ބާސެލޯނާ ހިތްދަތިކޮށްލައި އިންޓަ ޗެމްޕިއަންސް ލީގުގެ ފައިނަލަށް

May 6, 2025, 9:39 PM
ބާސެލޯނާ ހިތްދަތިކޮށްލައި އިންޓަ ޗެމްޕިއަންސް ލީގުގެ ފައިނަލަށް

މިލާން (މެއި 7) - ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން 4-3 އިން ބާސެލޯނާ ހިތްދަތިގޮތަކަށް ބަލިކޮށް، އިންޓަ މިލާނުން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

މިދިޔަ ހަފްތާގައި ބާސެލޯނާ ދަނޑުގައި 3-3 އިން އެއްވަރުވެފައި އޮތުމުން، މިރޭ އިންޓަ ދަނޑުގައި ކޮންމެ ޓީމެއް މޮޅުވިޔަސް ފައިނަލުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ. އިންޓަ އިން މި ވަނީ، ބާސެލޯނާ ބަލިކޮށް، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އަމިއްލަ ދަނޑުގައި ބަލިނުވުމުގެ ރެކޯޑް ދަމަހައްޓައިފަ އެވެ. އެގްރިގޭޓަށް ބަލާއިރު، އިންޓަ އަށް ކުރި ލިބުނީ 7-6 އިންނެވެ.

އިންޓަ ދަނޑުގައި އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ ދެ ގޯލުގެ ލީޑެއްގައި އޮވެ އެވެ. އެ ގޮތުން، އިންޓަ އިން ލީޑުނެގީ 21 ވަނަ މިނިޓްގައި އެ ޓީމުގެ ކެޕްޓަން، ލައުޓާރޯ މާޓިނޭޒް ޖެހި ގޯލުންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އިންޓަ އިން ލީޑުފުޅާކުރީ ޕެނަލްޓީ އަކުން ހަކަަން ޗަނޮނޯލޫ ޖެހި ގޯލުންނެވެ. މިއީ، މާޓީނޭޒަށް ބާސެލޯނާ އޭރިއާތެެރެއިން އެ ޓީމުގެ ޒުވާން ޑިފެންޑަރު، ޕައު ކުބާސީ ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

އިންޓަގެ ކެޕްޓަން މާޓީނޭޒް އެ ޓީމުގެ ފުރަތަމަ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ފުރަތަމަ ލެގުގައި ވެސް ބާސެލޯނާ އިން ވަނީ އިންޓަ އިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް ފަހަތުން އަރައި އެއްވަރުކޮށްފަ އެވެ. ހަމަ އެ ގޮތަށް، އިންޓަ ދަނޑުގައި ވެސް ބާސެލޯނާ އިން ފަހަތުން އަރައި އެއްވަރުކުރި އެވެ. އެ ގޮތުން، ދެ ވަނަ ހާފުގައި ބާސެލޯނާގެ ފުރަތަމަ ގޯލު ޖެހީ 54 ވަނަ މިނިޓްގައި ޖެރާޑް މާޓިން ނެގި ހުރަހަކުން އެރިކް ގާސިއާ އެވެ.

އޭގެ އިރުކޮޅެއް ފަހުން، މާޓިން ދިން ބޯޅައަކުން ގާސިއާ ޖެހި ބޯޅަ އިންޓަގެ ކީޕަރު، ޔެން ސޮމާ މަތަކުރި އެވެ. އެކަމަކު، މެޗުގެ 60 ވަނަ މިނިޓްގައި މާޓިން ނެގި ހުރަހަަށް އަރައި ޑެނީ އޮލްމޯ ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.

އިންޓަގެ ހެންރިކް މިކިތާރްޔަން ބާސެލޯނާގެ ލަމީން ޔަމާލަށް ކުރި ފައުލަކަށް ރެފްރީ ފުރަތަމަ ޕެނަލްޓީ ދޭން ނިންމި ނަމަވެސް، ވީިޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލިއިރު، މިކިތާރްޔަން އެ ފައުލުކުރީ އޭރިއާބޭރުންކަން ޔަގީންވުމުން ޕެނަލްޓީ ދޭން ނިންމި ނިންމުން ވަނީ ބަދަލުކޮށްފަ އެވެ.

އޭގެ ފަހުން، ޔަމާލް އޭރިއާބޭރުން ޖެހި ބޯޅަ ކީޕަރު ސޮމާ ވަނީ މަތަކޮށްފަ އެވެ.

ރަފީނިއާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ބާސެލޯނާ އިން ދެ ލެގުގައި ވެސް ފުރަތަމަ ފަހަރަށް ލީޑެއް ނެގި ގޯލު ޖެހީ މެޗުގެ 87 ވަނަ މިނިޓްގައި ރަފީނިއާ އެވެ. ރަފީނިއާ އަށް އިންޓަގެ އޭރިއާތެރެއިން، ލިބުނު ފުރުސަތެއްގައި، ފުރަތަމަ ފޮނުވާލި ބޯޅަ ކީޕަރު ސޮމާ އަތުގައި ޖެހިފައި ރީބައުންސަކަށް ނުކުތް ބޯޅަ ރަފީނިއާ ވަނީ ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެެވެ. އޭގެ ފަހުން، ޔަމާލް ޖެހި ބޯޅައެއް ވަނީ ދަނޑިއަށް އަމާޒުވެފަ އެވެ.

ބާސެލޯނާ މޮޅުވެ، 10 އަހަރުތެރޭ ފުރަތަމަ ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅުމާ ގާތަށް ދަނިކޮށް، އިންޓަ އިން އެއްވަރުކުރީ އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި ޖެހި ގޯލުންނެވެ. މި ލަނޑު ޖެހީ، ޑެންޒެލް ޑަމްފްރީސް ދިން ބޯޅައަކުން ފްރެންޗެސްކޯ އަޗޭބީ އެވެ.

ނަތީޖާ ނެރެން އިތުރު ވަގުުތުގެ ދެ ހާފު ކުޅުނުއިރު، އިންޓަ އިން 99 ވަނަ މިނިޓްގަައި ލަނޑު ޖެހީ، އޭރިއާތެރެއިން ޑަވިޑޭ ފްރަޓޭސީ އެވެ. މިއީ މާކަސް ތުރާމް ދިން ބޯޅައަކުން މަހުދީ ތަރޭމީ ކޮންޓްރޯލް ކޮށްލައިދިން ބޯޅައެއް ހޯދައި، ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ފްރަޓޭސީ ޖެހި ގޯލެކެވެ.

އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ބާސެލޯނާ އަށް އެއްވަރުކޮށްދޭން ޔަމާލް ފޮނުވާލި ދެ ހަމަލާއެއް ކީޕަރު ސޮމާ ވަނީ މަތަކޮށްފަ އެވެ.

ޗެމްޕިއަންސް ލީގުގެ ތަށި އެންމެ ފަހުން 2010 ވަނަ އަހަރު ހޯދި އިންޓަ އިން ވަނީ މީގެ ދެ އަހަރު ކުރިން ވެސް ފައިނަލުގައި ކުޅެފަ އެވެ. އެ ފަަހަރު ބަލިވީ، މެންޗެސްޓާ ސިޓީ އަތުން 1-0 އިންނެވެ. މި މަހު 31 ގައި ކުޅޭ ފައިނަލުގައި އިންޓަ އިން ކުޅޭނީ ޕީއެސްޖީ ނޫނީ އާސެނަލާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox