ހުރިހާ ސްކޫލެއް އޭސީ ކުރަން ފެނަކައާ ހަވާލުކޮށްފި، މިނިސްޓަރު ވިދާޅުވީ ސެޕްޓެމްބަރަށް ނިމޭނެ ކަމަށް

ހުރިހާ ސްކޫލެއް އޭސީ ކުރަން ފެނަކައާ ހަވާލުކޮށް އެޑިއުކޭޝަން މިނިސްޓްރީން އެ ކުންފުންޏާއެކު މިއަދު ސޮއިކުރަނީ --- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ހުރިހާ ސްކޫލެއް އޭސީ ކުރަން ފެނަކައާ ހަވާލުކޮށް އެޑިއުކޭޝަން މިނިސްޓްރީން އެ ކުންފުންޏާއެކު މިއަދު ސޮއިކުރަނީ --- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް އޭސީ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންވި ވައުދުގެ ދަށުން، އެ މަސައްކަތް ކުރުމަށް ސަރުކާރުގެ ކުންފުނި، ފެނަކަ އާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އެވެ.

މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގެ ސްކޫލްތަކުން ޖުމްލަ 3،704 ކްލާސްރޫމް އޭސީ ކުރާނެ އެވެ. އެތަންތަނަށް އޭސީ ސަޕްލައިކޮށް ހަރުކުރަން ފެނަކައާ ހަވާލުކުރީ 55 މިލިއަން ރުފިޔާ އަށެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ދެއްކެވި ވާހަކައިގައި ވަޒީރު ޝަފީރު ވިދާޅުވީ، މިދިޔަ އަހަރު ފެށި ކްލާސްތައް އޭސީ ކުރުމުގެ "ކޫލް ސްކޫލް ޕްރޮޖެކްޓު ވީހާވެސް އަވަހަކަށް ނިންމާލަން ދަރިވަރުންނާއި ބެލެނިވެރިން އެދޭ ކަމަށެވެ.

"ސަރުކާރުން ފުރަތަމަ ސްކޯޕް އެކުލަވާލީ ދެ އަހަރު ތެރޭ މި ކުރިއަށް ގެންދިއުމަށްޓަކައި. އެހެން ނަމަވެސް މިހާރު އަޅުގަނޑުމެންގެ އެސްޓިމޭޓެޑް ޓައިމްލައިން އަކީ މި އަހަރުގެ ސެޕްޓެމްބަރު މަސް ނިމެން ވާއިރަށް ސްކޫލުތަކަށް އޭސީ ފޮނުވާ ހަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން،" އޭނާ ވިދާޅުވި އެވެ.

މިހެން އަންދާޒާކުރި ނަމަވެސް މަސައްކަތުގެ ތެރެއިން ބައެއް ސްކޫލުތަކުގެ ކަރަންޓު ވިއުގަ ބަދަލުކުރުމާއި ކްލާސްރޫމުތަކުގެ ކުޑަދޮރުތައް ބަދަލުކުރަން ޖެހިދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ މަސައްކަތާއެކު ބައެއް ސްކޫލުތަކުގެ މަސައްކަތް އަންނަ ޖެނުއަރީއަށް ދިގުލައިގެން ގޮސްދާނެ ކަމުގެ އިޝާރާތެއް ވެސް މިނިސްޓަރު މިއަދު ދެއްވި އެވެ.

"އެހެން ނަމަވެސް، އަޅުގަނޑުމެންގެ މުޅި ޓާގެޓަކީ ސެޕްޓެމްބަރު މަހުގެ ކުރިން އޭސީތައް ސްކޫލުތަކަށް ފޮނުވާ އޭސީ ކުރުމުގެ މަސައްކަތް ނިންމާލެވުން. މިފަދަ ބޮޑު މަސައްކަތެއް ކުރަމުންދާއިރު އެހެން ހުންނަ ކުދި ކުދި ކަންތައްތައް ކޮށްގެން ވެސް އަޅުގަނޑުމެން މި އަންނަ އަހަރުގެ ޖެނުއަރީން ދިރާސީ އަހަރު ފައްޓަން ވާއިރަށް އިރާދުކުރެއްވިއްޔާމު އަޅުގަނޑު ހިތެއް ނުބުނޭ އެއްވެސް ކްލާސްރޫމެއް ހުންނާނެއެކޭ އޭސީ ނުކުރެވި،" މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ.

ކްލާސްރޫމްތައް އޭސީ ކުރުމަށްފަހު ސްކޫލުތަކުގެ ހޯލުތައް އޭސީ ކުރުމުގެ މަސައްކަތް ވެސް މިހާރު މަޝްރޫއުގައި ހިމަނާފައިވާ ކަމަށް އޭނާ މިއަދު ވިދާޅުވި އެވެ. މިއީ މީގެ ކުރިން އިއުލާނުކޮށްފައި އޮތް ކަމެއް ނޫނެވެ.

ކޫލް ސްކޫލް މަޝްރޫއުގެ ދަށުން މިހާތަނަށް ކުރެވުނު މަސައްކަތުގެ ދަށުން މިދިޔަ މަހުގެ ނިޔަލަށް ޖުމްލަ 401 ކްލާސް ރޫމެއްގައި 802 އޭސީ ހަރުކުރެވިފައިވާ ކަމަށް ސަރުކާރުން މިއަދު ހާމަކޮށްފައިވެ އެވެ.

އޭސީ ކުރުމުގެ އިތުރުން ހުރިހާ ސްކޫލެއްގައި ސޯލާ ޕެނަލް ހަރުކޮށް އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ތަންނަތަނަށް ބަދަލުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރެއިން ކުރިއަށް ދާނެ ކަމަށް ސަރުކާރުން ބުނެ އެވެ. އެ މަސައްކަތް ކުރަނީ ފެނަކައިން ކަމެއް ސާފެއް ނޫނެވެ.

ފެބްރުއަރީ 27، 2024 ގައި ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިން ތެރޭގައި ރައީސް މުއިއްޒު ވަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހުރި ހޫނު ގަދަ ކްލާސް ރޫމްތައް ފިނި ކުރަން އަންގާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އޭރު ރައީސް ވިދާޅުވީ ސްކޫލްތައް އޭސީ ކުރުމުގެ މަސައްކަތުގައި އަމިއްލަ ވިޔަފާރިވެރިން ބައިވެރިވާން ބޭނުންވާ ނަމަ އެކަމަށް އެމަނިކުފާނެ މަރުހަބާ ކިޔުއްވާނެ ކަމަށެވެ.

ޖަމާލުއްދީން ސްކޫލުގެ ކްލާސް ރޫމްތަކަށް ހޫނުގަދަވާތީ ފަންކާ ބަހައްޓަން ބެލެނިވެރިންގެ އެހީއަށް އެދުނު މައްސަލަ ބޮޑުވެ، ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސް ރޫމްތަކުގައި "ކޮމިއުނިޓީގެ އެހީތެރިކަމާއެކު" އޭސީ ހަރުކުރަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިދިޔަ މެއި 13، 2024 ގައި ނިންމާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox