މާންދޫގެދެކުނުގޭގެ ނަން ސިއްރު ކުރަން ފުލުހުން ނިންމީ އަމިއްލައަށް: އަމީން

ޓްރާސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން ރައްޔިތުުންގެ މަޖިލީހުގައި: އޭނާ މަޖިލީހަށް ވަޑައިގެންނެވީ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައިގައި ޖަވާބުދާރީވެވަޑައިގަންނަވަން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޓްރާސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން ރައްޔިތުުންގެ މަޖިލީހުގައި: އޭނާ މަޖިލީހަށް ވަޑައިގެންނެވީ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައިގައި ޖަވާބުދާރީވެވަޑައިގަންނަވަން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު 21، 'ވެއްޓުނު' ހާދިސާއާ ގުޅިގެން ފުލުހުން ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޓްރާންސްޕޯޓު މިނިސްޓަރު އަމީންގެ ގޭގެ ނަން ސިއްރު ކުރަން ނިންމީ ފުލުހުން ކަމަށާއި އެކަމަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގަށް އަމީން ނުފޫޒު ފޯރުވި ކަމަށް ތުހުމަތުތަކާ ގުޅިގެން މަޖިލީހަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލަގައި ޖަވާބުދާރީވަމުން އަމީން މިއަދު ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ މިނިވަން މުއައްސަސާއެއް ކަމަށާއި ފުލުހުން ކުރާ ތަހުގީގަކާ ގުޅިގެން އާންމު ކުރާނެ މައުލޫމާތާއި ސިއްރު ކުރާނެ މައުލޫމާތު ނިންމަނީ ފުލުހުން އަމިއްލައަށް ކަމަށެވެ.

"އެހެންކަމާއެކު އެ ދަނޑިވަޅުގައި އެ ހާދިސާ ހިނގުމުގައި ޝާމިލް ނުވާ ތަނެއްގެ ނަން އެ ހިނދުގައި އާންމު ކުރުމާއި ނުކުރުން އެއީ މޯލްޑިވްސް ޕޮލިސް ސާވިސްއިން ނިންމަވާ ނިންމެވުމެއް،" އަމީން ވިދާޅުވި އެވެ.

"މޯލްޑިވްސް ޕޮލިސް ސާވިސްއަކީ އަޅުގަނޑުގެ ބެލުމުގެ ދަށުމުގައި ހިންގާ އިދާރާއެއް ވެސް ނޫން، މިނިސްޓަރެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ޖަވާބުދާރީވާ އިދާރާއެއް ވެސް ނޫން، އެގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްގެ އެއްވެސް ކަމަކަށް އަޅުގަނޑު ނުފޫޒެއް ފޯރުވައިފައެއް ނުވާނެ،"

އަމީން އެހެން ވިދާޅުވިއިރު، ޔުމްނު ވެއްޓުނު ހާދިސާ އާ ގުޅިގެން އޭޕްރިލް 22، ގެ ރޭ ބޭއްވި ސިއްރު ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، ޔުމްނު ވެއްޓުނު ރޭ، ޔުމްނު ވެސް ހިމެނޭހެން ނުވަ މީހަކު އެންމެ ފުރަތަމަ ހަރަކާތްތެރިވަމުން ދިޔައީ މާލޭގެ މެދުތެރޭގައި ހުރި ގެއެއްގައި ކަމަށެވެ. އެއީ ކާކުގެ ކޮން ގެއެއް ކަމެއް ފުލުހުން ހާމައެއް ނުކުރި އެވެ.

ނަމަވެސް ޔުމްނު ވެއްޓުނު ހ. ފެންޓެނޯއީ ގެ ނަމާއި، އެ ގެއަށް ރައުދު އަހުމަދު ޒިލާލް، 21، އާއެކު ޔުމްނު ދިޔުމުގެ ކުރިން ދިޔަ، ހ. ކަށިވެލި ގެ ނަން ފުލުހުން އެރޭ ހާމަ ކުރި އެވެ.

އެ މީހުން ފުރަތަމަ ދިޔަ ގެއަކީ މިނިސްޓަރު އަމީންގެ ގެ ކަން ހޯދައި އެ މައުލޫމާތު އަދަދު އިން ވާނީ ރިޕޯޓު ކޮށްފަ އެވެ. އެއީ އަމީންގެ ގެ ކަމަށް ފުލުހުން އެއްބަސްވީ އެ ހަބަރު ޝާއިއު ކުރި ފަހުންނެވެ.

އަމީންގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅިގެން ޖަވާބުދާރީވެވަޑައިގަންނަމުން އޭނާ ވިދާޅުވީ ޔުމްނު ވެއްޓުނު ހާދިސާއާ މާންދޫގެދެކުނުގެ އާ އެއްވެސް ގުޅުމެއް އޮތް ކަމަށް މިހާތަނަށް ތަހުގީގީ އެއްވެސް އިދާރާއަކުން އަންގާފައި ނުވާ ކަމަށެވެ. އަދި އެ ހާދިސާ އާ އަމީންގެ އާއިލާގެ އެއްވެސް މީހަކާ ވެސް ގުޅުމެއް އޮތްކަން ތަހުގީގީ އިދާރާއަކުން މިހައިތަނަށް އަންގާފައި ނުވާކަމަށް އަމީން ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ ތަހުގީގީ އިދާރާއަކުން މިހައިތަނަށް ހާމަކުރައްވާފައިވާ މައުލޫމާތަށް ރިއާޔަތް ކުރާއިރު، ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އަންހެން ކުއްޖަކު ވެއްޓުނު ހާދިސާގައި އަޅުގަނޑުގެ ތިމާގެ މީހެއް ނުވަތަ އާއިލީ ގޮތުން ގުޅުންހުރި މީހެއް ހިމެނޭކަން ނުވަތަ ޝާމިލުވާކަން ބަޔާން ކުރައްވައިފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

ޔުމްނު ވެއްޓުމާ އަމީންގެ އާއިލީ މީހަކާ ގުޅުމެއް ނެތް ކަމަށް ވިދާޅުވި ނަމަވެސް، އެ ރޭ ކަން ހިނގައިދިޔަ ގޮތުގެ މައުލޫމާތު ދޭން ހުޅުވާލައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ރޭ ޕާޓީ ކުރުމުގައި ބައިވެރިވި މީހުންގެ ވަނަވަރު ހާމަކުރިއިރު އޭނާއާ އާއިލީ ގުޅުން އޮންނަ ދެ މީހެއްގެ ނަން ހާމަކުރި އެވެ. އެއީ އިޒްދިޔާން މުހައްމަދު މައުމޫން، 28، އަހަރާއި ޔޫސުފް އަހުމަދު އަކުރަމް، 22، އަހަރެވެ.

އަމީންގެ އިތުރުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މި މައްސަލައަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތުކޮށެވެ. މި މައްސަލަ ހުށަހެޅީ އިދިކޮޅު އެމްޑީޕީގެ މެންބަރުން ހިމެނޭނެން 12 މެންބަރުންގެ ސޮޔާއެކީގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox