ދަގަނޑޭ ގެންނަން ނިއު ރޭޑިއަންޓުން އެއްބަސްވުމަކަށް

އޭއެފްސީ ކަޕް މެޗެއްގައި ގޯލު ޖެހުމަށް ފަހު ދަގަނޑޭ އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްސީ

އޭއެފްސީ ކަޕް މެޗެއްގައި ގޯލު ޖެހުމަށް ފަހު ދަގަނޑޭ އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްސީ

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ)، ކުރީގެ ކްލަބް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަށް ބަދަލުވާން ނިންމާފައިވާ ކަމަށް އެ ޓީމުން ބުނެފި އެވެ.

ނިއު ރޭޑިއަންޓުން ވަނީ މިއަދު އެ ކްލަބްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި "އަންނަނީ އަންނަނީ" ޖަހައި ޕޯސްޓެއް ކޮށްފަ އެވެ. މި ޕޯސްޓުގައި ވަނީ ނިއު ރޭޑިއަންޓް ސަޕޯޓަރުންގެ ބޮޑު އެދުމެއް ފުއްދައިދޭން އުޅޭ ކަމަށް ވެސް ބުނެފަ އެވެ.

މިކަމާ ގުޅިގެން "އަދަދު ސްޕޯޓްސް" އަށް ނިއުގެ އޮފިޝަލަކު ބުނީ، ނިއުގެ ސަޕޯޓަރުންގެ އެންމެ ބޮޑު އެދުމަކީ ދަގަނޑޭ، 39، އެނބުރި ނިއު އަށް ގެންދިޔުން ކަމަށެވެ. އެކަން ނިއު އަށް ހާސިލްވެއްޖެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

"އަންނަނީ އަންނަނީ ނިއު ރޭޑިއަންޓް ސަޕޯޓަރުން ހެއްވާލަން އަންނަނީ، ރާއްޖޭގެ އެންމެ ގިނަ ސަޕޯޓާސްގެ ސަޕޯޓް ލިބިފައިވާ އަޔަން މޭން ދަގަނޑޭ ނިއުއާ މި ގުޅެނީ. ދަގަނޑޭ ގެނައުމަކީ ނިއުގެ މެނޭޖްމަންޓަށް ސަޕޯޓަރުން އެންމެ ބޮޑަށް ކުރި ރިކުއެސްޓް. ކްލަބް ދެމި އޮންނާނީ ސަޕޯޓަރުންގެ ސަޕޯޓާއެކު. އެހެންވީމަ ސަޕޯޓަރުން އެދޭކަންކަން މި މެނޭޖްމަންޓުން ކުރާނެ." އޮފިޝަލް ބުންޏެވެ.

މީގެ ހަތް މަސް ކުރިން ކަކުލުގެ އޮޕަރޭޝަނެއް ކުރި ދަގަނޑޭ އަންނަނީ ރެކްރިއޭޝަނަލް ލެވަލްގެ އެކި މުބާރާތްތަކުގައި ކުޅެމުންނެވެ.

ދަގަނޑޭ ވަނީ ތިން ފަހަރެއްގެ މަތިން ނިއު އަށް ކުޅެ، އެ ކްލަބާ އެކު، ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ. ކްލަބް ވެލެންސިއާ އިން ކެރިއަރު ފެށި ދަގަނޑޭ، އެންމެ ފުރަތަމަ، ނިއު އަށް ކުޅުނީ 2006-2007 ގަ އެވެ. އޭގެ ފަހުން، ދެ ވަނަ ފަހަރަށް، 2012-2013 އަށް ނިއުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި އެވެ. އަދި އެންމެ ފަހުން، ނިއު ޖޯޒީގައި ދަގަނޑޭ ފެނުނީ، 2017-2018 ގަ އެވެ.

ނިއު އިން މި އަހަރުގެ ދެ ވަނަ ޑިވިޝަނަށް ވަރުގަދަ ޓީމެއް އެކުލަވާލައި، ފުރަތަމަ ޑިވިޝަނަށް އަލުން އައުމަށް ވަނީ އަމާޒުހިފައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox