ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ 37 ޕަސެންޓު އިތުރުވީއިރު، ޑޮލަރެއް 20ރ. އަށް

ވެލާނޭ އިންޓަނޭޝަނަލް އެއާޕޯޓުގެ ޖެޓީ ސަރަހައްދުގައި ޓޫރިސްޓު އާއިލާއަކަށް ރިސޯޓު މުވައްޒަފަކު އެހީތެރިވަނީ: ޑޮލަރު އާމްދަނީގެ ބޮޑު ބަޔަކީ ޓޫރިސްޓު ވިޔަފާރިތަކުންނާއި ޓޫރިސްޓުންގެ އަތުން ނަގާ ޓެކްސްތަކާއި ފީތައް -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ވެލާނޭ އިންޓަނޭޝަނަލް އެއާޕޯޓުގެ ޖެޓީ ސަރަހައްދުގައި ޓޫރިސްޓު އާއިލާއަކަށް ރިސޯޓު މުވައްޒަފަކު އެހީތެރިވަނީ: ޑޮލަރު އާމްދަނީގެ ބޮޑު ބަޔަކީ ޓޫރިސްޓު ވިޔަފާރިތަކުންނާއި ޓޫރިސްޓުންގެ އަތުން ނަގާ ޓެކްސްތަކާއި ފީތައް -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ޑޮލަރު ތާށިކަން އިންތިހާއަށް ބޮޑުވެ، އާންމުންނާއި ވިޔަފާރިތަކަށް ޑޮލަރެއް ގަންނަން ލިބޭ އަގު 20ރ. އަށް އަރާފައިވާއިރު، މި އަހަރުގެ ފުރަތަމަ ބައި ނިމުނުއިރު ދައުލަތަށް ލިބުނު ޑޮލަރު އާމްދަނީ އޭގެ ކުރީ އަހަރަށް ވުރެ 37 ޕަސެންޓު އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މީރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ މަންތުލީ ސްޓްޓިސްޓިކްސް ރިޕޯޓުގައިވާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ޓެކުހާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ޑޮލަރުން ލިބުނު ޖުމްލަ އާމްދަނީ 772 މިލިއަން ޑޮލަރަށް އަރަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 562 މިލިއަން ޑޮލަރެވެ.

އެހެން އަހަރުތަކެކޭ އެއް ފަދައިން ޑޮލަރުން އާމްދަނީ ލިބޭ ދާއިރާތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓީޖީއެސްޓީއިންނެވެ. ޓީޖީއެސްޓީއަށް ލިބުނު އަދަދު 400 މިލިއަން ޑޮލަރާ ގާތްކުރެ އެވެ. ޓީޖީއެސްޓީ ނަގާފައި ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އިންކަމް ޓެކްސްއިންނެވެ.

Advertisement

އަހަރުންއަހަރަށް ބަލާއިރު ޑޮލަރު އާމްދަނީ ނިސްބަތުން އެންމެ އިތުރުވީ އިންކަމް ޓެކްސް އާއި ގްރީން ޓެކްސްއިންނެވެ.

އިންކަމް ޓެކްސްގެ ގޮތުގައި ޑޮލަރުން ލިބޭ އާމްދަނީ އިތުރުވީ ޑޮލަރުން އާމްދަނީ ލިބޭ މީހުންނާއި ވިޔަފާރިތަކުން އިންޑިވިޖުއަލް އިންކަމް ޓެކްސް އާއި ރާއްޖޭގައި ދިރިނޫޅޭ މީހުންގެ އަތުން ނަގާ ވިތުހޯލްޑިން ޓެކްސް ޑޮލަރުން ދައްކަން މަޖުބޫރުކުރުމުންނެވެ. ގްރީން ޓެކްސް އާމްދަނީ އިތުރުވީ ގްރީން ޓެކްސް ނަގާ ރޭޓުތައް މި އަހަރުގެ ޖެނުއަރީން ފެށިގެން މަތިކުރުމުންނެވެ.

އަހަރުގެ ފުރަތަމަ ބައިގައި ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ

  • އިންކަމް ޓެކްސް - 77 މިލިއަން ޑޮލަރު
  • އެއާޕޯޓު ޑިޕާޗާ ޓެކްސް - 57 މިލިއަން ޑޮލަރު
  • ގްރީން ޓެކްސް - 73 މިލިއަން ޑޮލަރު
  • ޓީޖީއެސްޓީ - 399 މިލިއަން ޑޮލަރު
  • އެއާޕޯޓު ޑިވެލޮޕްމަންޓް ފީ - 57 މިލިއަން ޑޮލަރު
  • ލީސް ޕީރިއަޑް އެކްސްޓެންޝަން - 30 މިލިއަން ޑޮލަރު
  • ޓޫރިޒަމް ބިމު ކުލި - 65 މިލިއަން ޑޮލަރު

މިދިޔަ އަހަރަށް ވުރެ މި އަހަރު ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ އިތުރުވީ، ޑޮލަރުން ލިބޭ އާމްދަނީ އިތުރުކުރަން މިދިޔަ އަހަރު ގާނޫނުތަކަށާއި ގަވާއިދުތަކަށް ގެނައި ބަދަލުތަކާ އެކީގަ އެވެ. އިގުތިސޯދީ ހާލަތު މި ގޮތުގައި ދެމި އޮވެއްޖެ ނަމަ، މި އަހަރު ރެކޯޑު އަދަދަކަށް ޑޮލަރު ލިބޭނެ އެވެ.

ދައުލަތަށް ޑޮލަރު ވަންނަ އަދަދު އިތުރުވީ ނަމަވެސް މީގެ ފައިސާއެއް އިގުތިސޯދަކުން އަދި ނުފެނެ އެވެ. ބައެއް މާހިރުން ބުނާ ގޮތުގައި ޑޮލަރުގެ އަގު މިހާ ބޮޑަށް އުފުލުނީ ވެސް، އިގުތިސޯދަށް ވަންނަ ޑޮލަރުގެ ބޮޑު ބަޔެއްގެ ސަރުކާރަށް ނަގައިގެން އިގުތިސޯދަށް ވަންނަ ޑޮލަރު ސަޕްލައި ކޮންޓްރޯލް ކުރަން ހަދައިގެންނެވެ.

ޑޮލަރު ތާށިކަމާ މެދު އާންމުންނާއި ވިޔަފާރިވެރިންގެ ކަންބޮޑުވުން ހުއްޓަސް ސަރުކާރާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވެސް ބުނަނީ، ރަސްމީ ރޭޓަށް ޑޮލަރުގެ އަގު ތިރިކުރެވޭނީ މިހާރު ތަންފީޒުކުރަމުން އަންނަ ބޭރު ފައިސާގެ ސިޔާސަތުތައް ތަންފީޒުކޮށްގެން ކަމަށެވެ. އަދި 2027 ވަނަ އަހަރުގެ ތެރޭގައި ރަސްމީ ރޭޓަށް ޑޮލަރުގެ އަގު ދަށްވާނެ ކަމަށް ސަރުކާރުން ވަރަށް ބޮޑަށް ޔަގީންކަން ދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox