ހެކްކޮށްގެން ކުންފުންޏެއްގެ އެކައުންޓުން ފައިސާ ފޭރުނު 10 މީހަކު ހައްޔަރުކޮށްފި

ސްކޭމްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި 10 މީހުން -- ފޮޓޯ: ފުލުހުން

ސްކޭމްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި 10 މީހުން -- ފޮޓޯ: ފުލުހުން

މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އެ މީހާގެ ހިއްސާ އޮންނަ ކުންފުންޏެއްގެ ބޭންކް އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައެއްގައި 10 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ހިންގި މި ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރެއިން ހަތް މީހަކު މާލެއިން ހައްޔަރުކުރިއިރު، ތިން މީހަކު ހައްޔަރުކުރީ އައްޑޫ ސިޓީންނެވެ. އަދި ބާކީ ހުރި މީހާ ހައްޔަރުކުރީ ކ. ހިންމަފުށިންނެވެ.

ފުލުހުން ބުނި ގޮތުގައި މި ސްކޭމްގައި އެ ކުންފުނީގެ އެކައުންޓުން 279,600 އަށްވުރެ ގިނަ ރުފިޔާ ވަނީ ނަގާފައެވެ.

Advertisement

މި މައްސަލައާ ގުޅިގެން ޖެނުއަރީ 21 އިން ފެށިގެން ކޯޓު އަމުރުތަކުގެ ދަށުން ހައްޔަރުކޮށްފައިވަނީ ލ. އިސްދޫ، ގުޑްލައިފް، މުހައްމަދު ހަސަން، 59، ސ. ހިތަދޫ، އުދަ، އަލީ އިރުފާނު އަހްމަދުދީދީ 26، ސ. ހިތަދޫ، ނަންރީތިގެ، އަލީ ޝިރާޒު 38، ހދ. ވައިކަރަދޫ، ޕެރިމްރޯޒް، އަބްދުﷲ ނާފިޒް 39، ގއ. ކަނޑުހުޅުދޫ، ފޫހިވާގެ، މުހައްމަދު އަލީ 42، މާލޭގެއާގެ، މުހައްމަދު ނުހާދު އަލީ 30، ހއ. ކެލާ، ޕެނަމާ، މުހައްމަދު ސިމާދު 38، ގދ. ފިޔޯރީ، ހީނާމާގެ، އަލީ އިމްރާން 38، ގދ. ތިނަދޫ، ގުލްބަކާގެ، އަބްދުﷲ އިސްރާގް 19 އަދި ކ. ހިންމަފުށި، މެޑޯޒް، މުހައްމަދު އިބްރާހީމް 49 އެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން ހަ މީހަކީ ސްކޭމްކޮށްގެން ހޯދި ފައިސާ އެ މީހުންގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްގެން އެ ފައިސާ ނެގި މީހުންނެވެ. އަދި އެކަކު ވަނީ އެ ފައިސާ އެކި ވިޔަފާރިތަކަށް ޖަމާކޮށްގެން މުދާ ގަނެފައެވެ. މީގެ އިތުރުން ތިން މީހަކީ އެކި މީހުން އޭޓީއެމްތަކަށް ގެންގޮސް، އެ މީހުން މެދުވެރިކޮށް ފައިސާ ނެރުވުމަށްފަހު އެ ފައިސާއާ ހަވާލުވި މީހުން ކަމަށް ފުލުހުން ބުންޏެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުހައްމަދު އިބްރާހީމް ފަސް ދުވަހަށް، މުހައްމަދު އަލީ އާއި މުހައްމަދު ޙަސަން ހަތް ދުވަހަށް، އަލީ އިރުފާން އަހްމަދުދީދީ 10 ދުވަހަށް އަދި ބާކީ ތިބި ހަ މީހުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox