ކޮމިޓީން އަމަލުކުރީ ހުދުމުހުތާރުކޮށް ކަމަށް ވިދާޅުވެ ފަނޑިޔާރުންގެ މައްސަލަ އަނބުރާ ފޮނުވައިލަން ނާޒިލް ގޮވާލައްވައިފި

އެމްޑީޕީގެ ޕީޖީ ލީޑަރު، އިބްރާހިމް ނާޒިލް މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެމްޑީޕީގެ ޕީޖީ ލީޑަރު، އިބްރާހިމް ނާޒިލް މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އެ ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދިރާސާ ކުރީ ވަރަށް ހުދުމުހުތާރުކޮށް ކަމަށް ވިދާޅުވެ އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވައިލުމަށް ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމް ނާޒިލް ގޮވާލައްވައިފި އެވެ.

ނާޒިލް ވިދާޅުވީ ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީން ބެލީ އިޖުރާއަތުތައް ފުރިހަމަ ނުކޮށް، ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު އެކަށީގެންވާ ގޮތެއްގައި ނުދީކަން ކޮމިޓީގައި ފާހަގަ ކުރެއްވި ކަމަށެވެ.

ނަމަވެސް އެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި، ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ކޮމިޓީގައި ވެސް ނުދޭން ކޮމިޓީގެ މުގައްރިރު، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް އާއި އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޕީއެންސީ މެންބަރުން އަމަލު ކުރެއްވީ ވަރަށް ހުދުމުހުތާރުކޮށް ކަމަށް ނާޒިލް ވިދާޅުވި އެވެ.

"ޑރ. އަޒްމިރަލްދާ ޒާހިރު މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ލިބުނު ސިޓީއަކާ ގުޅިގެން މައްސަލަ ބަލަން ނިންމި ގޮތާމެދު ޖުޑީޝަރީ ކޮމިޓީގައި އަޅުގަނޑުމެން ސުވާލު އުފެއްދިން އޭރުވެސް، އެ ސިޓީ ވެސް އަޅުގަނޑުމެންނަށް ނުލިބޭ ވާހަކަ ވެސް އަޅުގަނޑުމެން ދެންނެވިން ކޮމިޓީއަށް، އެގޮތަށް ކޮމިޓީ ގެންދިޔުމުގައި ކޮމިޓީގެ މުގައްރިރުގެ ހުދުމުހުތާރުކަމާއި ކޮމިޓީގައި ތިއްބެވި ޕީއެންސީ މެންބަރުންގެ ހުދުމުހުތާރުކަން އަޅުގަނޑުމެންނަށް ބޮޑުކޮށް ފާހަގަކުރެވުނު،" ނާޒިލް ވިދާޅުވި އެވެ.

ނާޒިލް ވިދާޅުވީ އަޒްމިރަލްދާގެ މައްސަލަ ޖޭއެސްސީއަށް ބަލައިގަތީ ޖޭއެސްސީގެ ގާނޫނާ ހިލާފަށް ކަމަށެވެ. އެގޮތުން އެ ކޮމިޝަނަށް އެއްވެސް މައްސަލައެއް ބެލޭނީ ޖޭއެސްސީގެ ގާނޫނުގައި ބަޔާންކުރާ "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ" އިން ކަމަށް ގާނޫނުގައި ބަޔާން ކޮށްފައި އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާނޫނުގައި ވަރަށް ސާފުކޮށް އެހެން ބަޔާން ކޮށްފައި އޮތް ނަމަވެސް ޖޭއެސްސީން އަމަލު ކުރީ އެ އިޖުރާއަތާ ހިލާފަށް ޖޭއެސްސީގެ "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ" އަށް ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ނުފޮނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިލް ވިދާޅުވީ ޖޭއެސްސީގެ ރިޕޯޓާ ގުޅިގެން މަޖިލީހުގެ ކައުންސެލް ޖެނެރަލް ވެސް ކަންބޮޑުވުންތަކެއް ފާހަގަކޮށް، ޖުޑީޝަރީ ކޮމިޓީއަށް ސިޓީއެއް ފޮނުވި ކަމަށެވެ. ނަމަވެސް އެ މައްސަލަ ތަޅުމަށް ފޮނުވާފައި ވަނީ ކައުންސެލް ޖެނެރަލްގެ ކަންބޮޑުވުންތަކަށް ވެސް ބެލުމެއް ނެތިކަން އޭނާ ފާހަގަކުރެއްވި އެވެ.

"އިޖުރާޔަތްތައް ފުރިހަމަ ނުވެ އޮތް ރިޕޯޓަކަށް މިއަދު ވޯޓު ދީ ފާސްކޮށް ފަނޑިޔާރުން ބޭރު ކުރުމަކީ އެއީ ކުރެވޭނެ ކަމެއް ނޫން، އިއްޒަތްތެރި ރައީސް ފަނޑިޔާރަށް ކޮމިޓީގައި ފުރުސަތު ދޭން ބާ ކައުންސިލާއި ރާއްޖޭގައި ތިބި ގިނަ ލޯޔަރުން ކޮމިޓީގައި ސިޓީތަކުން އެދި އެއަށް، އެއްވެސް ސިޓީއަކަށް އިޖާބަދިނުމެއް ނެތި ކޮމިޓީ ހުދުމުހުތާރުކޮށް ގެންދެވި ވާހަކަ އަޅުގަނޑު މި ދަންނަވަނީ،" ނާޒިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މިހާރު ވެސް އަނބުރާ ކޮމިޓީއަށް ފޮނުވައިލުމުގެ ބާރު މަޖިލިސް މެންބަރުންގެ އަތުގައި އެބަ އޮތް ކަމަށެވެ. އޭނާ ގޮވައިލެއްވީ އެ މައްސަލަ އަލުން ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިލުމަށެވެ.

"މި ގާނޫނުއަސާސީގައި އަޅުގަނޑުމެން މި ކުރި ހުވަ އާއި އަދި މި ގަވާއިދުގައި މިބުނާ ގޮތާ އެކީގައި އަޅުގަނޑުމެންނަށް މިއަދު ކޮމިޓީއަށް މި އަނބުރާ ފޮނުވައިލުމުގެ ބާރު އެބައޮތް، އަޅުގަނޑު ހަމަ ތި ހުރިހާ ރައްޔިތުންގެ ފަރާތުން އައިސް ތިބި މަންދޫބުންގެ ފަރާތުން އެދެން އޮތީ، މިއަދު މި މަޖިލީހުގައި މި އިއްޒަތްތެރި މަޖިލީހުގައި ތި މެންބަރުންނަށް ކުރެވެން އޮތް ކަމެކޭ އެއީ އަނބުރާ ރިޕޯޓު ކޮމިޓީއަށް ފޮނުވައިދެއްވާށޭ،" ނާޒިލް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox