ބެޓިސްގައި އެންޓޮނީގެ ވިދުމަށް ހުއްޓުމެއް ނެތް

May 24, 2025, 5:40 AM
ބެޓިސްގައި އެންޓޮނީގެ ވިދުމަށް ހުއްޓުމެއް ނެތް

ބެޓިސް (މެއި 24) - ސްްޕެނިޝް ލީގުގައި ރެއާލް ބެޓިސް އިން ކުޅުނު ފަހު މެޗުގައި ގޯލު ޖަހައި، ބްރެޒިލްގެ ވިންގް، އެންޓޮނީ، ރަނގަޅު ފޯމު ދަމަހައްޓައިފި އެވެ.

ޔުއެފާ ކޮންފަރެންސް ލީގުގެ ފައިނަލުގައި މި ހަފްތާގައި ކުޅޭ، ބެޓިސް އާއި ވެލެންސިއާ ކުޅުނު މެޗު ރޭ ވަނީ 1-1 އިން އެއްވަރުވެފަ އެވެ. އެންޓޮނީ ޖެހި މޮޅު ގޯލުން ބެޓިސް ލީޑުގައި އޮވެ، ފުރަތަމަ ހާފު ނިންމާލިއިރު، ވެލެންސިއާ އިން ދެ ވަނަ ހާފުގައި އެއްވަރުކުރީ ރަފާ މީރް ޖެހި ގޯލުންނެވެ.

ބެޓިސް ދިޔައީ 38 މެޗުން 60 ޕޮއިންޓާ އެކު ލީގުގެ ހަ ވަނަ އެވެ. އަދި، ވެލެންސިއާ އޮތީ 38 މެޗުން 46 ޕޮއިންޓާ އެކު، ލީގުގެ 12 ވަނައިގަ އެވެ.

އަޔަކްސް ދޫކޮށް، 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، މެންޗެސްޓާ ޔުނައިޓެޑަށް އެ ކްލަބްގެ ދެ ވަނަ އަށް އެންމެ އަގުބޮޑު ޓްރާންސްފާގެ ގޮތުގައި ބަދަލުވި، އެންޓޮނީ އެ ކްލަބާ ގުޅުނީ 82 މިލިއަން ޕައުންޑަށެވެ. ޔުނައިޓެޑުގައި ދަށްކުުޅުމެއް ދައްކާތީ، ފާޑުކިޔުން އަމާޒުވި އެންޓޮނީ ޖެނުއަރީ ޓްރާންސްފާގައި ލޯން ޑީލެއްގައި ބެޓިސް އަށް ބަދަލުވެ، އަންނަނީ ތަފާތު ކުޅުމެއް ދައްކަމުންނެވެ.

އެ ގޮތުން، ބެޓިސް އަށް ލީގާއި ކޮންފަރެންސް ލީގުގައި މިހާ ތަނަށް ކުޅުނު 24 މެޗުން އަށް ގޯލު ޖަހައި ފަސް ލަނޑު ޖަހަން، އެންޓޮނީ ވަނީ ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ބެޓިސް އަށް ކޮންފަރެންސް ލީގުގެ ފައިނަލުން ޖާގަ ހޯދައިދޭން އެންޓޮނީ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ޔުއެފާ ކޮންފަރެންސް ލީގުގެ ފައިނަލަށް ތައްޔާރުވާން ރެއާލް ބެޓިސް އަށް ލުޔެއް ދޭން ލަލީގާ އިން ނިންމުމުން، ކޮންފަރެންސް ލީގުގެ ފައިނަލުގައި ބެޓިސްއާ ދެކޮޅަށް ކުޅޭ ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

ބެޓިސް އާއި ޗެލްސީ ކުޅޭ ކޮންފަރެންސް ލީގުގެ ފައިނަލް މެޗު އޮތީ މި މަހުގެ 28 ވަނަ ދުވަހު އެވެ. އެ މެޗުގެ ކުރިން، ސްޕެނިޝް ލީގުގެ ފަހު މެޗުގައި ވެލެންސިއާއާ ދެކޮޅަށް ބެޓިސް ކުޅެން އެންމެ ފުރަތަމަ ޝެޑިއުލުގައި އޮތީ ހޮނިހިރު ދުވަހުގަ އެވެ. އެކަމަކު، ބެޓިސް އިން ހުށަހެޅުމުން، ލަލީގާ އިން ވަނީ ބެޓިސްގެ މެޗު ރެ އަށް ބަދަލުކޮށްދީފަ އެވެ.

ޗެލްސީން ޕްރިމިއާ ލީގުގައި ކުޅޭ ފަހު މެޗުގައި ކުޅޭނީ އާދިއްތަ ދުވަހުގެރޭ، ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށެވެ. އެއީ، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދަން ޗެލްސީ އަށް މޮޅެއް ހޯދަން މަޖުބޫރު މެޗެކެވެ. ޕްރިމިއާ ލީގުގައި ފަހު ހުރިހާ މެޗެއް އެއްވަގުތެއްގައި ކުޅޭތީ، ޗެލްސީގެ މެޗު އަވަސް ކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ.

ބެޓިސްގެ މެޗު ޝެޑިއުލަށް ލުޔެއް ދޭން ނިންމުމުން، މަރެސްކާ ބުނީ، ފައިނަލެއްގެ ކުރިން އެއް ޓީމަކަށް ބޮޑު ފަސޭހައެއްވާ ގޮތަށް ކަންތައްތައް ރޭވުމަކީ އިންސާފެއް ނޫން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox