ކޭތައަކުން އަނދިރިއެޅިފައިވާ ހިޖުރީ ތާރީހު

ކޭތައަކުން އަނދިރިއެޅިފައިވާ ހިޖުރީ ތާރީހު

އިސްލާމީ ތާރީހުން ސާދަސަތޭކަ ސާޅީސް ހަތްވަނަ އަހަރަށް ދުނިޔޭގެ ސަފުހާ އެއްލީއެވެ. އަށްބިލިޔަން މީހުން ދިރިއުޅެމުންދާ މިދުނިޔޭގައި ދެބިލިޔަނެއްހާ މުސްލިމުން އުޅެމުންދެއެވެ. މިވަގުތު ދުނިޔޭގައި އޮތް ސަތޭކަ ނުވަދިހަ ފަސް ގައުމުގެ ތެރެއިން އެތަނެއްގެ ގިނަ ރައްޔިތުންނަކީ މުސްލިމުންކަމަށްވިޔަތީ، އިސްލާމީ ގައުމުތަކުގެ ގޮތުގައި ސާޅީސް އަށް ގައުމެއް އެބައޮތެވެ. އޭގެ ތެރޭގައި ދުނިޔޭގެ މުއްސަނދިކަން ބެހިފައި އޮތްގޮތުން ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ލިސްޓުގައި އިސްލާމީ ބައެއް ގައުމުތައް ހިމެނޭ ބީދައިން އެންމެ މުއްސަނދި ގައުމުތަކުގެ ލިސްޓުގައި ވެސް އިސްލާމީ ގައުމުތައް އެބަހުއްޓެވެ. އެކަމަކު ހަގީގީ މަންޒަރަށް ބަލާއިރު މި މުއްސަނދި ގައުމުތައް މުއްސަނދިވެފައިތިބީ ވެސް ކާފަރުންގެ ތައްޕާހުންނެވެ. އަމިއްލަ އިލްމާއި މިނިވަން ބާރުގައެއް ނޫނެވެ.

އެހެންވެގެންތާއޭ! ދުނިޔޭގައި ނަގާކިޔާ އާރުލާ ބޮޑެތި ގައުމުތަކުގެ ތެރޭގައި އިސްލާމީ ގައުމެއް ނެތެވެ. އިސްލާމީ ހުރިހާ ގައުމެއްހެން މިވަގުތު އޮތީ ދުނިޔޭގެ އާރުލާ ކޮންމެވެސް ކާފަރު ބާރުވެރިކަމެއްގެ ދަށަށް ވަދެގެންނެވެ. އާދޭހެވެ! އަދުގެ ދުނިޔޭގައި އަހަރެމެން ބައިގިނަ މުސްލިމުން ތިބީ، މީގެ ސާދަސަތޭކަ އަހަރު ކުރިން އަހަރެމެންގެ މާތް ނަބިއްޔާ ސިފަކުރައްވާފައިވާ ފަދައިންނެވެ. އަހަރެމެންގެ ލޮބުވެތި ނަބިއްޔާގެ ނަބީކަމުގެ މުއުޖިޒާތަކަށް މިއަދާއި މިއަދުގެ އިސްލާމީ އުންމަތުގެ ހާލަތު ވެސް އަޅުގަނޑަށް ފުދެއެވެ. ކައުއިތުރު މާތް ނަބިއްޔާ ހަދީސްކުރައްވާފައިވެއެވެ. "..އެދުވަހަކުން ތިޔަބައިމީހުން އަދަދުގެ ގޮތުން ގިނަވާނެއެވެ. އެކަމަކު ތިޔަބައިމީހުންނެކޭ އޮޔަށްދެމޭ ކުނިކޮޅެކޭ އެއްގޮތްވާނެއެވެ."

އަޅުގަނޑުގެ މައުލޫއަށް އެނބުރި ގަންނާނަމެވެ. އެއީ މީގެ ސާދަސަތޭކަ އަހަރުގެ ކުރީގެ ދުވަސްތަކެވެ. މުޅި ދުނިޔެއަށް އޭގެ ހަމަ ކުޑަ ދުވަސްކޮޅަކާ ހަމައަށް އެތައް ސަތޭކަ އަހަރަކު ބާރު ހިންގަމުންދިޔަ ފާރިސީންވެސް މުސްލިމުންގެ އަތުން ހަނގުރާމައެއްގައި ބަލިވެފައިވެއެވެ. އަދި ރޫމީން އެތައް ހިސާބެއްގައި އެތައް ހަނގުރާމައަކުން ބަލިވެފައިވެއެވެ. މުސްލިމުން ބާރުގަދަވަމުން ދުނިޔެއަށް ފެތުރެމުން އެއޮއްގެން ނުހަނު ބާރުވެރިކަމުގައި ކުރިއަރަމުންދަނީއެވެ.

އޭރުގައި ބަޞަރާގެ ނަމުން ނަންދެވިފައިވާ ރަށުގައި (މިހާރުގެ އިރާގު ސަރަހައްދުގައި) ގަވަރުނަރެއްގެ ގޮތުގައި އަބޫ މޫސަލްއަޝްޢަރީ ހުންނެވިއެވެ. މުސްލިމުންގެ އެންމެ ބޮޑު ވެރިމީހާ، ޚަލީފާ ކަމުގައި ހުންނެވީ އަމީރުލްމުއުމިނީން އުމަރު ބުނުލްޚައްޠާބެވެ. ޚަލީފާގެ ދަރުބާރު ނުވަތަ ރިޔާސީ ގަނޑުވަރާއި އޮފީސް ހުރީ މަދީނާގައެވެ. ހިޖުރައަށް ވަޑައިގެން މާތް ނަބިއްޔާ ފުރަތަމަ ފަހަރަށް ބިންގާއެޅުއްވި އިސްލާމީ ދައުލަތް ފެށިގެން އައި މާތް ބިމުގައެވެ.

އަބޫ މޫސަލް އަޝްޢަރީގެފާނު ބަޞަރާގައި ހުންނަވާފައި ޚަލީފާ އުމަރުގެފާނަށް އެފޮނުއްވީ ފަތްކޮޅެކެވެ. އޭގައި ހައްލު ބޭނުންވެފައިވާ މައްސަލައެއް ފާހަގަކުރައްވާފައިވެއެވެ. އެއީ އެކި ތަންތަނުން މުސްލިމުންގެ އެކި ލީޑަރުން ފޮނުއްވާ ފަތްކޮޅުތަކާއި އަދި ހާއްސަކޮށް ޚަލީފާގެ ދަރުބާރުން ޚަލީފާ ފޮނުއްވާ ފަތްކޮޅުތައް ބައްލަވާއިރު، ކުރިން ލިޔުއްވި ފަތްކޮޅަކީ ކޮބައިކަން ފަހުން ވިދާޅުވި ބަސްފުޅަކީ ކޮބައިކަން ބައެއް ފަހަރަށް އޮޅުން އަރާ ގޮތްތައް ދިމާވާ މައްސަލައެވެ.

މިމައްސަލައާ މެދު މަޝްވަރާކުރުމަށް މަދީނާގައި ތިއްބެވި ބޮޑެތި ބޮޑެތި ޞަހާބީންނާއި އާންމުންވެސް އުމަރުގެފާނު އެއްކުރައްވައި މަޝްވަރާ ހިންގަވައިފިއެވެ. އެތަނުން މީހަކު ބުނެފިއެވެ. ފަތްކޮޅުތަކުގައި ތާރީހެއް ޖަހަމާ ހިނގާށެވެ! ދުނިޔޭގެ އެހެން އުންމަތްތަކުގެ މީހުންވެސް އެބައިމީހުން ލިޔެ އުޅޭ ތަކެތީގައި މިއީ މިވެނި އަހަރެއްގެ މިވެނި މަހެކޭ ޖަހައި އުޅެއެވެ. އަހަރެމެންނަށްވެސް އެގޮތަށް ތާރީހެއް ޖެހިދާނެ ނޫންހެއްޔެވެ!

ކޮންމެއަކަސް މި ހިޔާލާ އެންމެ ބޭކަލުންނަށް ގަޔާވާ ގޮތް ވެވިއްޖެއެވެ. ދެން މަޝްވަރާކުރެވުނީ އަހަރެމެންގެ ތާރީހު ފަށާނީ ކޮން ހިސާބަކުންތޯއެވެ. ބައެއް ބޭކަލުން ލަފާއެރުވީ މާތް ނަބިއްޔާ ނަބީކަމައިގެން ފޮނުއްވުނު ދުވަހުން ތާރީހު ޖަހަން ފެށުމަށެވެ. ބައެއް ބޭކަލުން އެހެން ހިޔާލުފުޅުތައް ވެސް އެރުވިއެވެ. ބައެއް ބޭކަލުން ލަފާއެރުވީ މާތް ނަބިއްޔާ ހިޖުރައަށް ވަޑައިގަތް ތާރީހުން ތާރީހު ޖަހަން ފެއްޓެވުމަށެވެ.

އެންމެ ފާހަގަކޮށްލެވޭ ކަމަކީ ފުރެއްދެ ކަރައަކުން ތާރީހެއް ކޮޕީކުރުމަށް މިތަނުން ހަމަ އެއްވެސް ބޭކަލަކު ހިޔާލު ނުކުރެއްވި ކަމެވެ. އެކަމަކު އަހަރެމެންގެ މިއަދުގެ އިސްލާމީ އުންމަތް ސަގާފީގޮތުންނާއި ސިވިލައިޒޭޝަންގެ ގޮތުން އަމިއްލަވަންތަކަމުގައި ފަހަތަށް ސޮއްސާލާފައި ތިބި މިންވަރު ނިކަން ވަޒަންކޮށްލައްވާށެވެ!

ދެން އުމަރުގެފާނު ގޮތް ކަނޑައެޅުއްވިއެވެ. ތާރީހު ޖަހަން ފަށާނީ ހިޖުރައަށް ވަޑައިގެންނެވި ދުވަހުންނެވެ. އެހެނީ މާތް ނަބިއްޔާ މައްކާއިން މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވި ވަޑައިގަތުމުން ހައްގާއި ބާތިލު ވަކިވެގެންދިޔައެވެ. ހިޖުރައިން ސަތާރަ ވަނަ އަހަރު ނިންމެވި މި ތާރީހީ ނިންމެވުމުގައި މުސްލިމުންގެ ކާބަފައިން އަހަރެމެންގެ އުމަރުގެފާނާއި އެކަލޭގެފާނުގެ ރައްޔިތުން ފަހުރުވެރިކަމާއެކު އެ ފާހަގަކުރައްވަނީ، ދުނިޔޭގެ ތާރީހު ބަދަލުކޮށްލެއްވި ހާދިސާއެވެ. މާތް ނަބިއްޔާ ހިޖުރައަށް ވަޑައިގެންނެވި ހާދިސާއަކީ މުޅި ދުނިޔޭގެ ތާރީހު ބަދަލުކޮށްލި ފަހުރުވެރި އިސްލާމީ މާޒީގެ އެންމެ އަގުބޮޑު އެއް ސަފުހާއެވެ.

އެކަމަކު މިއަދުގެ ހާލަތަކީތޯއެވެ؟ ހިޖުރީ ތާރީހުގެ މަސްތަކަށް ކިޔާ ނަންތައް އެނގެނީ އަހަރެމެން ކިތައް މުސްލިމުންނަށް ބާވައެވެ؟ އެއްވެސް އިސްލާމީ ގައުމެއްގައި ރަސްމީކޮށް މިއަދު މީލާދީ ތާރީހު ނޫން ތާރީހެއް ބޭނުންކުރޭ ބާވައެވެ؟ ސުއޫދީ އަރަބިއްޔާގައި ދީނީ ކަންކަމުގައި އަދިވެސް ރަސްމީ ތާރީހަކީ ހިޖުރީ ތާރީހެވެ؟ ނަމަވެސް ދައުލަތް ހިންގުމުގެ ކަންކަމުގައި ހިޖުރީ ތާރީހަށް ލިބިފައިވަނީ އެހެން ގައުމުތަކެކޭ ވެސް އެއްފަދައިން އާސާރީ ތަރިކައެއްގެ ދަރަޖަ ނޫންތޯއެވެ؟

ހިޖުރީ އައު އަހަރަކަށް މަރުހަބާ ކިޔަމުންދާއިރު، އަޅުގަނޑުމެން ހަނދާންކުރާށެވެ! މުސްލިމުންގެ ތާރީހު ޖެހުން ހިޖުރައިގެ ހާދިސާއަށް ނިސްބަތްކުރުމަށް މުސްލިމުން ނިންމި ނިންމުމަކީ، ހިޖުރައިގެ ހާދިސާއަކީ ދުނިޔެ ބަދަލުކޮށްލި ހާދިސާއަކަށްވާތީ، އެކަމުގެ ފަހުރުވެރި ރަމްޒާއި ހަނދާނެވެ. އާދޭހެވެ. އިސްލާމީ ސިވިލައިޒޭޝަން ފެށިގެން އައީ ދުނިޔޭގެ ތާރީހު ބަދަލުކޮށްލި މާތް ނަބިއްޔާގެ ހިޖުރައިގެ ހާދިސާއިންނެވެ. މިއަދު އެ ސިވިލައިޒޭޝަނަށް އިރުކޭތަ ހިފުމާއެކު އެސިވިލައިޒޭޝަންގެ ރަމްޒެއްގެ ގޮތުގައި މުސްލިމުން ބޭނުންކުރަމުން އައި ހިޖުރީ ތާރީހުވެސް ވަނީ އަނިދިރިކަމެއްގެ ތެރޭގައެވެ.

އެހެނަސް އެހަނދާންތަކުން ހިތްވަރު ލިބިގަނެގެން އިސްލާމީ މަންހަޖާއި ތާރީހު ދައްކައިދިން ވަސީލަތްތަކުން ބާރުލިބިގެން އީމާންކަމާއި އިޚްލާސްތެރިކަމާއެކު މަސައްކަތްކޮށްފިނަމަ، މާޒީވެފައިވާ މުސްލިމުންގެ ބާރުވެރިކަމާއި ޝަރަފާއި އިއްޒަތް އަލުން އަނބުރާ ހޯދިދާނެއެވެ.

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox