ބެޑްމިންޓަން އެސޯސިއޭޝަން ސަސްޕެންޝަނަކަށް ދިޔައީ ކުރީގެ ހިންގާ ކޮމިޓީގެ އިހުމާލުން

May 18, 2025, 9:23 AM
ިކޮމިޝަނާ އޮފް ސްޕޯޓްސް ތޮލާލް (މ)، ބީއޭއެމްގެ ކުރީގެ ރައީސް މޫސަ (ކ) އަދި ކުރީގެ ނައިބު ރައީސް ޝާކިރު (ވ).

ިކޮމިޝަނާ އޮފް ސްޕޯޓްސް ތޮލާލް (މ)، ބީއޭއެމްގެ ކުރީގެ ރައީސް މޫސަ (ކ) އަދި ކުރީގެ ނައިބު ރައީސް ޝާކިރު (ވ).

⁠ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ސަސްޕެންޑް ކުރުމަށް ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ނިންމީ ބީއޭއެމްގެ ކުރީގެ ހިންގާ ކޮމިޓީގެ އިހުމާލުން ކަމަށް ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ވިދާޅުވެއްޖެ އެވެ.

ބީޑަބްލިއުއެފް އިން ރާއްޖެ ސަސްޕެންޑް ކުރަން ނިންމިއިރު، މައިގަނޑު ގޮތެއްގައި ބަލާފައި އޮތީ، އޮލިމްޕިކް ކޮމިޓީ އާއި ސްޕޯޓްސް ކޮމިޝަނަރު ގުޅިގެން ނިންމާފައިވާ ގޮތަށް، ތިން މެމްބަރުންގެ އެޑްހޮކް ކޮމިޓީއެއްގެ ދަށަށް ބެޑްމިންޓަން އެސޯސިއޭޝަނުގެ ކަންކަން ގެންދިއުމަކީ ނުފޫޒު ފޯރުވުން ކަމަށް ދޭހަވާތީ އެވެ.

ބީއޭއެމް ސަސްޕެންޑް ކުރަން ބީޑަބްލިއުއެފް އިން ނިންމާފައިވާއިރު، އެ ހާލަތު ބަދަލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ވަނީ ބުނެފަ އެވެ.

ކޮމިޝަނާ އޮފް ސްޕޯޓްސް، ތޮލާލް، މީޑިއާ އަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ހިނގައިދިޔަ ކަންކަމަށް ބަލާއިރު، ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން ސަސްޕެންޑް ކުރުން އެއީ ސަޕްރައިޒް އެއް ނޫން، ކަމަށާއި އެކަން ކޮށްފާނެކަމަށް ވިސްނިފަ އޮތް ކަމަށެވެ.

ތޮލާލް ވިދާޅުވީ، ބީއޭއެމް ސަސްޕެންޑްކޮށް ފޮނުވި ސިޓީން އެންމެ ބޮޑަށް ފާހަގަކޮށްފައިވާ ކަމަކީ ނިމިދިޔަ ދައުރު ހަމަވެފައިވާ ހިންގާ ކޮމިޓީގެ މެންބަރަކު އެޑްހޮކް ކޮމިޓީގައި ހިމެނިފައި ނުވުން ކަމަށެެވެ. އެންމެ ފަހުގެ ދައުރު ހަމަވެފައިވާ އެކްސްކޯގެ މެންބަރުންގެ އެއްބާރުލުން ހޯދަން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ވަރަށް ގިނަ މަސައްކަތްތައް ކުރި ކަމަށް ވެސް ތޮލާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބީޑަބްލިއުއެފް އާއެކު އެއްބަސްވެވުނު ފަސް މެންބަރުންގެ އެޑްހޮކް ކޮމިޓީ އެކުލަވާނުލެވި އެމްއޯސީން އެ ކޮމިޓީން ވަކިވިކަން އަންގާފަ ވަނީ ވެސް ދައުރު ހަމަވެފައިވާ އެންމެ ފަހުގެ ހިންގާ ކޮމިޓީގެ އެއްބާރުލުން ނުލިބި ކޮމިޓީގެ ކަންކަން އިންތިޒާމު ކުރުމުގަ ދުވަސް ނަގައި ކަންކަން ދިގުލައިގެންދާތީ ކަމަށެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު، ކޮމިޝަނާ އޮފް ސްޕޯޓްސް އިން ވަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ ގައުމީ ހައިސިއްޔަތު ނަގައިފަ އެވެ. މި ގޮތަށް ނިންމާފައިވަނީ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ ބަހެއް ހޯދައިގެން، ބީއޭއެމްގެ މައްސަލަ ހައްލުކުރަން ކުރި މަސައްކަތުގައި އަލިމަގެއް ނުފެނި އަހަރަކަށް ވުރެ ގިނަ ދުވަސް ވުމުންނެވެ. ބީއޭއެމްގެ މެންބަރުންގެ ބައިވެރިވުމާ އެކު، އެ އެސޯސިއޭޝަންގެ ހިންގާ ގަވާއިދަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ބެލުމުގެ ދަށުން ތިން މެންބަރުންގެ މައްޗަށް އެކުލެވޭ އެޑް-ހޮކް ކޮމިޓީއެއް އެކުލަވާލުމަށް ނިންމި އެވެ.

ކޮމިޝަނާ އޮފް ސްޕޯޓްސް އިން ބުދަ ދުވަހު އާންމުކުރި މެމޯއެއްގައި ވަނީ އެޑްހޮކް ކޮމިޓީއެއް އެކުލަަވާލިކަން އިއުލާނުކޮށްފަ އެވެ. އެ ކޮމިޓީގައި ހިމެނެނީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބު ރައިސް، އަހުމަދު މުންތަގިމް (މުންތޭ)، ބެޑްމިންޓަން ކޮމިއުނިޓީގެ ފަރާތުން، އައިމިނަތު ނަބީހާ އަބްދުއްރައްޒާގު (ނަބީ) އަދި، މިނިވަން ގާނޫނީ ވަކީލެއްގެ ގޮތުގައި އައިމިނަތު ޝަރީފް އެވެ. އެ ކޮމިޓީން މިއަދު ހަވީރު ބެޑްމިންޓަން ކޮމިއުނިޓީއާ ބައްދަލުވުމެއް އޮތީ ތާވަލުކޮށްފަ އެވެ.

"މީގަ ދެން އިތުރަށް ކުރަން އޮތް ކަމަކީ އަނެއްކާވެސް އެމްއޯސީ އިން އެކުލަވާލާފައިވާ ތިން މެންބަރުންގެ އެޑް ހޮކް ކޮމިޓީގައި އެންމެ ފަހުގެ ދައުރު ހަމަވެފައިވާ އިންތިހާބީ އެކްސްކޯ ގެ ބައިވެރިވުން ހޯދުމަށް މަސައްކަތް ކުރުން، އަދި އެ ކޮމިޓީގައި އެ އެކްސްކޯގެ މެންބަރަކު ހިމެނުމަށް އިޢުތިރާޒެއް ނުކުރަން،" ތޮލާލް ވިދާޅުވި އެވެ.

"އެހެން ނަމަވެސް، އެގޮތުުން ކުރެވޭ މަސައްކަތުގައިވެސް އެ އެކްސްކޯގެ މެންބަރުންގެ އެއްބާރުލުން ނުލިބޭނަމަ، އަޅުގަނޑުމެންގެ ނިންމުމާ އެއްގޮތަށް ކުރިއަށް ގޮސް އާ އެކްސްކޯ އިންތިޚާބު ކުރުން ކުރިއަށް ގެންދާނީ،"

ތޮލާލް ވިދާޅުވީ، ބީޑަބްލިއުއެފް އިން ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝާން ސަސްޕެންޑްކޮށް، އެކަން އަންގަން ފޮނުވި ސިޓީ ކިޔާލުމުން ދޭހަވާ އެެއް ކަމަށް އެބައޮތް ކަމަށެވެ.

"އެންމެ ފަހުން އިންތިޚާބު ކުރެވި، ދައުރު ހަމަވެފައިވާ އެކްސްކޯގެ މެންބަރުންގެ އިޙުމާލުންނޭ ނުވަތަ އެ އެކްސްކޯގެ އަމަލުތައް ހުރިގޮތުންނޭ ސަސްޕެންޝަނަކާ ހަމައަށް ދާން ޖެހުނީ،" ފާހަގަކުރެވުނު މައިގަނޑު ކަންތަކަށް އިޝާރާތް ކުރައްވައި ތޮލާލް ވިދާޅުވި އެވެ.

"ކުޅިވަރަށް ހާއްސަކޮށް ބެޑްމިންޓަނަށް ހެޔޮ އެދޭނަމަ، އަދި ރާއްޖެ އަށް ރީތި ނަން ލިބެން އެ ބޭފުޅުން އެދޭނަމަ، މިހާރު އޮންނާނީ މިކަން ނިމިފަ. އެހެން ނަމަވެސް އެ ބޭފުޅުން އެގޮތަށް ބޭނުން ނުވާތީ، މިއަދު މިހާ ހިސާބަށް ދާން މިޖެހުނީ. އަދިވެސް ދޫ ދޭންޖެހޭ ތަންތާ ދޫ ދީގެން ވެސް މި ކުޅިވަރު ގަ މިހުރި މައްސަލަތައް ޙައްލުކޮށް ކުރިއަށް ދިއުމަކީ އަޅުގަނޑުމެންގެ އަމާޒު،"

ބެޑްމިންޓަން ކޮމިއުނިޓީގެ ގިނަ ބަަޔަކު ތުހުމަތު ކުރާ ގޮތުގައި، ބީއޭއެމްގެ މައްސަލަ އަށް ހައްލެއް ނުލިބި ދިގުލައިދިއުމުގައި، އެސޯސިއޭޝަންގެ ރައީސްކަން އެންމެފަހުން ކުރެއްވި މޫސާ ނާޝިދު (މޫސަ)ގެ ދައުރު އެބައޮތެވެ. ތިން ދައުރު ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްކަން ކުރެއްވި މޫސަ މަގާމުން އިސްތިއުފާދިނީ މިދިޔަ ޖުލައި މަހު އެވެ. އެއީ، މަގާމުގެ ދައުރު ހަމަވިތާ ތިން މަސް ފަހުންނެވެ. ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައި ހުރެ މޫސަ ކުރެއްވި ކަންތައްތަކާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީން ތަހުގީގު ކުރެ އެވެ.

މޫސަ އިސްތިއުފާ ދިން ފަހުން، އެސޯސިއޭޝަންގެ ރައީސެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އައީ ނައިބު ރައީސް، އަހުމަދު ޝާކިރު މޫސާ އެވެ.

ބީޑަބްލިއެފް އިން ރާއްޖޭގެ އެސޯސިއޭޝަން ސަސްޕެންޑްކުރިއިރު، ތައިލެންޑްގައި އޮތް މުބާރާތެއްގައި ވާދަކުރަން، ގައުމީ ޖޫނިއާ ޓީމުގައި ހިމެނޭ 13 ކުޅުންތެރިން ވަނީ ފުރައިފަ އެވެ. އަދި، ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިން އަންނަ މަހު ޔޫރަޕްގެ މުބާރާތްތަކެއްގައި ވާދަކުރަން އަންނަނީ ތައްޔާރުވަމުންނެވެ.

ސަސްޕެންޝަން އުވާލުމުގައި، ބީޑަބްލިއުއެފް އިން ބަލާނީ، އެންމެ ފަހުން އޮތް ބެޑްމިންޓަން ހިންގާ ކޮމިޓީއާ ގުޅިގެން މި ކަމުގައި ހިމެނޭ ފަރާތްތަކުން ކުރާ މަސައްކަތްތަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox