ބުއްދީގެ ހަމަ ދެއްކި ތިން މެމްބަރުންގެ ކުޑަ ކޮމިޓީ

ޖުޑީޝަލް ސާވިސް ކޮމިޝަނުން އަޒްމިރާލްދާ އާއި މަހާޒުގެ މައްސަލަ ބެލި ކުޑަ ކޮމިޓީގައި ހިމެނޭ މެމްބަރުން: ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ނާސިހު، ޖޭއެސްސީއަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ މެމްބަރު ޔަޒްމީދު މުހައްމަދު އަދި ވަކީލުންގެ ތެރެއިން އައްޔަން ކުރައްވާފައިވާ މެމްބަރު އަލީ އަބްދުއްލަތީފް.

ޖުޑީޝަލް ސާވިސް ކޮމިޝަނުން އަޒްމިރާލްދާ އާއި މަހާޒުގެ މައްސަލަ ބެލި ކުޑަ ކޮމިޓީގައި ހިމެނޭ މެމްބަރުން: ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ނާސިހު، ޖޭއެސްސީއަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ މެމްބަރު ޔަޒްމީދު މުހައްމަދު އަދި ވަކީލުންގެ ތެރެއިން އައްޔަން ކުރައްވާފައިވާ މެމްބަރު އަލީ އަބްދުއްލަތީފް.

މިއީ ފައްކާ ކޮމިޓީއެކެވެ. މި ކޮމިޓީގައި ދެކެވުނު ވާހަކަތައް ހުރީ ޔައުމިއްޔާ ކުރެވިފައެވެ. ކޮމިޓީގެ މެމްބަރުންނަކީ ވެސް އާދަޔާ ހިލާފު ބައެކެވެ. ކޮންމެ މެމްބަރަކު އެ މެމްބަރަކު ބުނާ އެއްޗަކަށް ހަމަ ދެއްކީ އެހެން މީހުންނަށް ގަބޫލުކުރެވޭ ބީދައަކުންނެވެ. މި ކޮމިޓީގެ މެމްބަރުންގެ ކޮނޑުގައި އެޅިފައިވާކަމަށް ކޮންމެ މެމްބަރަކުމެ ގަބޫލުކުރި ކަމަކީ، އަނެކާއަށް އެ މެމްބަރަކު ދެއްކި ހަމައިގެ މޮޅުކަމާއި މަންތިގީ އުސޫލު ރަނގަޅުކަން ދެއްކުމެވެ. ތިރީގައި މިވަނީ މި މެމްބަރުން ދައްކާފައިވާ ބުއްދީގެ ހަމަތަކާއި، އެއިގެ މިސާލުތަކެވެ.

ނަމްރޫދު ރަސްގެފާނު

ރިވާޔަތްތަކަށް ބަލާއިރު، ނަމްރޫދުގެ ސީވީގައި އޭނާގެ ފުރިހަމަ ނަމެއްގެ ގޮތުގައި އޮތް އެއްނަމަކީ ނަމްރޫދު ބުނު ފާލިޚް ބުނު ޢާބިރުއެވެ. މި ރަސްގެފާނު ސަލާމްލެއްވި އިބްރާހީމްގެފާނާ ޖަދަލު ކުރެއްވި އެވެ. މި ޖަދަލުގައި މަރު ހިއްޕަވައި ފުރާނަ އަޅުއްވަނީ މާތްރަސްކަލާނގެއޭ ދެންނެވުމުން، "އަޖައިބުވޭހޭ، ބަލަގަ އަހުރެން ވެސް މަރު ހިފަމޭ، އަދި ދިރުންވެސް ދެމޭ" ބުނެފި އެވެ.

މި ބަހުގެ މައުނައީ ނަމްރޫދުގެ ކައިރިއަށް ގެންނަ މީހުންގެ ތެރެއިން އޭނާ ބޭނުންވާ މީހަކު އެއްވެސް ހުރަހެއް ނެތި މަރާލެވޭ ވާހަކައާއި، އޭނާ ބޭނުން މީހަކު ނުމަރައި ދޫކޮށްލާ ވާހަކައެވެ. މި ފަދައިން ތަފްސީރުތަކުގައި މި ވާހަކަ ބަޔާންވެފައިވެއެވެ. "ޔައުމިއްޔާ"އެއްގެ ބޭނުމަށް ބަގަރާ ސޫރަތުގެ 258 ވަނަ އާޔަތް ބަލާށެވެ.

ބުއްދީގެ ހަމަ ދެއްކުމުގައި ކުޑަކޮމިޓީގެ މެމްބަރު ނަމްރޫދު ވަރެއް ނެތްތާއެވެ. އޭނާ އޭނާގެ ވަރުން، އަދި ރަސްރަސްކަލުން އަމަލުކުރާ ގޮތުގެ ގަބޫލުކުރެވޭ މިސާލެއް ދައްކައިފިއެވެ. ނަމަވެސް މި މިސާލަކީ ހޮޅި މިސާލެއްކަމާއި، އެ އާޔަތުގައި އޮތް މައުޟޫޢަށް ނުވެސް ފެތޭ މިސާލެއްކަން މި އާޔަތުގެ ފަހުބައިގައި އެ އޮތީއެވެ.

މޫސާގެފާނުގެ ފިރުއައުނު

މިއީ ސީވީއަކަށް ބޭނުންވާ މެމްބަރެއް ނޫނެވެ. މި މެމްބަރުގެ ދައްކާފައިވާ ވާހަކަތަކުގެ ޔައުމިއްޔާތަކަކީ ގިނަ ޔައުމިއްޔާ ތަކެކެވެ. ބުއްދީގެ ހަމަ ދެއްކުމުގައި މި މެމްބަރު ދެއްކި އެއް ވާހަކަ މި އޮތީއެވެ.

މައުލޫއަކީ ސަލާމް ލެއްވި މޫސާގެފާނަކީ މޮޔައެއްކަމާއި، އެ ކަލޭގެފާނު ދައްކާ ވާހަކައިގައި އޮއްޓަރެއް ނެތްކަން ސާބިތުކޮށްދިނުމެވެ. މިކަން ސާބިތު ކުރުމުގެ ގޮތުން އަޑުގެ ނެތްކޮޅަށް ގޮވައިފިއެވެ.

"އޭ މިސްރުގެ މީހުންނޭވެ. އަހުރެންނަށް މިސްރުގެ ރަސްކަން ލިބިގެން ނުވޭ ހެއްޔެވެ؟ އަހުރެންގެ ދަށުން މިހިރަ ކޯރުތައް ހިނގާތަން ނުފެނޭ ހެއްޔެވެ؟" އަދި މި ހިސާބުން ނިންމާލީއެއް ނޫނެވެ. މޫސާގެފާނަށް ނިސްބަތް ކުރައްވައި، "މިހިރާ ވާހަކަ ދައްކަން ނޭނގޭ، ތާކުންތާކު ނުޖެހޭ މީހާއަށްވުރެ އަހުރެންގެ ހުރިހާ ކަމެއްވެސް މޮޅުވެފައި ރަނގަޅު ނޫންހޭ؟" ވެސް އަހައިފިއެވެ. މި ވާހަކަތަކުގެ "ޔައުމިއްޔާ" އެ އޮތީ ޒުޚުރުފު ސޫރަތުގެ 51 އާއި 52 ގައެވެ.

ނިކަން ވިސްނާށެވެ! ފިރުއައުނަކީ މިސްރުގެ ރަސްގެފާނުކަމާމެދު ޝައްކު ކުރާނީ ކާކު ހެއްޔެވެ؟ އެ ޒަމާނުގައި އޭނާއަށްވުރެ ޝަހުސިއްޔަތު ވަރުގަދަވާނީ ކާކު ހެއްޔެވެ؟ އޭނާގެ ގަނޑުވަރުތަކުގެ ދަށުން ކޯރުތައް ހިނގައެވެ. މުޅި ގައުމުގައި އޮތީ އޭނާގެ އަޅުންނެވެ! ބުއްދީގެ ހަމައިން މި މިސާލުތައް ދެކޮޅު ނުޖެހޭ ހެއްޔެވެ؟ އަނެއްކާވެސް ބުނަމެވެ. ފިރުއައުނުގެ މި މިސާލު އާދައިގެ އިންސާނުންނަށް ފުދުނަސް މެމްބަރު ނަމްރޫދެކޭ އެއްފަދައިން މިއީ ފިރުއައުނުގެ ކުރިމަތީގައި އޮތް މައުލޫއަށް ފުދުނު މިސާލެއް ނޫނެވެ.

ވަލީދު ބުނު މުޣީރާ

މިއީ ރަން ބުއްދި އައި މީހެކެވެ. ބުއްދީގެ ހަމަ ދެއްކުމުގައި އައު އުސްމިނަކަށް އެރިއެވެ.

ވަލީދު އެއް ދުވަހަކު އޭނާގެ އެކުވެރި އަމްރު ބިން ހިޝާމު ނުވަތަ އަބޫ ޖަހުލާ ބައްދަލުވިއެވެ. މިއީ އާދައިގެ ދުވަހެއް ނޫނެވެ. މި ދުވަހުގެ ކުރިން ވަލީދަށް ކީރިތި ޤުރުއާން ރަނގަޅަށް އަޑުއިވުނެވެ. އެކަމަކު އިސްލާމްވުމަށް ބޭނުމެއް ނުވިއެވެ. އިތުރު އެކަލޭގެފާނަކީ ހެޔޮ ނަމޫނާއެކޭ ބުނާ ހިތެއް ނުވިއެވެ. މި ވާހަކަ އަބޫ ޖަހުލު ގާތުގައި ބުނުމުން ބުނެފިއެވެ. "ބަލަގަ ވިސްނުމަށްފަހު އެހެން މީހުނަށް ވިސްނޭ އެއްޗެއް އެ މުހައްމަދުގެފާނާމެދު ބުނާށެވެ. ވަލީދު ކަންބޮޑު ވެއްޖެއެވެ. ވިސްނައި ފިކުރުކޮށްފިއެވެ. އަދި މޮޅު ބުއްދިއެއް އައިސްގެން އަންނަނިވި ފަދައިން ގުރައިޝުންގެ ގާތުގައި ބުނެފިއެވެ.

ވަލީދު: ”ކަލޭމެން ތިކިޔަނީ އޭނާއަކީ މޮޔައެއް ކަމުގައެވެ. އޭނާ ދުވަހަކު ވެސް މޮޔައިން ކުރާ ކަހަލަ ކަމެއް ކުރަނިކޮށް ދުށިން ހެއްޔެވެ؟“

ޤުރައިޝުން: ”ﷲ ގަންދީ ބުނަމެވެ. ނުދެކެމެވެ.“

ވަލީދު: ”ކަލޭމެން ތިޔަ ދައުވާކުރަނީ އޭނާއަކީ ޅެންވެރިއެއް ކަމުގައެވެ. އޭނާ ދުވަހަކު ވެސް ޅެމެއް ކީއަޑު ކަލެމެން އެހިންހެއްޔެވެ؟“ ޤުރައިޝުން: ”ﷲ ގަންދީ ބުނަމެވެ. ނާހަމެވެ.“

ވަލީދު: ”ކަލޭމެން ތިޔަ ބުނާ ގޮތުގައި އޭނާއަކީ ދޮގުވެރިއެކެވެ. އޭނާގެ ކިބައިން ދުވަހަކު ވެސް ދޮގެއް ކަލޭމެންނަށް ތަޖުރިބާ ކުރެވުނު ހެއްޔެވެ؟“

ޤުރައިޝުން: ﷲ ގަންދީ ބުނަމެވެ. ”ނޫނެކެވެ.“

ވަލީދު: ”ކަލޭމެން ތިކިޔަނީ އޭނާއަކީ ކާހިނެއް ކަމުގައެވެ. އޭނާ ދުވަހަކުވެސް ކާހިނުކަން ކުރިތަން ކަލޭމެން ދެކުނިން ހެއްޔެވެ؟ އަހަރެމެންނަން ފެންނަނީ ކާހިނުން ޒާތްޒާތުގެ ބަނދިވަރުތަކާއި ހާސަރުތައް ކިޔާ ތަނެވެ. ތިޔައިންކުރެ އެކަކު ވެސް އޭނާގެ ކިބައިން އެފަދަ ކަމެއް ދުށިން ހެއްޔެވެ؟“

ޤުރައިޝުން: ”ﷲ ގަންދީ ބުނަމެވެ. ނުދެކެމެވެ.“

މި ހިސާބުން ޤުރައިޝުން ރުޅި ގަދަވެއްޖެއެވެ. އަދި ބުންޏެވެ. "އޭ ވަލީދެވެ. އެހެންވެއްޖެއްޔާ ދެން އަހަރެމެން ކިޔަންވީ ކީކޭ ހެއްޔެވެ؟" ދެން ވަލީދު ދޭނެ ޖަވާބަކާމެދު ބަލައި ވިސްނިއެވެ. އަދި މޫނު ކުނިކޮށްލުމަށްފަހު ބުންޏެވެ. އެއީ ސިހުރުވެރިއެކެވެ. މީހާ އާއި އޭނާގެ އަނބިދަރިންނާއި އަޅުންނާ ދެމެދު އޭނާ ބައިބައިކުރާތީ ކަލޭމެންނަށް ފެންނާނެއެވެ.

މި ވާހަކައިގެ ޔައުމިއްޔާ އެ އޮތީ މުއްދައްސިރު ސޫރަތުގެ ކުރީކޮޅުގައެވެ. އަނެއްކާ ވެސް ބުނަމެވެ. ވަލީދުގެ ވާހަކައަކީ ވެސް ބުއްދީގެ ހަމައިން އޯކޭ ވާހަކައެކެވެ. އޭނާގެ ކުރިމަތީގައި އޮތް މައުލޫއަށް އިންސާފެއް ލިބުނު ވާހަކައެއް ނޫނެވެ.

ބުއްދީގެ ހަމައިން ވާހަކަ ދެއްކުމުގައި "އިއްޒަތްތެރި ތިން މެމްބަރަކު" ދެއްކެވި މިސާލުތައް ކިހައި ފުރިހަމަ ހެއްޔެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ނުފޫޒު ފޯރުވި ކަމަށް ބުނެ، އޭގެ ދެ މަހެއްހާ ދުވަސް ފަހުން ޖޭއެސްސީން، އަޒްމިރާލްދާ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ މައްޗަށް ސުލޫކީ މައްސަލައެއް ބަލަން ފެށި އެވެ.

މި މައްސަލައިގައި އެންމެ ފުރަތަމަ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުގެ ފިރިކަލުން ފުލުހުން ހައްޔަރު ކުރަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެފައެއް ނުވެއެވެ. އެހެން ކަމުން ކްރިމިނަލް ކޯޓުގެ ގާޒީ އަކަށް ނުފޫޒު ފޯރުވަންޖެހޭ ފަދަ ހާލަތެއް ނުވެސް އުފެދެއެވެ. ޖޭއެސްސީއަށް އެއްވެސް މީހަކު ދިން ބަޔާނެއްގައި އަޒްމިރާލްދާ އެއްވެސް ފަނޑިޔާރަކަށް ގުޅިކަމަށް ބުނެފައެއް ވެސް ނުވެއެވެ. އަދި ނުވެސް ގުޅައެވެ. މެދުވެރިވިހާވެސް ކަމަކީ ސުޕްރީމް ކޯޓުގެ މުޅިން އެހެން ފަނޑިޔާރަކަށް އަޒްމިރާލްދާގެ ފިރިކަލުން ހައްޔަރުކުރި ވާހަކައެއް ނޫހަކުން ފެނިގެން އެ ފަނޑިޔާރު ބުނެގެން އަޒްމިރާލްދާ ޒާހިރުގެ ފިރިކަލުން ހައްޔަރުކުރިއިރު އޭނާ އަސްލު ވެސް ހުރީ ހައްޔަރުކުރާ ފަދަ ހާލަތެއްގައިތޯ ބެލުމަށް ފަނޑިޔާރު މަހާޒް އޭނާގެ ރައްޓެހި ކްރިމިނަލް ކޯޓުގެ ގާޒީ ސޮއްފަތުއަށް ގުޅިގުޅުމެވެ. ކަމާބެހޭ މައްސަލަ ބެލީވެސް ގާޒީ ސޮއްފަތުއެއް ނޫނެވެ. އެއްގޮތަކަށް ވެސް އަޒްމިރާލްދާ ބުނެގެން މަހާޒު ގުޅި ގުޅުމެއް ނެތެވެ. އަދި މަހާޒު ސޮއްފަތުއަށް ގުޅިއިރު، ގާޒީ ޒިހުނީ ވަނީ އަޒްމިރާލްދާގެ ފިރިކަލުން ބަންދުގައި ބަހައްޓާނޭ ތަނެއް ނެތިގެން ބަންދުން ދޫކޮށްލާފައެވެ. އެ ފަނޑިޔާރަކު ބުނެގެން މަހާޒު ސޮއްފަތުއަށް ވީނުވީއެއް ބަލަން ގުޅި ފަނޑިޔާރު ހެއްކެއްގެ ގޮތުގައި ޖޭއެސްސީއަށް ހުށަހެޅުމުން ޖޭއެސްސީއިން އެ ފަނޑިޔާރުގެ ބަހެއް ހޯދާފައެއް ނެތެވެ.

ދުސްތޫރީ މައްސަލައިގެ ވަގުތީ އަމުރާމެދު ގޮތެއް ނިންމަން، 26 ފެބްރުއަރީ 2025 ދުވަހުގެ ހެނދުނު 11 އަށް ތާވަލުކުރުމުން، ދެމަހެއް ކުރިން ހިނގާފައިމިވާ ހާދިސާގެ މައްސަލަ ކުއްލިއަކަށް އޭސީސީއަށް 25 ފެބްރުއަރީ ދުވަހުގެ ރޭ ދަންވަރު އެއްގަޑި ތިރީސް އެހާއިރު ހުށަހަޅައިގެން 26 ވަނަ ދުވަހުގެ ޝަރިއަތް ފެށުމުގެ ކުރިން އޭސީސީއިން އެމައްސަލަ ޖޭއެސްސީއަށް ރޮކެޓް ސްޕީޑުގައި ފޮނުވައި ރޮކްޓް ސްޕީޑުގައި ޖޭއެސްސީއިން މަހާޒުއާއި އަޒްމިރާލްދާ ސަސްޕެންޑުކުރީ އެއްވެސް އިންސާފެއް ނެތިއެވެ. އަޒްމިރާލްދާ މެންގެ މައްޗަށް ޖޭއެސްސީގެ ކުޑަ ކޮމިޓީން މައްސަލަ ބެލީ ނަމްރޫދު ރަސްގެފާނާއި، ފިރުއައުނާއި، ވަލީދު ބުނު މުޣީރާގެ ބުއްދިއާ އެއްގޮތަށެވެ.

އެގޮތީ، ޖޭއެސްސީގެ ތަހުގީގު ކޮމިޓީއިން ގޮތް ނިންމާފައިވަނީ ހުރިހާ ހެކިތަކެއް އެއްފަރާތް ކޮށް، ސަރުކާރުން ދުރާލާ ގަސްތުކޮށްފައި އޮތް ގޮތަކަށް އެ ފަނޑިޔާރުން ވަކިކުރުމަށް މަގުފަހިވާނެ ގޮތަށެވެ. ހުރިހާ ހެކިތަކާއި މަންތިގީ ހަމަތައް އެއް ފަރާތްކޮށް، ރިޕޯޓު ލިޔެފައި އޮތިީ ޑރ. އަޒްމިރާލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލަން، މަހާޒު މެދުވެރިކޮށް، ކްރިމިނަލް ކޯޓުގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ބޭއްވި އަޑުއެހުމަށް އަޒްމިރާލްދާ ނުފޫޒު ފޯރުއްވި ކަމަށެވެ.

ފިރިކަލުން ހައްޔަރުކުރިކަން އަޒްމިރާލްދާއަށް އެނގުނީ ހައްޔަރުކުރި ރެއާ ޖެހިގެން އައި ދުވަހުގެ ހެނދުނު 7:47 ގައެވެ. އެ ރޭ ޑރ. އިސްމާއީލް ގެއަށް ވަޑައިނުގަންނަވައިގެން އައިޖީއެމްއެޗްގެ ބައެއް ޑޮކްޓަރުންނަށް އަޒްމިރާލްދާ ގުޅުއްވިކަން ވެސް އެނގެން އެބައޮތެވެ. އޮންލައިންކޮށް ކުރިއަށް ގެންދިޔަ ބަންދު އަޑުއެހުމުގެ ތަފްސީލުތައް އަޒްމިރާލްދާއަށް ލިބެމުން ދިޔައީ ޑރ. އިސްމާއިލްގެ ވަކީލު މެދުވެރިކޮށެވެ. އެ އަޑުއެހުމުގައި ފުލުހުން ހުށަހެޅި ލިޔެކިއުންތަކަށް ބެއްލެވުމަށް ފަހު އޭނާ ބަންދުން ދޫކޮށްލަން ގާޒީ ނިންމެވީ އެ ދުވަހުގެ ހެނދުނު 10:38 ގައެވެ. ބަންދަށް ނުފޫޒު ފޯރުވަން މަހާޒް ލައްވައި އަޒްމިރާލްދާ ގުޅުއްވި ކަމަށް ޖޭއެސްސީން ތުހުމަތުކުރަނީ އެ ދުވަހުގެ 11:30ގެ ފަހުންނެވެ.

ހެނދުނު 10:38 ގައި ދޫކޮށްފައި ހުރިކަން އަޒްމިރާލްދާއަށް އެނގޭ މީހަކު، ބަންދުން ދޫކުރަން 11:30ގައި ނުވަތަ 11:45ގައި އެހެން މީހަކު މެދުވެރިކޮށް ގުޅަންޖެހޭ ސަބަބެއް އެބައޮތް ހެއްޔެވެ. އަޒްމިރަލްދާ މަހާޒްއަށް ނުގުޅާކަން ސާބިތުވެއެވެ. މަހާޒް ކްރިމިނަލް ކޯޓުގެ ގާޒީއަށް ގުޅީ ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރަކަށް ނޫހުން ފެނުނު އެއްޗެއް ކަށަވަރުކުރުމަށެވެ. މިހާ ސާފުކޮށް ފެންނަން އޮތް ކަމެއްގައި ޖޭއެސްސީއަށް ގަބޫލުކުރެވޭ ގޮތެއް ނުވަތަ އުންމީދުކުރައްވާ ގޮތަކަށް ނުަވަތަ ސަރުކާރުން ބޭނުންވާ ގޮތަށް ޖޭއެސްސީއިން މި ރިޕޯޓު ތައްޔާރުކޮށްފައި މަޖިލީހަށް ފޮނުވީއެވެ.

ދެން މަޖިލީހުން ހަދާ ގޮތެއް ބަލަން ތިބެމާ ބަހީއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox