭރިއާތެރެއިންނެވެ. ދެ ފަހަރު ވެސް ޑޮނަރުންމާގެ ހުށިޔާރުކަން ފެނިގެންދިޔަ އެވެ.

ޕީއެސްޖީން މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ، މެޗުގެ 85 ވަަނަ މިނިޓްގައި، އެ ޓީމުގެ މިޑްފީލްޑަރު، ޖޮއާއޯ ނެވޭސް އަށް ރަތް ކާޑެއް ދެއްކުމުންނެވެ. ޗެލްސީގެ މާކް ކުކުރޭއާ އަށް ބޯޅަ ނެތިސް ހަމަލާ ދިން ނަމަވެސް، ނެވޭސް އަށް ފުރަތަމަ ދެއްކީ ރީނދޫ ކާޑެކެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އެންގުމުން، ދަނޑުކައިރީގައި ހުރި މޮނީޓަރުން ބެލިއިރު، ކުކުރޭއާގެ އިސްތަށިގަނޑުގައި ނެވޭސް ހިފާފައިވުމުން، ރެފްރީ ނިންމީ ރަތް ކާޑަކަށް ނިންމުން ބަދަލުކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox