ޕާކިސްތާނުގެ ކާލާ ބާސްމަތީ ހަނޑޫ އާރިއަމް އިން ރާއްޖޭގެ މާކެޓަށް ނެރެފި

ޕާކިސްތާނުގެ ކާލާ ބާސްމަތީ ހަނޑޫ އާރިއަމް އިން ރާއްޖޭގެ މާކެޓަށް ނެރެފި

ޕާކިސްތާނުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ކާލާ ބާސްމަތީ ހަނޑޫ އާރިއަމް ޕްރައިވެޓް ލިމިޓެޑުން ރާއްޖޭގެ މާކެޓަށް ނެރެފި އެވެ.

އާރިއަމް އިން ބުނީ ބާޒާރުގައި މިހާރު ލިބެންހުރި ބާސްމަތީ ހަނޑުލަށްވުރެ ކާލާ ބާސްމަތީ ހަނޑުލަކީ ފެންވަރު ރަނގަޅު މީރު ހަނޑުލެއް ކަމަށެވެ.

ކާލާ ބާސްމަތީ ހަނޑުލަކީ ކެއްކުމުން ތަތް ނުލަވާ ހަނޑުލަކަށްވުމުން، ބިރިއާނީފަދަ ކެއުންތައް ކެއްކުމަށް އެ ހަނޑޫ ބޭނުން ކުރެވޭ ކަމަށް އާރިއަމް އިން ބުންޏެވެ.

"ބާޒާރުގައި ލިބެން މިހުންނަ ބާސްމަތީ ހަނޑުލާއި މި ހަނޑުލުގެ އެންމެ ބޮޑު ތަފާތަކީ މި ހަނޑުލުގެ ކޮލިޓީ. މި ބާސްމަތީ ހަނޑުލުގައި ކައްކާއިރުގައި ހަނޑުލުން ދުވާ މީރު ވަސް. ދެވަނަ ކަމަކީ ހަނޑުލުގެ ފުށްތައް ބުރިބުރިވެގެނެއް ނުއެއްދާނެ. ހަނޑުލުގެ ފުށްތައް ވަރަށް ދިގުވާނެ،" އެ ފިހާރިއިން ބުންޏެވެ.

މީގެއިތުރުން ކާލާ ބާސްމަތީ ހަނޑުލަކީ ކެއްކުމަށްފަހު ފްރިޖުގައި ބަހައްޓައި ކުނި ނުވެ ގިނަ ދުވަސް ވަންދެން ރަހައަށް ބަދަލެއް ނައިސް ބޭނުން ކުރެވޭ ހަނޑުލެއްކަން އާރިއަމް އިން ފާޙަގަކުރެ އެވެ.

އާރިއަމް އިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު އުފެއްދުންތައް ފޯރުކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

ޕޮލެންޑުގެ މަޝްހޫރު އަދި ދިވެހިންގެ އިތުބާރު ލިބިފައިވާ ސަންތޭ މަރުކާގެ އުފެއްދުންތަކުގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރު، އާރިއަމްގެ ފިހާރަ ހުންނަނީ މާފަންނު ހަވީރީ ހިނގުމުގައި ކުރިން ހެއާ ކެއާ ފިހާރަ ހުރި ތަނުގަ އެވެ.

އާރިއަމްއިން އެތެރެކުރާ ބާވަތްތަކަށް އޯޑަރު ދިނުމަށް ފިހާރައަށް ޒިޔާރަތްކުރުމުގެ އިތުރުން 7395919 އަށް ގުޅައިގެން ވެސް އޯޑަރު ދެވޭނެ އެވެ. އަރިއާމްގެ ވެބްސައިޓުން އުފެއްދުންތައް ގަނެވޭނެ އެވެ

ކޮމެންޓް

ފަހުގެ ޚަބަރު

11 ރަށެއްގައި އައިސްޕްލާންޓް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކަށް

މަސްވެރިންނަށް އައިސް ލިބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ރާއްޖޭގެ 11 ރަށެއްގައި 30 ޓަނުގެ އައިސްޕްލާންޓް އެޅުމަށް މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް ކުންފުންޏާ މިއަދު ހަވާލުކޮށްފި. މިއީ އެއްގަމުގައި ހުންނަ އައިސްޕްލާންޓުތަކަށް ބަރޯސާވުން ކުޑަކުރުމަށް ސަރުކާރުން ކުރިން ގެންގުޅުނު ސިޔާސަތާ ތަފާތު ނިންމުމެއް.

ރިސޯޓު މަދު އަތޮޅުތަކުގެ ރަށްތަކުގެ އެކުއިޒިޝަން އަގު ހެޔޮކޮށްފި

މި ބަދަލާއެކު ރަށްތަކުގެ ބޭސް ރޭޓާއި ހެކްޓަރަކަށް ޖެހޭ އަގު ކުޑަކޮށްފައިވީ ނަމަވެސް، ފަޅުތައް ކުއްޔަށް ދޫކުރާ އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވޭ. ސަރުކާރުން މިފަދަ ލުއިތަކެއް ދީފައިވަނީ ރިސޯޓު ތަރައްގީކުރަން އިއުލާންކުރާ ރަށްތަކަށް އިންވެސްޓަރުން ލިބުން ދަތިވެފައިވާ ދަނޑިވަޅެއްގަ.

އެމްއެސް ފައިނޭންސްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލުކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ހިލާފުވުމުގެ ސަބަބުން އެމްއެސް ފައިނޭންސްގެ ލައިސަންސް ހިފަހައްޓައި، އެ ކުންފުނި 500،000ރ. އިން އެމްއެމްއޭ އިން ޖޫރިމަނާކޮށްފި. އެފްއޭއެމްގެ ހިޔާނާތުގެ ފައިސާ ލޯންޑާކުރަން ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ މި ކުންފުންޏަކީ، ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ފެށި މަސައްކަތުގެ ތެރެއިން ފިޔަވަޅު އެޅި ދެވަނަ މަނީ އެކްސްޗޭންޖު.

މެލޭޝިއާ އެއާލައިންސް ޓިކެޓުތަކުން ގްރީން ޓެކްސް ނަގަން ވިސްނަނީ

ތިމާވެއްޓާ ރައްޓެހި އޭވިއޭޝަން ފިއުލް (އެސް.އޭ.އެފް) ބޭނުންކުރުމަށް ހިނގާ ބޮޑު ހޭދަ ފޫބެއްދުމަށްޓަކައި، މެލޭޝިއާ އެއާލައިންސްގެ ޓިކެޓުތަކުން "ގްރީން ޓެކްސް" އެއް ނެގުމަށް އެ ކުންފުނިން ދަނީ ވިސްނަމުންނެވެ. މި ފިޔަވަޅަކީ 2050 ވަނަ އަހަރާ ހަމައަށް ޖައްވަށް ދޫކުރާ ކާބަން މަދުކުރުމަށް ކުރާ މަސައްކަތުގެ ބައެއް ނަމަވެސް، މީގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ އަގުތައް އުފުލިގެންދާނެއެވެ.

އެމްއެޗްއޭ މާޓް ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފި

އެމްއެޗްއޭގެ ފަސްވަނަ ފިހާރަ "އެމްއެޗްއޭ މާޓް" ހުޅުމާލެ ފޭސް 2 ގެ އަމާން އުދަރެސް ޓަވަރުގައި މިދިޔަ ބުރާސްފަތި ދުވަހު ހުޅުވައިފިއެވެ. ދެ ބުރިއަށް ފަރުމާކޮށްފައިވާ މި ޒަމާނީ ފިހާރައަކީ ކާބޯތަކެއްޗާއި ދިރިއުޅުމުގެ ޒަރޫރީ ސާމާނު އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ލިބޭނެހެން ހުޅުވި ފިހާރައެކެވެ.

ބޭންކުތަކުން ސަރުކާރަށް ފަނޑުކުރާތީ ވިޔަފާރިތަކަށް ފައިސާ ނެތް

އަހުމަދު މުހައްމަދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ފައިސާ ދޫކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ރުފިޔާ އާއި ޑޮލަރު ލިބުމުގައި ދަތިކަމަށް. ސަރުކާރުގެ ދައުރުގައި އެތެރޭގެ ދަރަނި 45 އިންސައްތަ އިތުރުވެފައިވާއިރު، މާލީ ދަތިތަކުން އަރައިގަނެވޭނީ މާލީ ޒިންމާދާރުކަން އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވި.

ޔޭޔޭ ޕްރޮމޯޝަން: 5 އުމްރާ ދަތުރާއި ފައިސާގެ އިނާމު

ޔޭޔޭ ކޮފީން "ސްކޭން އެންޑް ވިން" ނަމުގައި ފެށި ޕްރޮމޯޝަނުގައި، 5 ފަރާތަކަށް އުމްރާ ދަތުރާއި، ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު ފައިސާގެ އިނާމު ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނޮވެމްބަރު 30 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޔޭޔޭ ޕެކެޓުގައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްގެންނެވެ.

Newsletter

Get the latest news delivered straight to your inbox