ބްރޯޑްކޮމްގެ އައިޓީ އޮފިސަރު ސަސްޕެންޑުކުރީ ހިންގާ ގަވާއިދާ ހިލާފަށް، ރައީސްއަށް ނުލިބޭ ހައިސިއްޔަތެއް ބޭނުންކޮށްގެން!

ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް، ސަފާ ޝަފީގު؛ އޭނާ ވަނީ ސަފާ ވަނީ ގައުމީ ޔުނިވާސިޓީން މާސްޓާ އޮފް އާޓްސް އިން ސޯޝަލް ޕޮލިސީ އަދި މެލޭޝިއާގެ ލިމްކޮކްވިންގް ޔުނިވާސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީއިން މާސްޓާސް އޮފް ކޮމިއުނިކޭޝަން ހާސިލު ކުރައްވާފައި --- އާޓްވޯކް: މިރާޝް ނާޝިމް / އަދަދު

ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް، ސަފާ ޝަފީގު؛ އޭނާ ވަނީ ސަފާ ވަނީ ގައުމީ ޔުނިވާސިޓީން މާސްޓާ އޮފް އާޓްސް އިން ސޯޝަލް ޕޮލިސީ އަދި މެލޭޝިއާގެ ލިމްކޮކްވިންގް ޔުނިވާސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީއިން މާސްޓާސް އޮފް ކޮމިއުނިކޭޝަން ހާސިލު ކުރައްވާފައި --- އާޓްވޯކް: މިރާޝް ނާޝިމް / އަދަދު

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ އައިޓީ އޮފިސަރު، އަހުމަދު ފަޒީލް ސަސްޕެންޑުކުރީ އެ ކޮމިޝަނުގެ ހިންގާ ގަވާއިދާ ހިލާފަށްކަން އެނގިއްޖެ އެވެ.

ބްރޯޑްކޮމްގެ ސާވާއަށް އިއްޔެ ދިމާވި މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ ތަހުލީލުން ސުވާލު އުފެދޭ ޒާތުގެ ކަންތައްތަކެއް ފާހަގަވެފައިވާ ކަމަށް ބުނެ މިއަދުން ފެށިގެން ފަޒީލް ސަސްޕެންޑު ކުރަން ނިންމީ އިއްޔެ ބޭއްވި އެ ކޮމިޝަނުގެ ކުއްލި ބައްދަލުވުމެއްގަ އެވެ.

ސަސްޕެންޑު ކުރިކަން އަންގައި ފަޒީލްއަށް މިއަދު ފޮނުވި ނޯޓިސްގައި ސޮއިކޮށްފައި ވަނީ ބްރޯޑްކޮމްގެ ރައީސް، ސަފާ ޝަފީގު އެވެ. ނަމަވެސް ބްރޯޑްކޮމްގެ ހިންގާ ގަވާއިދުގައި ބަޔާން ކޮށްފައި އޮންނަ ގޮތުން އެ ކޮމިޝަނުގެ މުވައްޒަފަކަށް ފިޔަވަޅެއް އެޅޭނީ ހިއުމަން ރިސޯސް ސެކްޝަން މެދުވެރިކޮށެވެ.

ބްރޯޑްކޮމްގެ ހިންގާ ގަވާއިދުގައި ކޮމިޝަނުގެ ރައީސްއަށް ލިބިގެން ނުވާ ބާރެއް ބޭނުން ކުރައްވައި ފަޒީލް ސަސްޕެންޑުކުރި ނޯޓިސްގައި ސޮއިކުރެއްވީ ކީއްވެތޯ ސަފާއާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެކަން ކުރެއްވީ އެ ނޯޓިސްގައި ސޮއި ކުރުމަށް ހިއުމަން ރިސޯސްގެ ޑިރެކްޓަރު، އަހުމަދު ރާޝިދު އުޒުރުވެރިވެވަޑައިގަތުމުން ކަމަށެވެ.

"އަޅުގަނޑު ސޮއިކުރަން ޖެހުނު ސަބަބަކީ ހިއުމަން ރިސޯސެސް ޑިޕާޓުމެންޓު ހިންގަވަން ހުންނަ ބޭފުޅާ ސޮއި ކުރައްވަން އުޒުރުވެރިވެލެއްވީމަ އިނގޭތޯ؟... ކޮމިޝަންގެ ރައީސްގެ ހައިސިއްޔަތުން އަޅުގަނޑު ސޮއި ކޮށްފައި އިންނާނީ އިނގޭތޯ؟،" ސަފާ ވިދާޅުވި އެވެ.

ހިއުމަން ރިސޯސް ޑިޕާޓުމެންޓުގެ ޑިރެކްޓަރު ސޮއި ކުރުމަށް އުޒުރުވެރިވާ ހާލަތުގައި ސޮއި ކުރުމުގެ ބާރު ކޮމިޝަނުގެ ރައީސްއަށް ލިބިގެން ވޭތޯ ސުވާލު ކުރުމުން ސަފާ ވިދާޅުވީ ކޮމިޝަނުގެ ކަންކަން ހިނގަންޖެހޭނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާގޮތުގައި މި ތަން ހިނގަންޖެހޭނެ، ކުރަންޖެހޭ ކަންކަން ކުރަންޖެހޭނެ، ދެން އިތުރު ޑީޓެއިލްސް އަޅުގަނޑު މިވަގުތަކު ބޭނުމެއް ނޫން އިނގޭތީ ހިއްސާ ކުރާކަށެއް،" ސަފާ ވިދާޅުވި އެވެ.

އެގޮތަށް އަމަލު ކުރުމުގެ ކުރިން ގާނޫނީ ލަފާ ހޯދިންތޯ ސުވާލު ކުރުމުން ސަފާ ވިދާޅުވީ ތަހުގީގެއް ނަމަ ޖަވާބު ދެއްވީސް ކަމަށެވެ. ނަމަވެސް މިވަގުތު އެއްވެސް އެއްޗެއް އެކަމާ ގުޅޭގޮތުން ދަންނަވަން ބޭނުން ނުވާ ކަމަށް ސަފާ ވިދާޅުވި އެވެ.

ބްރޯޑްކޮމްގެ ހިންގާ ގަވާއިދުގެ ތިންވަނަ ބައިގައި، މުވައްޒަފުންނާ ގުޅޭ އެންމެހައި ކަންތައްތަކުގެ ދަށުން 32 ވަނަ މާއްދާގައި ބަޔާން ކޮށްފައި އޮންނަނީ ކޮމިޝަންގެ މުވައްޒަފުންގެ ކަންތައްތައް ހިންގައި ބަލަހައްޓާނީ ކޮމިޝަންގެ މެންބަރުންގެ ލަފާގެ މަތިން ހިއުމަން ރިސޯސް އެންޑް އެޑްމިނިސްޓްރޭޝަން ސެކްޝަނުން ކަމަށެވެ.

އެ ގަވާއިދުގެ 20 ވަނަ ބާބުގެ ދަށުން 218 ވަނަ މާއްދާގައި ބަޔާން ކޮށްފައި އޮންނަނީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުވާ މުވައްޒަފުން އިސްލާހު ކުރުމުގެ މަގުސަދުގައި އިސްލާހީ ފިޔަވަޅު އަޅަންޖެހޭ ހާލަތެއް ދިމާވެއްޖެ ނަމަ އިސްލާހީ ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.

އިސްލާހީ ފިޔަވަޅު އަޅާނެ ހާލަތްތައް ބަޔާން ކޮށްފައި އޮންނަނީ 219 ވަނަ މާއްދާގަ އެވެ. އެއީ:

  • މުވައްޒަފަކާ ހަވާލުވެފައިވާ ޒިންމާތައް ފުރިހަމައަށް އަދާ ނުކުރުން
  • މުވައްޒަފުގެ މަސައްކަތް ގާނޫނާއި ގަވާއިދާ އެއްގޮތަށް ނުކުރުން
  • މުވައްޒަފަކާ ހަވާލުކުރާ މަސައްކަތް އޭނާގެ ގާބިލިއްޔަތު ތަންދޭ ފަންނީ ފެންވަރެއްގައި ނުކުރުން
  • މުވައްޒަފުގެ އަހުލާގާއި އުޅުމާއި ގުޅުން ރަނގަޅު ފެންވަރެއްގައި ނުބެހެއްޓުން
  • ހިންގާ ގަވާއިދުގެ 226 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ކުށެއްކުރުން

އެ ބާބުގެ 220 ވަނަ މާއްދާގެ ހ. ގައި ބަޔާން ކޮށްފައި އޮންނަނީ އެ ގަވާއިދުގައި އިސްލާހީ ފިޔަވަޅު އެޅުމަށް ބަޔާންކުރާ ކަމެއް ކޮށްފިނަމަ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާނީ މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްޝަނުން ކަމަށެވެ.

އިސްލާހީ ފިޔަވަޅެއްގެ ގޮތުން މުވައްޒަފަކު ސަސްޕެންޑު ކުރެވޭނީ 14 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ކަމަށް އެ ގަވާއިދުގައި ބަޔާން ކޮށްފައި އޮވެ އެވެ.

ފަޒީލް ސަސްޕެންޑު ކޮށްފައި މިވަނީ ބްރޯޑްކޮމްގެ މުވައްޒަފުންނަށް ސިޔާސީ ނުފޫޒު ފޯރުވާ ކަމަށް ބުނެ އެ ކޮމިޝަނުގެ މެންބަރުން މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށެވެ. ފަޒީލް ސަސްޕެންޑު ކުރުމުގެ ކުރިން ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް، މަރިޔަމް ޒީނިޔާ ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ. ވަކި ސަބަބެއް ނާންގައި އޭނާ ސަސްޕެންޑު ކުރީ 96 ގަޑިއިރަށެވެ.

ސަބަބެއް ބަޔާން ކުރުމެއް ނެތި ޒީނިޔާ ސަސްޕެންޑު ކުރުމާ ގުޅިގެން ބްރޯޑްކޮމްގެ މުވައްޒަފުން އިއްޔެ ވަނީ ހަޅުތާލު ކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލައި ގެއަށް ގޮސްފަ އެވެ. ބްރޯޑްކޮމްގެ މުވައްޒަފަކު ރާއްޖެ ޓީވީއަށް އިއްޔެ ދިން އިންޓަވިއުއެއްގައި ބުނީ ބްރޯޑްކޮމްގައި ދިމާވާ މައްސަލައަކީ އެތަނުގެ ކޮމިޝަނަރުންގެ ގޮތުގައި މިހާރު ތިއްބެވި ބައެއް ބޭފުޅުން މުވައްޒަފުންނަށް އިތުބާރު ނުކުރުން ކަމަށެވެ.

ހަޅުތާލަކުރަން ނިންމީ މުވައްޒަފުން ކުރާ މަސައްކަތް ބްރޯޑްކޮމްގެ މެންބަރުން ބަލައިނުގަނެ އެތަނުގެ މުވައްޒަފުންނާމެދު ނާއިންސާފުން ކަން ކުރަމުން ދާތީ ކަމަށް ވެސް އޭނާ ބުންޏެވެ.

ހަޅުތާލު ކުރުމުގެ ގޮތުން ބްރޯޑްކޮމްގެ މުވައްޒަފުން އިއްޔެ ގެއަށްދިޔަ ފަހުން ފުލުހުން ވަނީ އެ ކޮމިޝަނަށް ގޮސް ހަރަކާތްތެރިވެފަ އެވެ. މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖުގައި ބުނީ އެ ކޮމިޝަނަށް ފުލުހުން ދިޔައީ އެތަނުގެ ސާވާއަށް ދިމާވި މައްސަލައެއް ހައްލު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

ނަމަވެސް ފުލުހުން އެތަނަށް ވަދެ ހަރަކާތްތެރިވީ އެހީތެރިވުމުގެ ގޮތުން ނޫން ކަމަށާއި އެމީހުން ހަރަކާތްތެރިވީ ތަހުގީގެއް ކުރާ ގޮތަށް ކަމަށް ބްރޯޑްކޮމްގެ ބައެއް މުވައްޒަފުން އަދަދު އަށް ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox