ފެކްޓު ޗެކް: އަހާ ފޯރަމްގައި ވާހަކަ ދައްކަވަމުން އުޝާމް ހެއްދެވީ ބޮޑު ދޮގެއް!

ދައުލަތުގެ ބަންޑާރަނައިބު އަހުމަދު އުޝާމް؛ އޭނާ ވިދާޅުވީ، އަޒްމިރަލްދާއަށް ނުފޫޒު ފޯރުވި ކަމަށް އެ ވިދާޅުވާ ވާހަކައެއް ރައްޓެއްސެއްގެ ގާތުގައި ދެއްކެވީ ސުޕްރީމް ކޯޓުގައި މައްސަލަ ތާވަލު ވެސް ނުކުރަނީސް ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ދައުލަތުގެ ބަންޑާރަނައިބު އަހުމަދު އުޝާމް؛ އޭނާ ވިދާޅުވީ، އަޒްމިރަލްދާއަށް ނުފޫޒު ފޯރުވި ކަމަށް އެ ވިދާޅުވާ ވާހަކައެއް ރައްޓެއްސެއްގެ ގާތުގައި ދެއްކެވީ ސުޕްރީމް ކޯޓުގައި މައްސަލަ ތާވަލު ވެސް ނުކުރަނީސް ކަމަށް -- ފޮޓޯ: ރައީސް އޮފީސް

މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުތައް ބާތިލު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން ފަނޑިޔާރު، އަޒްމިރަލްދާ ޒާހިރުއަށް މީހަކު މެދުވެރިކޮށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވާ ވާހަކައަކީ ރައްޓެއްސެއްގެ ގާތުގައި، އެ މައްސަލަ ތާވަލު ވެސް ނުކުރަނީސް ދެއްކެވި ވާހަކައެއް ކަމަށް ވިދާޅުވެ، އުޝާމް ދޮގެއް ހައްދަވައިފި އެވެ.

އަހާ ފޯރަމުގައި އަމާޒުވި ސުވާލަކަށް ޖަވާބުދެއްވަމުން އުޝާމް ވިދާޅުވީ ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ އަޒްމިރަލްދާ ވިދާޅުވާ ވާހަކައަކީ މި އަހަރުގެ ފެބްރުއަރީ މަހު ރައްޓެއްސަކާ ދެކެވުނު ވާހަކައެއް ކަމަށެވެ. އަދި އެ ވާހަކައެއް، އެ ރައްޓެއްސަކާ ދެއްކެވީ ގާނޫނުއަސާސީ ބަދަލުކުރި މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލު ވެސް ނުކުރަނީސް ކަމަށް އުޝާމް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ރައްޓެއްސަކާ ދެކެވުނު ވާހަކައެއް، މި ކަން ދިމާކުރި ގޮތުން މި ރައްޓެއްސަކީ އަޅުގަނޑާއި ޑރ. އަޒްމިރަލްދާ ޒާހިރުއާގެ ވެސް ކޮމަން ފްރެންޑެއް. ދެކެވުނު ވާހަކައެއްގެ ތެރެއިން ދެން އެ މީހަކު އެ ގޮސް ދެއްކި ވާހަކައެއް [އަޒްމިރާލްދާ ކައިރި] އެއީ އެލިގޭޝަންއެކޭ އެ ވިދާޅުވަނީ،" އުޝާމް ވިދާޅުވި އެވެ.

"އަޅުގަނޑާ އަޅުގަނޑުގެ މިބުނާ ރަހުމަތްތެރިޔާއާ އެބުނާ އޭޖެންޓަކާ ދެކެވުނު ވާހަކައެއް ދެކެވުނީ ފެބްރުއަރީ މަހުގެ ކުރީކޮޅު، މި އަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅު، އޭރަކު އަދި ސުޕްރީމް ކޯޓުގެ މައްސަލައިގެ ހިޔަރިންއެއް އަދި ތާވަލެއް ވެސް ނުކުރޭ."

އުޝާމް އެހެން ވިދާޅުވި ނަމަވެސް؛

އެހެންކަމުން، ފެބްރުއަރީ މަހުގެ ކުރީކޮޅު، އުޝާމް އެ ވިދާޅުވި ރައްޓެއްސެއްގެ ގާތުގައި އެ ވިދާޅުވި ވާހަކައެއް ދެއްކެވިއިރު، ގާނޫނުއަސާސީ ބަދަލުކުރި މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލު ނުކުރާ ކަމަށް ވިދާޅުވެ އުޝާމް ހެއްދެވީ ދޮގެކެވެ.

ގާނޫނުއަސާސީ ބަދަލުކުރި މައްސަލައާ ގުޅިގެން ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުއަށް މީހަކު މެދުވެރިކޮށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމަށް އޭނާ ވިދާޅުވީ ޖޭއެސްސީން ކުރިއަށްގެންދިޔަ އަޒްމިރާލްދާގެ ސުލޫކީ މައްސަލައިގެ ސިއްރު ތަހުގީގަށް ހާޒިރުކުރުމުން މާޗު 11، ގަ އެވެ.

އަޒްމިރާލްދާގެ ވަކީލު އިބްރާހިމް ޝަމީލް އަދަދު ނޫހާ ވާހަކަ ދައްކަވަމުން އެދުވަހު ވިދާޅުވީ ސުޕްރީމް ކޯޓުގައި އޮތް މައްސަލައާ ގުޅިގެން ސަރުކާރުގެ އޮފިޝަލު ފަނޑިޔާރަށް ނުފޫޒު ފޯރުވުމަށް ގުޅީ އެހެން މީހަކު މެދުވެރިކޮށް ކަމަށެވެ.

"މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމުގެ ކުރިއަށް ފަނޑިޔާރަށް ނުފޫޒު ފޯރުވުމަށް މި މައްސަލައާ ގުޅުވާ އެކި ފަރާތްތަކުން މަސައްކަތް ކުރެއްވިކަން ތަފުސީލާއެކު ފަނޑިޔާރު ވިދާޅުވެދެއްވި،" ވަކީލު ވިދާޅުވި އެވެ.

ނަމަވެސް ނުފޫޒު ފޯރުވަން ގުޅުއްވީ ކޮން ބޭފުޅެއްކަން އެދުވަހު ޝަމީލް ހާމައެއް ނުކުރައްވަ އެވެ.

"ސަރުކާރަށް ނިސްބަތްވާ ފަރާތަކުން އެހެން ބޭފުޅަކު މެދުވެރިކޮށް މެސެޖު ޕާސް ކުރެއްވި ކަމަށް ހިސާނުމެން ދައުރުގެ ސުލޫކީ މައްސަލައެއް ވެސް އެބައޮތް ކަމަށް ނުބަލާ. ސީދާ އެ މައްސަލައާ ގުޅިގެން ފަނޑިޔާރާށް ސަރުކާރުގެ އިސް ފަރާތަކުން މެސެޖު ޕާސްކޮށްފަ އޮތް ކަމަށް [ފަނޑިޔާރު] ވިދާޅުވީ،" ވަކީލު ޝަމީލް އެދުވަހު ވިދާޅުވި އެވެ.

މީހަކު މެދުވެރިކޮށް ފަނޑިޔާރު އަޒްމިރަލްދާއަށް ނުފޫޒު ފޯރުވުމަށް އުޝާމް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތު ކުރާއިރު، އެ މައްސަލަ ހުށަހެޅުމާއެކު، ދައުލަތް ތަމްސީލު ކުރާ، ބަންޑާރަނައިބުގެ އޮފީހުން ވަކާލާތު ކުރީ ގާނޫނުއަސާސީ ބަދަލުކުރި މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށެވެ.

ނަމަވެސް ފެބްރުއަރީ 18، ގައި ސުޕްރީމް ކޯޓުން ކަނޑައެޅީ ދައުލަތުން ވަކާލާތު ކުރި ގޮތާ ހިލާފަށް، ގާނޫނުއަސާސީ ބަދަލުކުރި މައްސަލަ އެ ކޯޓަށް ބެލޭނެ ކަމަށެވެ. ސުޕްރީމް ކޯޓުން އެ ދުވަހު އަމުރު ކުރީ ގާނޫނުއަސާސީ ބަދަލުކުރި މައްސަލައިގައި 10 ދުވަސްތެރޭގައި ދައުލަތުން ޖަވާބުދާރީ ވުމަށެވެ.

އެ މައްސަލައިގައި ދައުލަތުން ޖަވާބުދާރީވުމުން، ފުރަތަމަ އަޑުއެހުން ތާވަލު ކުރީ ފެބްރުއަރީ 26، ގެ ހެނދުނު 11:00 އަށެވެ. އެ ދުވަހުގެ އަޑުއެހުމުގައި އޮތީ، ގާނޫނުއަސާސީ ބަދަލު ކުރި މައްސަލަ ސުޕްރީމް ކޯޓުން ބަލައި ނިންމުމުގެ ކުރިން، މެންބަރުން ވަކި ކުރުމުގެ އެއްވެސް އިޖުރާއަތެއް ނުހިންގުމަށް އަމުރުކޮށްދިނުމަށް މައްސަލަ ހުށަހެޅުއްވި ކުރީގެ މެންބަރު އަލީ ހުސެއިންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރުގެ އިތުރުން ހުސްނުއްސުއޫދު ސަސްޕެންޑު ކުރީ އެ އަޑުއެހުން ފަށަން ކުޑަ ވަގުތުކޮޅަކަށްވެފައި ވަނިކޮށެވެ.

ފަނޑިޔާރުން ސަސްޕެންޑު ކުރި ދުވަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ވަކި ކުރަން މަޖުބޫރުވާ ގޮތަށް ގައިރު ގާނޫނީ ބިލެއް ވެސް މަޖިލީހުން ފާސްކުރި އެވެ. ބިލު ފާސް ކުރީ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދު ކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox