ފަނޑިޔާރުން ވަކި ކުރަން ޖޭއެސްސީ އިން ނިންމި ގައިރު ގާނޫނީ ނިންމުން ރިޒާ ދިފާއު ކުރައްވައިފި

މާފުށީ ދާއިރާގެ ޕީއެންސީ މެންބަރުކަން ވެސް ކުރައްވާ ޖޭއެސްސީގެ ރައީސް، ހުސެއިން ރިޒާ އާދަމް -- ފޮޓޯ: ރައީސް އޮފީސް

މާފުށީ ދާއިރާގެ ޕީއެންސީ މެންބަރުކަން ވެސް ކުރައްވާ ޖޭއެސްސީގެ ރައީސް، ހުސެއިން ރިޒާ އާދަމް -- ފޮޓޯ: ރައީސް އޮފީސް

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްސަލަ ޖުޑީޝަރީ ސާވިސް ކޮމިޝަނުން ބެލީ ގާނޫނާ ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް، ފާތިމަތު ފިލްޒާ ވިދާޅުވަނީ ގާނޫނު ރަނގަޅަށް މާނަކޮށްގެން ނޫން ކަމަށް ވިދާޅުވެ، ކޮމިޝަނުގެ ގައިރު ގާނޫނީ ނިންމުން މާފުށީ ދާއިރާގެ ޕީއެންސީ މެންބަރުކަން ވެސް ކުރައްވާ ޖޭއެސްސީގެ ރައީސް، ހުސެއިން ރިޒާ އާދަމް ދިފާއު ކުރައްވައިފި އެވެ.

ފަނޑިޔާރުން ވަކިކުރުމާ ގުޅޭ މައްސަލައަށް ބަހުސް ކުރައްވަމުން ރިޒާ ވިދާޅުވީ ފަނޑިޔާރުންގެ މައްސަލަ ބަލަން ޖޭއެސްސީން ނިންމީ ގާނޫނީ އިޖުރާއަތާ އެއްގޮތަށް ކަމަށެވެ.

އެގޮތުން އޭނާ ވިދާޅުވީ ޖޭއެސްސީއަށް ހުށަހެޅޭ މައްސަލައެއް ބަލަން ނިންމާނީ އެ ކޮމިޝަނުގައި އޮންނަ "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ" އިން ކަމަށް ގާނޫނުގައި ބަޔާން ކޮށްފައި އޮތް ނަމަވެސް، އެއީ ހަމައެކަނި އެކަން ކުރެވޭނެ ގޮތް ކަމަށް ދުށުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމި ނިންމުމާއި އަޅުގަނޑުމެން ޖުޑީޝަރީ ކޮމިޓީން ނިންމި ނިންމުމަކީ ހަމަ ސައްހަ ނިންމުމެއް، އިޖުރާއީ އެއްވެސް ހިލާފެއް އެ ޚަސްމަށް އޭގެ ހައްގަކަށް އުނިކަމެއް އަންނަ ގޮތަށް އެއްވެސް ކަމެއް އެއްވެސް، އަސަރެއް ކުރާފަދަ އެއްވެސް އެއްޗެއް ނެތްކަން އަޅުގަނޑު ފާހަގަކުރަން،" ރިޒާ ވިދާޅުވި އެވެ.

އޭނާގެ ވާހަކަ ތަފުސީލު ކޮށްދެއްވަމުން ރިޒާ ވިދާޅުވީ ޖޭއެސްސީން އެއްވެސް މައްސަލައެއް ބެލޭނީ އެ ކޮމިޝަނުގައި އޮންނަ "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ" އިން ކަމަށް ޖޭއެސްސީގެ ގާނޫނުގެ 22-1. (ނ) ގައި ބަޔާން ކޮށްފައި އޮންނަ ކަމަށެވެ.

ނަމަވެސް ކޮމިޝަނަށް ހުށަހެޅޭ މައްސަލައަކީ މަގުބޫލު ސަބަބެއް ނެތި ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ގަބޫލު ކުރެވޭނަމަ އެ މައްސަލައެއް ނުބެލުމުގެ އިހުތިޔާރު ޖޭއެސްސީއަށް ލިބޭ ކަމަށް ހަމަ އެ ގާނޫނުގެ 22 ވަނަ މާއްދާގެ (ނ) ގައި ބަޔާން ކޮށްފައި އޮންނާތީ މައްސަލަ ބެލުމުގެ އިހުތިޔާރު ވެސް އެ ކޮމިޝަނަށް ލިބިދޭކަން ސާފުވާ ކަމަށް ރިޒާ ވިދާޅުވި އެވެ.

އަދި ޖޭއެސްސީގެ "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ" އިން ނިންމާ ނިންމުންތައް މުރާޖާކޮށް ބަދަލު ކުރުމުގެ ބާރު ވެސް ޖޭއެސްސީ ގާނޫނުގެ 1-22. ވަނަ މާއްދާގެ (ބ) އިން އެ ކޮމިޝަނަށް ދީފައިވާކަން ރިޒާ ފާހަގަ ކުރެއްވި އެވެ.

އޭގެއިތުރުން ޖޭއެސްސީ ގާނޫނުގެ 23. ވަނަ މާއްދާގެ (ހ) ގައި އެ ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން ނުވަތަ ކޮމިޝަނުން ނިންމައިފިނަމަ އެ މައްސަލައެއް ތަހުގީގު ކުރާނެ ވަގުތީ ކޮމިޓީއެއް ކޮމިޝަނުން އެކަށައަޅަންވާނެ ކަމަށް އޮތުމުން ޖޭއެސްސީން މައްސަލައެއް ބެލޭނީ ހަމައެކަނި "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ" އިން އެކަނި ނޫންކަން ސާފުވާ ކަމަށް ރިޒާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަކީ ޒިންމާދާރުކަން ކުޑަކޮށް ފާޅު ކުރައްވާފައިވާ ކަންބޮޑުވުންތަކެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވާ ކަމަށް ރިޒާ ވިދާޅުވި އެވެ.

"ކައުންސެލް ޖެނެރަލްގެ ލަފާފުޅު ވާންޖެހޭނީ މުސޫމީ ބަދަލުތަކާއެކު އަންނަ ބަދަލުތަކަކަށް ނޫން، އެ އޮންނަން ޖެހޭނީ އަސާސްތަކުގެ މައްޗަށް ބިނާކޮށްފައި، އެ އޮންނަން ޖެހޭނީ ގާނޫނުތަކުގެ މައްޗަށް ބިނާކޮށްފައި، އާދަކާދަތަކުގެ މައްޗަށް ބިނާކޮށްފައި، އިސްތިއުނާފީ ކޯޓުތަކުގެ ނިންމުތަކުގެ މައްޗަށް ބިނާކޮށްފައި، މިއަށްވުރެ ހަރުދަނާ އުސޫލުތަކެއް ގެންނަން ވާނީ،" ރިޒާ ވިދާޅުވި އެވެ.

"މި ނުރަނގަޅު އުސޫލުތައް ނެރުމުގެ ނަތީޖާއަކީ ގައުމުގައި ފިތުނަ އުފެދިގެން ދިޔުން، ހަގީގަތާ ހިލާފު ވާހަކަތައް މުޅި މުޖުތަމައުގައި ފެތުރިގެން ދިޔުން، އެހެންވީމާ އަޅުގަނޑު އުއްމީދު ކުރަނީ ކުރިއަށް އޮތްތަނުގައި ޖެނެރެލް ކައުންސެލް މިއަށްވުރެ ޒިންމާދާރުވެވަޑައިގެން މިފަދަ ކަންކަން ނިންމެވުމުގައި ރަނގަޅު ރިއާޔަތް ދެއްވާނެ ކަމަށް."

އަޒްމިރާލްދާ އާއި މަހާޒް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރަން ނިންމައި، ޖޭއެސްސީން މަޖިލީހަށް ފޮނުވި ރިޕޯޓާ ގުޅިގެން ހުރި ކަންބޮޑުވުންތައް ބަޔާންކޮށް އެ މައްސަލަ ދިރާސާ ކުރި ޖުޑީޝަރީ ކޮމިޓީއަށް އިއްޔެ ފިލްޒާ ފޮނުއްވި ކަރުދާހުގައި ވިދާޅުވެފައި ވަނީ އެ ކޮމިޝަނަށް އެއްވެސް މައްސަލައެއް ބެލޭނީ ޖޭއެސްސީގެ ގާނޫނުގައި ބަޔާންކުރާ "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ" އިން ކަމަށެވެ.

ނަމަވެސް ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލަން ޖޭއެސްސީން ފެށީ "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ" ގެ ބައިވެރިވުމެއް ނެތި ކަމަށް ވާތީ، އެއީ ޖޭއެސްސީގެ ގާނޫނުގައި ބަޔާންކުރާ އިޖުރާއަތު ފުރިހަމަ ނުކުރުން ކަމަށް ފިލްޒާ ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox