ޖެމްކިއު ޕިރަމިޑް ސްކީމް ހުއްޓެނީ، ބައެއް ބައިވެރިންނަށް ފައިސާ ނުނެގި އެތައް މިލިއަން ރުފިޔާގެ ގެއްލުންވުމާ ދިމާލަށް

ޖެމްކިއުގެ އެޕް ހުޅުވާއިރު އިންނަ ސްކްރީން. މިއީ ރާވައިގެން އިންތިޒާމުވެގެން ހިންގާ ބޮޑު ޕިރަމިޑް ސްކީމެއް ---

ޖެމްކިއުގެ އެޕް ހުޅުވާއިރު އިންނަ ސްކްރީން. މިއީ ރާވައިގެން އިންތިޒާމުވެގެން ހިންގާ ބޮޑު ޕިރަމިޑް ސްކީމެއް ---

ދިވެހިންގެ ތެރޭގައި މަގުބޫލުވެފައިވާ ޕިރަމިޑް ސްކީމެއް ކަމަށްވާ ޖެމްކިއު ނުވަތަ ޖީއެމްސީ އިން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީން ފޮނުވި ސިޓީއެއް ކަމަށް ބުނެ ފޭކް ސިޓީއެއް ސްކީމުގެ ބައިވެރިން ތިބޭ ޓެލެގްރާމް ގްރޫޕަށް ލައި ފައިސާ ވިތުޑްރޯ ނުކުރެވޭ ގޮތް ހެދުމާއެކު އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުން ވުމުގެ ބިރު ހީވެއްޖެ އެވެ.

އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓްގެ ފައިނޭންޝަލް ކްރައިމްސް އެންފޯސްމަންޓް ނެޓްވޯކްގެ އެކްޓިން ޑިރެކްޓަރެއް ޖޯން ގިބޮންސްގެ ނަމުގައި ފޮނުވި ކަމަށް ބުނާ އެ ސިޓީއަކީ ފޭކު ސިޓީއެއްކަން އެނގެނީ އެ ނަން ކިޔާ މީހަކު އެތަނުގައި މަސައްކަތް ވެސް ނުކުރާތީ އެވެ.

އެ ސިޓީގައި ބުނެފައި ވަނީ ޖެމްކިއުގެ ޓްރާންސެކްޝަންތައް ފޮނުވުމާއި ގުޅޭގޮތުން ރެގިއުލޭޓަރީ ރިވިއުއެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިގޮތުން މެއި 1، އިން ޖޫން 15، އަށް ހިންގާފައިވާ ޓްރާންސެކްޝަންތަކުގެ ސްޓޭޓްމަންޓެއް ދިނުމަށް އެދިފައިވާ ކަމަށް އެ ފޭކް ސިޓީގައި ބުންޏެވެ.

ޓެލެގްރާމް ގްރޫޕްގައި ބައެއް މީހުން ޝަކުވާ ކުރަމުންދާ ގޮތުގައި އެ މީހުންނަށް ލިބުނު ފައިދާއަށްވާ ފައިސާ ޖަމާ ނުކުރާތާ ދެ ދުވަހެއްވަރު ވަނީ ވެފަ އެވެ.

ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި ޖެމްކިއު ހިންގި މީހުން ވަނީ ފައިސާކޮޅު ހިފައިގެން ފިލައިފަ އެވެ. ދެން އަނބުރާ އެ ސްކީމް ހިންގުމަކީ ނާދިރު ކަމެއް ކަމަށް ގިނަ މީހުން ދެކެ އެވެ.

އޭގެއިތުރުން ބައެއް މީހުން ގްރޫޕްގައި ބުނަމުންދަނީ ކެތްތެރިކަމާ އެކު ތިބުމުން ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ ކަމަށެވެ. ނަމަވސް އެފަދަ މެސެޖުތައް ކުރަމުންދަނީ ބޮޑަށް ބެލެވޭ ގޮތުގައި އެޑްމިން އިން ހިންގާ ޔޫޒާތަކުންނެވެ.

ޔޫއެސްޑީޓީ ބޭނުންކޮށްގެން އިންވެސްޓްކުރެވޭ މި ޕްލެޓްފޯމަކީ ރާއްޖޭގެ ގާނޫނާއި ހިލާފަށް ސީއެމްޑީއޭގައި ރަޖިސްޓްރީނުކޮށް ހިންގާ ސްކީމެކެވެ. ރާއްޖޭގެ ވިޔަފާރި ރެޖިސްޓްރީގައި ވެސް ޖީއެމްސީއީ ނަމުގައި ކުންފުންޏެއް ވެސް ރެޖިސްޓްރީ ކޮށްފައި ނުވެ އެވެ.

ފުލުހުންގެ އިދާރާ އާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގުޅިގެން އާދީއްތަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ވަނީ ޖެމްކިއުއަކީ ޕިރަމިޑް ސްކީމެއް ކަމަށް ބުނެ، އޭގައި ބައިވެރި ނުވާން އެދިފަ އެވެ.

އެ ސްކީމާ ގުޅޭ ގޮތުން ހޯދި ހޯދުންތަކުން ސަރުކާރާއި ސަލާމަތީ ހިދުމަތްތައް ހިމެނޭހެން ތަފާތު ތިން މަސްދަރަކުން ވަނީ 50،000 އަށްވުރެ ގިނަ ދިވެހިން އޭގައި "އިންވެސްޓް" ކުރިކަން ޔަގީންކޮށްދީފަ އެވެ. އިދާރާތަކުގެ ސަމާލުކަމަށް މި ސްކީމް އައިއިރު ވެސް 25،000 އަށްވުރެ ގިނަ ދިވެހިން ދިޔައީ އެއަށް ފައިސާ ލަމުންނެވެ.

އޭގެ ތެރޭގައި ޕޮލިސް، އެމްއެންޑީއެފް، މަޖިލިސް މެންބަރުން، ސިވިލް ސާވަންޓުން، އަދި އާންމު އެހެން ދާއިރާތަކުގެ މީހުން ވެސް ހިމެނޭ ކަމަށް އެކި މަސްދަރުތަކުން ބުނެ އެވެ.

މީގެއިތުރުން އެ ސްކީމުގެ ޓީމު ލީޑަރެއްގެ ދަރަޖައިގައި ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހުރިކަން މި ނޫހަށް ވަނީ އެނގިަފަ އެވެ. އެކަމާ ގުޅިގެން އެ މެންބަރާ ސުވާލު ކުރުމުން އެކަން ދޮގެއް ނުކުރެ އެވެ.

ޖެމްކިއު ހިންގާ ފަރާތްތަކުން އިންވެސްޓަރުންނަށް އޮޅުވާލަމުންދާކަން ބޭރުގެ ތަހުގީގީ އިދާރާތަކާ ގުޅިގެން ކުރެވުނު މަސައްކަތުން މިހާތަނަށް ހޯދިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޕިރަމިޑް ސްކީމު މަސައްކަތް ކުރަނީ ކިހިނެއް؟

ޖެމްކިއުގައި ޕިރަމިޑް ސްކީމެއްގައި ފުރިހަމަވާން ޖެހޭ ހުރިހާ ސިފައެއްހެން އެބަހުއްޓެވެ. ކްރިޕްޓޯ ބޭސްޑް ޕިރަމިޑް ސްކީމްތަކަކީ ދުނިޔޭގައި ހިންގަމުން އަންނަ ސްކީމްތަކެކެވެ. މިފަދަ ސްކީމްތަކުގައި އެތައް ބައެއްގެ ފައިސާ ގެއްލިފައި ވެސް އެބަހުއްޓެވެ.

ޕިރަމިޑް ސޭލްސް ސްކީމްތަކުގައި އިންވެސްޓުކުރަނީ އޭގެ ހަގީގަތް ނޭނގި ތިބެ އެވެ. ޖެމްކިއުގައި އިންވެސްޓް ކުރަނީ "ޔޫއެސްޑީޓީ މައިނިން" ނަމުގަ އެވެ. އިންވެސްޓް ކުރާ މީހާގެ ފަހަތުން އިތުރު މީހުން އެ ސްކީމަށް ޝައުގުވެރިކުރުވައި، ސްކީމުގައި ބައިވެރިކުރުވުމަކީ ފުރަތަމަ އިންވެސްޓަރުންގެ މަންފާ ބޮޑުވާނެ ކަމެއް ކަމަށް ބުނެ އެވެ.

ޔޫއެސްޑީޓީއަކީ ބިޓްކޮއިން އާއި އެތީރިއަމްފަދަ ކްރިޕްޓޯ ކަރަންސީ ފަދައިން މައިން ކުރެވޭ ކްރިޕްޓޯ ކަރަންސީއެއް ނޫނެވެ. ޔޫއެސްޑީޓީއަކީ ސްޓޭބަލްކޮއިން އެކެވެ. މާނައަކީ އަބަދުވެސް އޭގެ އަގަކީ އެއް އެމެރިކާ ޑޮލަރާ އެއްވަރު އަގެއް ކަމެވެ. ޔޫއެސްޑީޓީ އުފައްދައި އޭތި ނައްތައިލެވޭނީ އެ ފައިސާ އުފެއްދި ޓެދާ ކުންފުންޏަށް އެކަންޏެވެ.

އެހެންކަމުން، ޔޫއެސްޑީޓީ މައިން ކުރާއިރު ދެ ޕަސެންޓުގެ ރިޓާން ލިބޭނެ ކަމަށް ބުނެ މި ސްކީމުން އޮޅުވައިލަނީ އެވެ. ފައިދާ އިތުރުވަނީ އިންވެސްޓް ކުރާ މީހާގެ ފަހަތުން އިތުރު މީހުން އެ ސްކީމަށް ޝައުގުވެރިކުރުވައި، އޭގައި ބައިވެރިކޮށްގެންނެވެ. މިފަދަ ސްކީމްތަކުގައި އާންމު ގޮތެއްގައި ލަނޑުލިބޭނީ ފަހުން އެ ސްކީމުގައި ބައިވެރިވާ މީހުންނަށެވެ.

ޖެމްކިއުގެ ރިޓާންތައް ބޮޑުކޮށް ހުރުމާއި، އެހެން މީހުން ސްކީމަށް ރެކްރޫޓް ކުރަން ޖެހުމާއި، އެއްވެސް އަސްލު ޕްރޮޑަކްޓެއް ނެތުމާއި، ބިޒްނަސް މޮޑެލްއެއް ނެތުމާއި، މާލީ އިދާރާތަކުން ރެގިއުލޭޓް ނުކުރުމަކީ މިއީ ޕިރަމިޑް ސްކީމެއްކަން ޔަގީންވެ ކަށަވަރު ކުރެވޭ ސިފަތަކެވެ.

ކުރިން ހިންގާފައި ހުރި ކްރިޕްޓޯ ސްކީމްތައް

  • ބިޓްކަނެކްޓް - މިއީ 2016 އިން 2018 އިން ހިންގި ސްކީމެކެވެ. މީގައި އެއް ޕަސެންޓް ފައިދާ ލިބޭނެ ކަމަށް ބުނެ އެތައް ބަޔަކު ލައްވައި އިންވެސްޓް ކުރުވި އެވެ. އޭގެ ކޮއިންއެއްގެ އަގު 400 ޑޮލަރަށް އަރާފައި ވަނިކޮށް ރެގިއުލޭޓަރުން މިއީ މިފަދަ ސްކީމެއް ކަމަށް ބުނުމާ އެކު އަގު އެއް ޑޮލަރަށް ވެއްޓުނެވެ. ފުރަތަމަ އިންވެސްޓް ކުރި މީހުންނަށް ބޮޑު ފައިދާއެއް ލިބުނުއިރު ފަހުން އިންވެސްޓް ކުރި މީހުންނަށް ލިބުނީ ގެއްލުމެވެ. މި ސްކީމްގެ ފައުންޑަރުން ފިލައިގެން އުޅޭއިރު ގެއްލުން އެއް ބިލިއަން ޑޮލަރަށް ވުރެ އިތުރެވެ.
  • ގެއިންބިޓްކޮއިން އިންޑިއާ - މިއީ ބިޓްކޮއިން މައިންކޮށްގެން ކޮންމެ މަހަކު ފައިދާ ލިބޭނެ ކަމަށް ބުނެ ހިންގި ސްކީމެކެވެ. އެއްވެސް ވަރަކަށް މައިން ކުރުން ނުހިމެނޭއިރު މި ސްކީމުގައި ވެސް ރޯލްކުރީ އިންވެސްޓަރުންގެ ފައިސާ އެވެ. މީގެ ގެއްލުން ވެސް ތިން ބިލިއަން ޑޮލަރަށް އަރާއިރު 2018 ވަނަ އަހަރު މި ސްކީމް ހިންގުމުގެ ތުހުމަތުގައި އިސްވެރިޔާ ވެސް ހައްޔަރުކުރި އެވެ.
  • ޕްލަސްޓޯކެން ޗައިނާ - މިވެސް ކްރިޕްޓޯ ވޮލެޓަކުން ފައިސާ ލިބޭނެ ކަމަށް ބުނެ ހިންގި ސްކީމެކެވެ. މިއަށް ވެސް އިތުރު މީހުން ރެކްރޫޓުކުރި ވަރަކަށް ފައިދާ އިތުރުވާނެ ކަމަށް ބުނެފައިވެ އެވެ. ޖުމުލަ ތިން މިލިއަން މީހުންނަށް ވުރެ ގިނަ މީހުން މި ސްކީމްގައި ބައިވެރިވި އެވެ. މި ސްކީމް ހިންގި މީހުން ޗައިނާއިން ހައްޔަރުކުރި ނަމަވެސް ދެ ބިލިއަން ޑޮލަރު ވަނީ ކްރިޕްޓޯގައި ގެއްލިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox