ޕްރިމިއާ ލީގުގެ ތަޖުރިބާކާރު ޑޮކްޓަރު ޒަފަރު ކިޔައިދެނީ ރާއްޖެ އަށް އޮތް ފުރުސަތުގެ ވާހަކަ

ޕްރިމިއާ ލީގުގެ ތަޖުރިބާކާރު ޑޮކްޓަރު ޒަފަރު ކިޔައިދެނީ ރާއްޖެ އަށް އޮތް ފުރުސަތުގެ ވާހަކަ

ޗުއްޓީ ދަތުރެއްގައި ރާއްޖެ އައުމަށް ފަހު، ޕާކިސްތާން ދަރިކޮޅަށް ނިސްބަތްވާ، އިނގިރޭސި ސްޕޯޓްސް ޑޮކްޓަރު، ޒަފަރު އިގްބާލް (ޒަފް) ވަނީ، ރާއްޖޭގެ ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ)އާ އެކު ބައްދަލުކުރުމުގެ އިތުރުން، ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ސެޝަނެއް ނަގައިދީފަ އެވެ.

ވިހި އަހަރަށް ވުރެ ގިނަ ދުވަހުގެ ސްޕޯޓްސް މެޑިސިންގެ ތަޖުރިބާ ލިބިފައިވާ، ޑރ. ޒަފް މި ވަގުތު، ދުނިޔޭގެ މަޝްހޫރު ކްލަބް އާސެނަލްގެ ހެޑް އޮފް ސްޕޯޓްސް މެޑިސިންގެ މަގާމުގައި ހުރިއިރު، ދާދި ފަހުން، ރާއްޖޭގައި ކުރި ދަތުރުގައި ހިނގި ކަންތައްތަކާ ބެހޭގޮތުން، "އަދަދު ސްޕޯޓްސް" އަށް ވަނީ ހާއްސަ އިންޓަވިއުއެއްދީފަ އެވެ.

ޑރ. ޒަަފް، އިނގިރޭސި ފުޓްބޯޅައިގެ ތަޖުރިބާކާރެއް

މި ވަގުތު، އާސެނަލްގެ ސްޕޯޓްސް މެޑިސިން ޑިޕާޓްމަންޓްގައި އިސް ފަރާތެއްގައި ހުރިއިރު، އޭނާ އެ މަގާމާ ހަވާލުވީ، މިދިޔަ އަހަރު އެވެ.

މީގެ ކުރިން، 2015 އިން 2023 އަށް ޑރ. ޒަފް ހުރީ ކްރިސްޓަލް ޕެލަސްގެ ހެޑް އޮފް ސްޕޯޓްސް މެޑިސިންގެ މަގާމުގަ އެވެ. އޭގެ ކުރިން، ފަސް ސީޒަނުގައި ލިވަޕޫލްގެ ސްޕޯޓްސް މެޑިސިންގެ އިސް ފަރާތެއްގެ ގޮތުގައި މަސައްކަތްކުރި، ޑރ. ޒަފް ވަނީ ޓޮޓެންހަމް ހޮޓްސްޕާސްގެ ޓީމު ޑޮކްޓަރެއްގެ ގޮތުގައި ތިން އަހަރު ހޭދަކޮށްފަ އެވެ.

ލަންޑަންގެ ކުއީން މެރީ ޔުނިވާސިޓީގައި ލެކްޗަރާއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ ޑރ. ޒަފް އަކީ 2021 ވަނަ އަހަރު ފެށިގެން ޕްރިމިއާ ލީގުގެ ފުޓްބޯލް މެޑިކަލް ގަވަނަންސް ގްރޫޕްގެ މެމްބަރެެކެވެ. އަދި، އެ އަަހަރުން ފެށިގެން ޕާކިސްތާންގެ ކްރިކެޓް ބޯޑުގެ މެޑިކަލް އެޑްވައިޒަރުކަން ކުރަމުން އަންނަަ ޑރ. ޒަފް ވަނީ ޕްރިމިއާ ލީގުގެ ޑޮކްޓަރުންގެ ގްރޫޕްގެ ޗެއާމަންގެ މަގާމު، ފެބްރުއަރީ 2016 އިން ފެށިގެން 2022 ވަނަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށް އަދާކޮށްފަ އެވެ.

އާސެނަލްގެ ސެޝަނެއްގެ ތެރެއިން ޑރ. ޒަފް އިންޓަވިއުއެއްދެނީ.

ރާއްޖޭގެ ތަޖުރިބާއާ މެދު ޑރ. ޒަފް ވަރަށް ހިތްހަމަޖެހިފައި

"އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުގައި، ރާއްޖޭގެ އެތުލީޓުންނާ އެކުގައި އޭނާ ބޭއްވި ސެޝަނަކީ ވަރަށް ފުރިހަަމަކޮށް ދިޔަ ކަމެއް ކަމަށް ޑރ. ޒަފް ބުނެފައިވެ އެވެ.

އަދި، ރާއްޖޭގެ ކޮމިއުނިޓީގެ ތެރޭގައި ކުުޅުންތެރިން/އެތުލީޓުންގެ ރޯލާއި ތަޖުރިބާތައް އަޑުއިވި، އެ ކަންކަމަށް އޭނާ އަށް ފޯރުކޮށްދެވޭނެ އެހީތެރިކަމުގެ ވާހަކަތައް ދެކެވުނު ކަމަށް ވެސް ޑރ. ޒަފް ވަނީ އަލިއަޅުވާލައިފަ އެވެ.

"ކުޅިވަރަކީ އެންމެން އެއްބައިވަންތަ ކުރާ ކަމެއް. ދެން، އަހަރެން ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި ކަމުގައި ވިޔަސް، މީހުންނާ ބައްދަލުވާއިރު ކުޅިވަރުގެ ވާހަކަ ދެއްކޭނެ، ދެން، ހިޔާލު ބަދަލުކުރެވޭއިރު، ހާއްސަކޮށް ފުޓްބޯޅަ އާއި ކްރިކެޓްގައި އަހަރެންގެ ތަޖުރިބާ އެބަހުރި،" ޑރ. ޒަފް ބުންޏެވެ.

"އަހަރެން ރާއްޖެ އަށް އައި ދުވަހުން ފެށިގެން ވެސް ފާހަގަކުރެވުނު އެއް ކަމަކީ، ރާއްޖޭގެ ކޮންމެ ރަށެއްގައި ކޮންމެ ސަރަހައްދެއްގައި ވެސް މީހުން ފުޓްބޯޅަ އަށް ހުރި ޖޯޝާއި ފޯރި. ދެން، (ކުޅުންތެރިން/އޮފިޝަލުންނާ އެކު އޮތް) ބައްދަލުވުމުގައި އަހަރެން ބުނެދިނިން، އެލީޓް (ޕްރޮފެޝަނަލް) ފުޓްބޯޅައިގައި ކަންކަން ދާ ގޮތް، ކެއުމުގެ ކަންކަމާއި ރިކަވަރީ ބައްޓަންކުރާނެ ގޮތް، އިންޖަރީން ސަލާމަތްވެ ހުންނަން ކުރެވޭނެ ކަންކަން، ދެރަކޮށް ދިޔަ ކަމަކީ ލިބުނު ވަގުތު މަދީ،"

ޑރ. ޒަފްއާ އެކު ސްޕޯޓްސް މިނިސްޓަރު ރާފިއު ބޭއްވި ބައްދަލުވުމަށް ފަހު، މީޑިއާގައި މިނިސްޓަރު، ރާފިއު ވިދާޅުވީ، ޑރ. ޒަފަރުގެ އެހީތެރިކަން ރާއްޖޭގެ ކުޅިވަރުގެ ކަންކަމުގައި ވެސް ލިބޭނެ ކަމަށެވެ. އެކަމާ ބެހޭގޮތުން، ސުވާލުކުރުމުން، ޑރ. ޒަފަރު ބުނީ، ހަގީގަތުގައި ސްޕޯޓްސް މިނިސްޓަރު، ރާފިއުއާ އެކު ބޭއްވުނު ބައްދަލުވުމުގައި ރާއްޖޭގައި ކުޅިވަރަށް ހުރި ވަސީލަތްތަކާއި ތަރައްގީ އަށް ކުރެވޭ މަސައްކަތްތަކާ ގުޅޭ މަޝްވަރާ ކުރެވުނު ކަމަށެވެ.

ސްޕޯޓްސް މިނިސްޓަރު ރާފިއު (ކ) އާއި ޑރ. ޒަފް ބޭއްވި ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

އެ ގޮތުން، ޑރ. ޒަފް ވިދާޅުވީ، މީގެ ކުރިން ވެސް އޭނާ ވަނީ ކޮވިޑް-19 ގެ ދުވަސްވަރުގެ ތެރޭގަޔާއި ރޯދަ މަހުގައި އެތުލީޓުންނަށް ފިޓްނަސްއާ ގުޅޭ ކަންކަމާ ބެހޭގޮތުން، އޮންލައިން ސެޝަންތަކެއް ނަގައިދީފައި ކަމަށެވެ.

ކުޅިވަރުގެ ތެރެއިން މީހުން ދުޅަހެޔޮކޮށް ސިއްހަތު ރަނގަޅަށް ހުންނަން މަގުފަހިކޮށްދޭ ކަމަށާއި ރަނގަޅު މައުލޫމާތާއި ޓްރެއިނިން ކަންކަން މި ހުރިހާ ކަމަކުން ލިބި، ބައިނަލްއަގުވާމީ ލެވަލްގައި ކުރިއަރާ ދިވެހިން އިތުރު ވާނެ ކަމަށް ޑރ. ޒަފް ފާހަަގަކުރި އެވެ.

އޭނާ އަކީ ވަރަށް ބުރަ ޝެޑިއުލެއްގައި މަސައްކަތް ކުރަން ޖެހޭ މީހަކަށް ވާތީވެ، އޮންލައިން ސެޝަން މެދުވެރިކޮށް ރާއްޖެ ކަހަލަ ގައުމުތަކުގައި ކަންކަން ރަނގަޅުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް އިރުޝާދު ދެވޭނެ ކަަމަށް ޑރ. ޒަފް ބުނެފައިވެ އެވެ.

"އަހަންނަށް އެނގޭ ވަރަށް މަދުކަން ރާއްޖޭގައި ސްޕޯޓްސް މެޑިސިންގެ މީހުން ތިބި މިންވަރު، ދެން، އަހަންނަށް ރާއްޖޭން ފެނިފައި ހުރީ، ޑރ. އަހުމަދު ޝަކީބް، އެއީ ރާއްޖޭގެ އެތުލީޓުންނަށް ރަނގަޅު ގޮތް ހޯދައިދޭން ވަރަށް މަސައްކަތްކުރި ފަރާތެއް. އެހަރެން އެދެނީ އެ ކަހަލަ ގިނަ ބަޔަކު ވަރަށް އެކްޓިވްކޮށް މަސައްކަތްކޮށް ރާއްޖޭގެ ކުޅިވަރު ކުރިއަރުވަން އުޅޭ އެންމެނަށް އެހީވުން،" ޑރ. ޒަފް ބުންޏެވެ.

ހަމައެކަނި ހުނަރު ހުރެގެން ނުފުދޭނެ، ފިޓްނަސް ވަރަށް މުހިންމު

މިހާރު މި ފެންނަ ފުޓްބޯޅައިގެ ކަންކަމުގައި އައިސްފައި އޮތް އެންމެ ބޮޑު ބަދަލަކީ، ހަމައެކަނި ހުނަރަށް ބަރޯސާވެގެން ކެރިއަރެއް ބައްޓަން ނުކުރެވޭ ކަމެވެ. ފިޓްނަސް ބެލެހެއްޓުމަށް ހާއްސަ އަހައްމިއްޔަތުކަމެއް ނުދޭނަމަ، ރަނގަޅު ކެރިއަރެއް ކުރިއަށްނުގެންދެވޭނެ ކަމެވެ.

ޑރ. ޒަފް ބުނީ، މިހާރު އެންމެ މުހިންމު ކަމަކީ ހުނަރު ހުރުމެކޭ އެއްވަރަށް ރަނގަޅު ޑިސިޕްލިން އެއްގެ ތެރެއިން ފިޓްނަސް ހިފަހައްޓައި، ރިކަވަރީ އަށް މަސައްކަތް ކުރުމާއި ރަނގަޅު ތަރުތީބަކުން ޓްރެއިނިން ކަންކަން ރާވާލުން އެއީ މަޖުބޫރު ކަމެއް ކަމަށެެވެ.

"އަހަރެން މަސައްކަތް ކުރިން ވަރަށް ހުނަރުވެރި މޮޅެތި ކުޅުންތެރިންނާ އެކު، އެކަމަކު، އެ މީހުންގެ ޑިސިޕްލިން (އަހުލާގު) ހުރީ އެންމެ އެކަށޭނެ ވަރަކަށެއް ނޫން. އެހެންވެ، ރަނގަޅަށް ކުޅެވޭ ފަހަރު އައި ކަމުގައި ވިޔަސް، އެންމެ ރަނގަޅު ކުޅުން ނުދެއްކި އިންޖަރީގެ މައްސަލަ ތަކުރާރުވެފައި ހުރީ،" ލުއިސް ސުއަރޭޒާއި ސްޓީވެން ޖެރާޑް، ގަރެތު ބޭލް އަދި ލޫކަ މޮޑްރިޗް ފަދަ ކުޅުންތެރިންނާ އެކު، ގާތުން މަސައްކަތްކުރި، ޑރ. ޒަފް ބުންޏެވެ.

ސުއަރޭޒް (ވ) އާއި ޑރ. ޒަފް މެޗެއްގެ ތެރެއިން.

"އަހަންނާ އެކުގައި މަސައްކަތް ކުރި އެންމެ މޮޅު ކުޅުންތެރިންނަކީ ހަމައެކަނި ހުނަރުހުރި މީހުންނެއް ނޫން، އެއީ ވަރަށް ބުރަ މަސައްކަތާ އެކު، މި ބުނާ ޑިސިޕްލިން ހިފަހައްޓައި، ކާމިޔާބު ދިގު ކެރިއަރެއް ބިނާކުރި ކުޅުންތެރިން،"

ރާއްޖެ އަންނަ މަތީ ލެވަލްގެ ކޯޗުން އާންމުކޮށް ފާހަަގަކުރާ ކަމަކީ، ދިވެހި ކުޅުންތެރިންނަކީ، ސެމީ ޕްރޮފެޝަނަލުން ކަމަށްވާތީވެ، އެހެން ވަޒީފާއެއް އަދާކޮށްފައި، ކުޅިވަރު ކުޅޭ ބައެއް ކަމަށްވާތީވެ، އެންމެ ބޭނުންވާ ލެވަލްގެ ކެރިއަރެއް ކުރިއަށްގެންދަން އުނދަގޫތަކެއް އެބަހުރި ކަމަށެެވެ. މި ވާހަކައާ މުޅިން އެކޮށް އެއްބަސްވުމަށް ވުރެން، ޑރ. ޒަފް ފާހަގަކުރީ ހުރި ފުރުސަތުތަކުގެ ވާހަކަ އެވެ.

ޑރ. ޒަފަރު ބުނީ ކޮންމެ އެތުލީޓަކަށް ވެސް މަސައްކަތްކޮށްގެން ކުރިއަށްދާން ފުރުސަތު އޮންނާނެ ކަމަށެވެ. އަދި، އެލީޓް ލެވަލްގައި ކުޅޭ ކުުޅުންތެރިން ވެސް އެ ފެންވަރުގައި ކުރިއަށްދަނީ، އަމިއްލަ އަށް ކުރަން ޖެހޭ ކަންކަމަށް ފަރުވާ ބަހައްޓައިގެން ކަމަށް ޑރ. ޒަފް ވަނީ ބުނެފަ އެވެ.

މިިނިސްޓަރު ރާފިއުއާ އެކު، ޑރ. ޒަފް ބޭއްވި ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

"ތެދެއް، މި ކަންކަން ކޮށްގެން ދުނިޔޭގައި ތިބި އެންމެ މޮޅު ކުޅުންތެރިންނެކޭ އެއްވަރުވާނެއެކޭ ނުބުނެވޭނެ. އެކަމަކު، އަހަރެމެންގެ ކޮންޓްރޯލްގައި ހުރި ކަންކަން ރަނގަޅުކޮށް، އަމިއްލަ އަށް ތަރައްގީ ހޯދިދާނެ. އެއީ، ރަނގަޅު ކާނާ ކައިގެން، ރިކަވަަރީ އަށް ވިސްނައިގެން، ޓްރެއިނިންތަކަށް ފަރުވާ ބަހައްޓައިގެން ތައްޔާރުވެގެން. އަނިޔާވެއްޖެނަމަ އެ އަށް ވެސް ރަނގަޅަށް ތައްޔާރުވެ، ރިކަވާވެގެން، ކުޅުންތެރިންނާއި ޓީމު އެންމެނަށް އިހުތިރާމްކޮށްގެން،" ޑރ. ޒަފް ބުންޏެވެ.

"ވަރަށް ރަނގަޅު ވާހަކައެއް އޮންނާނެ، ބުރަ މަސައްކަތް ގިނަ ފަހަރު ހުނަރުގެ މައްޗަށް ކުރިހޯދާނެ. އެއީ، ހުނަރު ހުރި މީހުން ބުރަކޮށް މަސައްކަތް ނުކުރާތީވެ،"

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox