ކޮންމެ އަހަރަކު އުރީދޫ މޯލްޑިވްސް އިން ބާއްވާ ހަރަކާތްތަކުގެ ތެރެއިން އާންމުންގެ މެދުގައި އެންމެ މަގުބޫލު އުރީދޫ ފަން ރަންގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އައްޑޫ ސިޓީ މަރަދޫގައި ޖޫން 27، ގައި ބާއްވަން ތައްޔާރުވަމުންދާ އުރީދޫ ފަން ރަންގައި ޖޫން 15، ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ނިޔަލަށް ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
ހަ އަހަރުން މަތީގެ ހުރިހާ އެންމެންނަށް ވަނީ ހުޅުވާލައިފަ އެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ އެ ކުރު ދުވުމަކީ އަލަށް ދުވާ މީހުންނާއި އާއްމުކޮށް ދުވާ މީހުން ބައިވެރިވާން މަޖާވާނެ ދުވުމެކެވެ.
މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.
ބައިވެރިންނަށް ދެ ކިޓް އޮޕްޝަނެއް އިޚްތިޔާރު ކުރެވޭނެ:
- ސްޓޭންޑާޑް ކިޓްސް – 210ރ. އަށް ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑެއް.
- ފަން ކިޓްސް - 110ރ. އަށް ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި އައިގްލާސް އަދި މަލްޓިޕާޕަސް ބަނޑާނާއެއް.
މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އުރީދޫ ފަން ރަންގައި 6،500 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފަ އެވެ.
އައްޑޫގައި މުޅިން އަލަށް އުރީދޫ އިން ބާއްވާ ފަން ރަންގައި ވީހާ ވެސް ގިނަ މީހުން ބައިވެރިވުމަށް އުރީދޫއިން ވަނީ ދައުވަތު އަރުވައިފަ އެވެ.











