ދެމެހެއްޓެނިވި ތަރައްގީ ގެނެވޭނީ މައި ސަރުކާރުން ކައުންސިލްތަކަށް އިހުތިރާމު ކޮށްގެން: އާޒިމް

ކައުންސިލްތަކުގެ އަހަރީ އާންމު ކޮންފަރެންސްގައި އާޒިމް ވާހަކަދައްކަވަނީ -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ކައުންސިލްތަކުގެ އަހަރީ އާންމު ކޮންފަރެންސްގައި އާޒިމް ވާހަކަދައްކަވަނީ -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ގައުމަށް ދެމެހެއްޓެނިވި ތަރައްގީ ގެނެވޭނީ މައި ސަރުކާރުން ކައުންސިލްތަކަށް އިހުތިރާމު ކޮށްގެން ކަމަށާއި ވަކިވަކިވުމާއި ބާކީ ކުރުމަކީ ލާމަރުކަޒީ ނިޒާމު ދަންނަ ކަންކަމެއް ނޫން ކަމަށް މާލެ ސިޓީގެ މޭޔަރު، އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މިއަދު ފެށި ކައުންސިލްތަކުގެ އަހަރީ އާންމު ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ރައްޔިތުންގެ ހުންނަ ކަންބޮޑުވުންތަކާއި އޭގެ ހައްލު އެންމެ ފުރިހަމަ ގޮތުގައި ހޯދޭ ނިޒާމަކީ ލާމަރުކަޒީ ނިޒާމު ކަމަށެވެ. ވަކިވަކިވުމާއި ބާކީ ކުރުން އެއީ އެ ނިޒާމު ދަންނަ ކަންކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ގައުމީ ތަރައްގީގައި އިސްކަންދޭ ތަރުތީބުގެ ތެރެއިން ރަށްފުށުގެ ތަރައްގީ ވައްދައިގެން ނޫނީ ދެމެހެއްޓެނިވި ތަރައްގީ ނުހޯދޭނެ، މިކަން ހާސިލު ކުރެވޭނީ މައި ސަރުކާރާއި ރަށްފުށުގެ ކައުންސިލްތަކާއި އިހުތިރާމު ލިބިގެންވާ އީޖާބީ ގުޅުމެއް ގާއިމުވެފައި އޮވެގެން،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ގައުމުގައި ކަނޑައެޅިފައި ހުންނަ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރެވޭނީ އެފަދަ ވެށްޓެއް ގާއިމު ކުރެވިފައި އޮވެގެން ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ފުރިހަމައަށް ހިންގައިގެން ދިވެހިރައްޔިތުންނަށް ބާއްޖަވެރި އުފާވެރި މުސްތަގުބަލެއް ފެންނާން އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދު ފެށި ކައުންސިލްތަކުގެ އަހަރީ އާންމު ކޮންފަރެންސްއަކީ ރާއްޖޭގެ ހުރިހާ ކައުންސިލްތަކަކާއި ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާއި ބޭރުގެ ބައެއް ޖަމިއްޔާ ޖަމާއަތްތަކުން ބައިވެރިވާ ކޮންފަރެންސްއެކެވެ. އެ ކޮންފަރެންސްގައި ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް ކުރިއެރުވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox