އިޖުރާއަތު ފުރިހަމަކުރިތޯ ބަލަން ބުނި ކޮމިޓީއަށް އެކަން ވެސް ނުވި

ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު

ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު

ގިނަ ދިވެހިންތަކެއްގެ ސަމާލުކަން މި ވަގުތު ހުއްޓިފައި އޮތް އެއް މައްސަލައަކީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއް ވަކިކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ކުރަމުންދާ މަސައްކަތަށެވެ. ފަނޑިޔާރުން ވަކިކުރުމާ މެދު ވޯޓަށް އަހަން މިއަދު ތާވަލުކޮށްފައިވާއިރު، މި މައްސަލަ ދިރާސާކުރި ޖުޑީޝަރީ ކޮމިޓީން ކަން ކުރި ގޮތާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.

ޖުޑީޝަރީ ކޮމިޓީއަށް މި މައްސަލަ ލިބުމުގެ ކުރިން ވެސް، ފަނޑިޔާރުންގެ މައްސަލަތައް ބަލާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހިންގި ތަހުގީގާ މެދު ސުވާލު އުފެދޭ އެތައް ކަމަކާއި، ގިނަ ކަންބޮޑުުވުންތަކެއް އެބަހުއްޓެވެ. މި ކަންބޮޑުވުންތަކަކީ ސައްހަ ކަންބޮޑުވުންތަކެއްކަން ޔަގީން ވެގެން ދިޔައީ މަޖިލީހަށް ގާނޫނީ ލަފާ ދެއްވައި، ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ ދެއްވި ގާނޫނީ ލަފަޔާ އެކީގަ އެވެ.

ފިލްޒާ ދެއްވި ލަފާގައި، އޭނާ ވަނީ މައްސަލަ ތަހުގީގުކުރުމުގައި ޖޭއެސްސީން ގޯސްތަކެއް ހަދާފައިވާ ސާފު ސަރީހަ އިބާރާތުން ބަޔާންކުރައްވާފަ އެވެ. އޭނާ ފާހަގަކުރެއްވީ މައްސަލަ ބަލަން ފެށީ ވެސް ޖޭއެސްސީގެ ގާނޫނުގައި ބަޔާންކުރާ ހަމަތަކުގެ ބޭރުން ކަމަށެވެ.

ޖޭއެސްސީގެ ގާނޫނުގައި ބަޔާންކުރަނީ އެ ކޮމިޝަނަށް އެއްވެސް މައްސަލައެއް ބެލޭނީ ޖޭއެސްސީގެ ގާނޫނުގައި ބަޔާންކުރާ "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ" އިން ކަމަށެވެ. ނަމަވެސް ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލަން ޖޭއެސްސީން ފެށީ "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ" ގެ ބައިވެރިވުމެއް ނެތި ކަން މި ވަނީ ހާމަވެފަ އެވެ.

"ޖުޑީޝަލް ސާވިސް ކޮމިޝަނުން ތަހުގީގު ކޮށްފައިވާ މައްސަލަ ބެލުމާމެދު ގޮތެއް ނިންމުމުގައި އެ ކޮމިޝަނުން އަމަލު ކޮށްފައި ވަނީ ގާނޫނު ނަންބަރު 10/2008 [ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނު] ގައި ބަޔާންކުރާ 'މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީގެ' ދައުރެއް ނެތި، އެ އިޖުރާއަތު ފުރިހަމަ ނުކޮށްކަން ފާހަގަ ކުރަން،" ފިލްޒާގެ ލަފާގައިވެ އެވެ.

މިހެން އޮތް ނަމަވެސް، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްސަލަ ޖޭއެސްސީން ބަލަން ފެށީ "އަމިއްލައަށް އިސްނަގައިގެން" ކަމަށް އޭނާގެ މައްސަލަ ބަލައި ނިންމި ރިޕޯޓުގެ ތައާރަފުގައި ބަޔާން ކޮށްފައި އޮތް ނަމަވެސް އެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅީ އަމިއްލަ މީހަކު ހުށަހަޅައިގެން ކަމަށް ހަމަ އެ ރިޕޯޓުގެ ހަތަރު ވަނަ ސަފުހާގައި ބަޔާންކޮށްފައިވެ އެވެ.

މި މައުލޫމާތުގައި ފުށުއެރުންތަކެއް ހުރިއިރު، މި ބުނާ އަމިއްލަ މީހާ މައްސަލަ ހުށަހެޅީ ޖޭއެސްސީގެ ރައީސްއަށް އެޑްރެސްކޮށް ކަމަށް ޖޭއެސްސީގެ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. ގާނޫނުގައި އޮންނަނީ މިހެން ހުށަހަޅާ މައްސަލަތާ މެދު ވެސް ގޮތެއް ނިންމާނީ، ޖޭއެސްސީގައި އޮންނަ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީން ކަމަށެވެ. ނަމަވެސް އަޒްމިރަލްދާގެ މައްސަލަ މި ކޮމިޓީއަށް ފޮނުވާފައި ނުވާ ކަމަށް ފިލްޒާގެ ލަފާގައިވެ އެވެ.

ދެން ރިޕޯޓުގައި ބުނާ ގޮތަށް އެ މައްސަލައަކީ ޖޭއެެސްސީގެ އަމިއްލަ އިސްނެގުމަށް ބަލަން ފެށި މައްސަލައަކަށް ވިޔަސް، ޖޭއެސްސީގެ ގަވާއިދުގައި އޮންނަ ގޮތުން މި މައްސަލަ ދާން ޖެހޭނީ ހަމަ އެ ކޮމިޓީއަށެވެ. އެކަން ކުރަން ޖެހެނީ އެ ކޮމިޝަނުގެ ސެކެޓްރީ ޖެނެރަލްގެ ސަމާލުކަމަށް ގެނެސް، އޭނާ މެދުވެރިކޮށް ކޮމިޓީއަށް ފޮނުވައިގެންނެވެ.

އެކަމަކު މިއިން އެއްވެސް އިޖުރާއަތަކަށް ބެލުމެއް ނެތި، މައްސަލަ ބަލަން ނިންމީ އެ ކޮމިޝަނުން ބޭއްވި ޖަލްސާއެއްގަ އެވެ. މައްސަލަ ބަލަން ނިންމުމަށް ފަހު، އެ މައްސަލަ ބަލަން ހާއްސަ ކުޑަ ކޮމިޓީއެއް އުފެއްދީ މި ބުނާ ޖަލްސާގެ ތެރެއިންނެވެ.

އެ ކޮމިޓީން ކަން ކުރި ގޮތުގެ ކުރު ހުލާސާއަކީ، ފަނޑިޔާރުންގެ ދިފާއުގައި ހެކި ހުށަހަޅަން ފުރުސަތު ނުދީ، ކޮމިޓީ މެންބަރުންނަށް ކަން ހިނގި ގޮތް ކަމަށް ގަބޫލުކުރެވޭ ގޮތުގެ މައްޗަށް ފަނޑިިޔާރުން ވަކިކުރަން ފެންނަ ކަމަށް ނިންމީ އެވެ. ހިޔާލީ ތުހުމަތެއްގެ މައްޗަށް ބިނާކޮށެވެ. ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުރަވެވޭ ކަމަށް ނިންމައިގެންނެވެ.

މި މައްސަލަ ޖުޑީޝަރީ ކޮމިޓީއަށް ދިޔަ ހިސާބުން، އެ ކޮމިޓީގެ މުގައްރިރު ހުސްނީ މުބާރިކު ވިދާޅުވީ ކޮމިޓީއާ މަތިކުރެވިފައިވާ ހަމައެކަނި ޒިންމާއަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ގޮތުން، އިޖުރާއަތްތައް ފުރިހަމަކޮށްފައި ވޭތޯ ބެލުން ކަމަށެވެ. ކޮމިޓީގެ ބައްދަލުވުންތަކުގައި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން މައްސަލައެއްގައި ވާހަކަ ދައްކާ ކޮންމެ ފަހަރެއްގައި، އޭނާ ތަކުރާރުކުރެއްވީ މި ނުކުތާ އެވެ.

"މަޖިލިސް ގަވާއިދު ލާޒިމުކުރާ ގޮތުން އަޅުގަނޑުމެން ކަށަވަރުކުރަން މި ޖެހެނީ އިޖުރާއަތު ފުރިހަމަތޯ،" މި މައްސަލައިގައި ބޭއްވި ކޮމިޓީ ބައްދަލުވުންތަކުގައި އޭނާ ތަކުރާރުކޮށް ވިދާޅުވެ އެވެ.

އާހިރުގައި ކަން ނިމިގެން ދިޔައިރު، ޖުޑީޝަރީ ކޮމިޓީއަށް މިކަން ވެސް ނުބެލުނެވެ. ގަވާއިދުގެ ދަށުން ކުރަން ޖެހޭ މަސައްކަތަކީ އެހެން ކަމަށް ތަކުރާރުކޮށް ބުނުމަށް ފަހު، އެންމެ ފަހު ވަގުތު އެކަމާ މެދު ގޮތެއް ނިންމުން ވެސް ފޮނުވީ ތަޅުމަށެވެ. ކަން މިހެން ހުރި އިރު، ޖުޑީޝަރީ ކޮމިޓީން އަސްލު މިކުރާ ކޮން ކަމެއްތޯ ވެސް ސުވާލު އުފެދެ އެވެ. އަދި މަޖިލިސް ގަވާއިދުގެ ދަށުން އެ ކޮމިޓީއާ މަތިކުރެވިފައިވާ މަސައްކަތް ކުރެވުނުތޯ ވެސް ސުވާލު އުފެދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox