އަޒްމިރަލްދާއަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވާ ވާހަކައަކީ ރައްޓެއްސަކާ ދެއްކި ވާހަކައެއް: އުޝާމް

ދައުލަތުގެ ބަންޑާރަނައިބު، އަހުމަދު އުޝާމް: ސުޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ނުފޫޒު ނުފޯރުވާ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ދައުލަތުގެ ބަންޑާރަނައިބު، އަހުމަދު އުޝާމް: ސުޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ނުފޫޒު ނުފޯރުވާ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ޑރ. އަޒްމިރަލްދާ ޒާހިރުއަށް މީހަކު މެދުވެރިކޮށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވާ ވާހަކައަކީ މި އަހަރުގެ ފެބްރުއަރީ މަހު ރައްޓެއްސަކާ ދެއްކެވި ވާހަކައެއް ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި އަހާ ފޯރަމްގައި ބައިވެރިވެވަޑައިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލައަށް އުޝާމް އާއި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތާ ގުޅޭގޮތުން އަމާޒުވި ސުވާލުގެ ޖަވާބުގައި އޭނާ ވިދާޅުވީ ނުފޫޒު ފޯރުވަން އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

ނަމަވެސް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ އަޒްމިރަލްދާ ވިދާޅުވާ ވާހަކައަކީ މި އަހަރުގެ ފެބްރުއަރީ މަހު ރައްޓެއްސަކާ ދެކެވުނު ވާހަކައެއް ކަމަށް އުޝާމް ވިދާޅުވި އެވެ.

"އަޅުގަނޑު އޭޖެންޓެއް ފޮނުވައިގެން އިންޒާރެއް ނުއެއް ދެން، އަޅުގަނޑުގެ ރައްޓެއްސަކާ ދެކެވުނު ވާހަކައެއް، މި ކަން ދިމާކުރި ގޮތުން މި ރައްޓެއްސަކީ އަޅުގަނޑާއި ޑރ. އަޒްމިރަލްދާ ޒާހިރުއާގެ ވެސް ކޮމަން ފްރެންޑެއް، ދެކެވުނު ވާހަކައެއްގެ ތެރެއިން ދެން އެ މީހަކު އެ ގޮސް ދެއްކި ވާހަކައެއް އެއީ އެލިގޭޝަންއެކޭ އެ ވިދާޅުވަނީ، އެކަމަކު އެއީ އެހެން ދިމާވި ކަމެއް ވެސް ނޫން،" އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ އެ ވިދާޅުވާ ރައްޓެއްސެއްގެ ގާތުގައި އެ ވާހަކައެއް ދެއްކެވީ ސުޕްރީމް ކޯޓުގައި ހިނގާ މައްސަލައިގެ މާކުރިން ކަމަށެވެ.

އުޝާމް އެހެން ވިދާޅުވި ނަމަވެސް، އަޒްމިރަލްދާ ވިދާޅުވެފައި ވަނީ އޭނާއަށް ނުފޫޒު ފޯރުވީ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން ކަމަށެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 24، ގައި ހުށަހެޅި އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތީ ނޮވެމްބަރު 27، ގަ އެވެ. އެހެންކަމުން އުޝާމް މިރޭ ވިދާޅުވި ވާހަކަތަކުން އަޒްމިރަލްދާ ކުރެއްވި ތުހުމަތަށް ބާރު ލިބެ އެވެ.

"އަޅުގަނޑާ އަޅުގަނޑުގެ މިބުނާ ރަހުމަތްތެރިޔާއާ އެބުނާ އޭޖެންޓަކާ ދެކެވުނު ވާހަކައެއް ދެކެވުނީ ފެބްރުއަރީ މަހުގެ ކުރީކޮޅު، މި އަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅު، އޭރަކު އަދި ސުޕްރީމް ކޯޓުގެ މައްސަލައިގެ ހިޔަރިންއެއް އަދި ތާވަލެއް ވެސް ނުކުރޭ،" އުޝާމް މިރޭ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ބަލަމުންދިޔަ މައްސަލައަށް އޭނާ ނުފޫޒު ފޯރުވަން އޭނާ މަސައްކަތް ކުރެއްވި ނަމަ، ގާނޫނުއަސާސީ ބަދަލު ކުރި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދިޔައިރު، ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވި ވާހަކަ އަޒްމިރަލްދާ ނުދެއްކެވީ ކީއްވެތޯ އުޝާމް ސުވާލު އުފެއްދެވި އެވެ.

"އަޅުގަނޑުމެން އެ މައްސަލައަށް ނުފޫޒު ފޯރުވި ކަމަށް ވަނީނަމަ، ކީއްވެގެންތޯ އޭރު އެ ވާހަކަ ވިދާޅުނުވީ، އެހައި ސީރިއަސް އެލިގޭޝަނެއް އަޅުގަނޑަށް އަދި ރައީސުލްޖުމްހޫރިއްޔާއަށް ކުރައްވާއިރު، މައްސަލައިގެ ދެ ހިޔަރިން ނިމިގެން ދިޔައިރުގައި ކީއްވެގެންތޯ އެ ވާހަކަ ވިދާޅުނުވީ؟" އުޝާމް ވިދާޅުވި އެވެ.

ފަނޑިޔާރު އަޒްމިރަލްދާއަށް ނުފޫޒު ފޯރުވި ކަމަށް އޭނާ ވިދާޅުވީ ޖޭއެސްސީން ކުރިއަށްގެންދިޔަ އަޒްމިރާލްދާގެ ސުލޫކީ މައްސަލައިގެ ސިއްރު ތަހުގީގަށް އޭނާ ހާޒިރުކުރުމުން މާޗު 11، ގަ އެވެ.

އަޒްމިރާލްދާގެ ވަކީލު އިބްރާހިމް ޝަމީލް އަދަދު ނޫހާ ވާހަކަ ދައްކަވަމުން އެދުވަހު ވިދާޅުވީ ސުޕްރީމް ކޯޓުގައި އޮތް މައްސަލައާ ގުޅިގެން ސަރުކާރުގެ އޮފިޝަލު ފަނޑިޔާރަށް ނުފޫޒު ފޯރުވުމަށް ގުޅީ އެހެން މީހަކު މެދުވެރިކޮށް ކަމަށެވެ.

"މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމުގެ ކުރިއަށް ފަނޑިޔާރަށް ނުފޫޒު ފޯރުވުމަށް މި މައްސަލައާ ގުޅުވާ އެކި ފަރާތްތަކުން މަސައްކަތް ކުރެއްވިކަން ތަފުސީލާއެކު ފަނޑިޔާރު ވިދާޅުވެދެއްވި،" ވަކީލު ވިދާޅުވި އެވެ.

ނަމަވެސް ނުފޫޒު ފޯރުވަން ގުޅުއްވީ ކޮން ބޭފުޅެއްކަން އެދުވަހު ޝަމީލް ހާމައެއް ނުކުރައްވަ އެވެ.

"ސަރުކާރަށް ނިސްބަތްވާ ފަރާތަކުން އެހެން ބޭފުޅަކު މެދުވެރިކޮށް މެސެޖު ޕާސް ކުރެއްވި ކަމަށް ހިސާނުމެން ދައުރުގެ ސުލޫކީ މައްސަލައެއް ވެސް އެބައޮތް ކަމަށް ނުބަލާ. ސީދާ އެ މައްސަލައާ ގުޅިގެން ފަނޑިޔާރާށް ސަރުކާރުގެ އިސް ފަރާތަކުން މެސެޖު ޕާސްކޮށްފަ އޮތް ކަމަށް [ފަނޑިޔާރު] ވިދާޅުވީ،" ވަކީލު ޝާމިލް އެދުވަހު ވިދާޅުވި އެވެ.

އަޒްމިރަލްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި، ހުސްނުއްސުއޫދު ވެސް ވަނީ އުޝާމް އާއި ރައީސް މުއިއްޒު ޝަރުއީ ނިޒާމުގެ ތެރެއަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އުޝާމް ވަނީ އެ ތުހުމަތުތައް ވެސް މިރޭ ދޮގު ކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox