އެހެން ގައުމުތަކާ އެކު ރާއްޖެއިން ހަދާފައިވާ އަސްކަރީ އެއްބަސްވުންތަކުގައި ހުރި ކަންބޮޑުވާންޖެހޭ ހުރިހާ ކަމެއް އިސްލާހު ކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، އެ މަސައްކަތް އަދިވެސް ނުނިމޭ ކަމަށް ޑިފެންސް މިނިސްޓަރު، ގައްސާން މައުމޫން އިއްޔެ ވިދާޅުވި އެވެ.
ދިވެހިރާއްޖެއިން އެހެން ގައުމުތަކާއެކު ހަދާފައިވާ އަސްކަރީ އެއްބަސްވުންތަކުގެ މައުލޫމާތު އާންމު ނުކުރާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމުން، ގައްސާން ވިދާޅުވީ އެހެން ގައުމުތަކާއެކު ވެފައި ހުރި އަސްކަރީ އެއްބަސްވުންތަކުގައި ހުރި ކަންބޮޑުވާ ކަންކަން އިސްލާހު ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށެވެ.
"އެ އެއްބަސްވުންތައް ދެންމެ އިއްޒަތްތެރި މެންބަރު ތިޔަ އިޝާރާތް ކުރެއްވި ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ ޕްރެސް ކޮންފަރެންސްގައި ވިދާޅުވެފައިވާ ގޮތުގެ މަތިން ދެ ގައުމުގެ ދޭތެރޭގައި އޮތް ގާތް ގުޅުމުގެ ތެރެއިން ދިވެހިރާއްޖޭގެ ސިޔާދަތާއި މިނިވަންކަމާއި އިސްތިގުލާލަށް އެއްވެސް ގެއްލުމެއް ނުވާ ގޮތަށް ބަދަލު ކުރެވި، އަދިވެސް ކުރެވެމުން އެބަދޭ،" އޭނާ ވިދާޅުވި އެވެ.
ގައްސާން ވިދާޅުވީ 1965 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ދިވެހިރާއްޖެ އާއި އިންޑިއާ އާ ދެމެދު 100 އެތައް އެއްބަސްވުމެއްގައި ސޮއިކޮށްފައިވީ ނަމަވެސް ޑިފެންސް މިނިސްޓްރީން ޒިންމާ ވާންޖެހޭ އޮތީ ހަތަރު އެއްބަސްވުން ކަމަށެވެ.

titledesc
ނަމާދު ވަގުތު
- ފަތިސް 04:38
- އިރުއަރާ 05:53
- މެންދުރު 12:07
- އަޞްރު 15:24
- މަޣްރިބް 18:13
- ޢިޝާ 19:28











