ފަނޑިޔާރުންގެ ރިޕޯޓު ހެދި ޖޭއެސްސީގެ ކުޑަ ކޮމިޓީގެ މެންބަރުން ވެސް ފަނޑިޔާރުން ވަކި ކުރަން ވޯޓު ދިން

May 5, 2025, 4:56 AM
ފަނޑިޔާރުންގެ މައްސަލަ ބެލި ކުޑަ ކޮމިޓީގެ މެންބަރުން: އެ މެންބަރުން ހެދި ރިޕޯޓު ފާސް ކުރަން ވެސް ވޯޓު ދިން -- ފޮޓޯ: ޖޭއެސްސީ

ފަނޑިޔާރުންގެ މައްސަލަ ބެލި ކުޑަ ކޮމިޓީގެ މެންބަރުން: އެ މެންބަރުން ހެދި ރިޕޯޓު ފާސް ކުރަން ވެސް ވޯޓު ދިން -- ފޮޓޯ: ޖޭއެސްސީ

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކި ކުރަން ފެންނަ ކަމަށް ބުނެ ރިޕޯޓު ހެދި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ކުޑަ ކޮމިޓީގެ މެންބަރުން ވެސް އެ ރިޕޯޓު ފާސް ކުރަން ވޯޓު ދިން ކަން އެނގިއްޖެ އެވެ.

ސުޕްރީމް ކޯޓުން ވަކި ކުރަން ނިންމާފައި ވަނީ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ފަނޑިޔާރުން ވަކި ކުރަން ނިންމީ ބުއްދީގެ ހަމަތަކުން ބަލާއިރު އެ ފަނޑިޔާރުން ދަށު ކޯޓަށް ނުފޫޒު ފޯރުވި ކަމަށް ގަބޫލު ކުރެވޭ ކަމަށް ބުނެ އެވެ.

ފަނޑިޔާރުން ވަކި ކުރަން ފެންނަ ކަމަށް ބުނާ ރިޕޯޓު އިއްޔެ ފާސް ކުރަން ނެގި ވޯޓުގައި ކޮމިޝަނުގެ 10 މެންބަރުންގެ ތެރެއިން އަށް މެންބަރުން ބައިވެރިވި އެވެ. ވޯޓުގައި ބައިވެރިނުވަނީ ޖޭއެސްސީގެ ރައީސް ހުސެއިން ރިޒާ އާދަމް އާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އެވެ.

ފަނޑިޔާރުން ވަކި ކުރަން ފެންނަ ކަމަށް ވޯޓު ދިނީ ފަސް މެންބަރުންނެވެ. އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސެއިން ޝަހީދު އާއި މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބްދުﷲ އާއި މެންބަރު އަލީ އަބްދުއްލަތީފް އާއި ރައީސް އައްޔަން ކުރައްވާފައިވާ މެންބަރު ޔަޒްމީދު މުހައްމަދު އާއި ރައީސް އައްޔަން ކުރައްވާފައިވާ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހެވެ.

އޭގެ ތެރެއިން އަލީ އަބްދުއްލަތީފާއި ޔަޒްމީދު އާއި ނާސިހަކީ ފަނޑިޔާރުންގެ މައްސަލަ ތަހުގީގުކޮށް ރިޕޯޓު ހެދި ކުޑަ ކޮމިޓީގައި ހިމެނޭ މެންބަރުންނެވެ. ކުޑަ ކޮމިޓީގެ މެންބަރުން ވޯޓުގައި ބައިވެރިނުވުމަކީ ފަނޑިޔާރުންގެ އެދުމެވެ.

ފަނޑިޔާރުން ވަކި ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ދެ މެންބަރުންނެވެ. އެއީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް އާއި ފަނޑިޔާރު ފަރުހާދު ރަޝީދެވެ. އާންމުންގެ ތެރެއިން ޖޭއެސްސީއަށް ރައްޔިތުންގެ މަޖިލީހުން އައްޔަން ކުރި މެންބަރު އައިމިނަތު އުއްމުކުލްސޫމް ވަކި ކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ.

ފަނޑިޔާރުން ވަކި ކުރަން ނިންމުމަށްފަހު ހަމަ އިއްޔެ އެ މައްސަލަ ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފަ އެވެ. އަދި އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާގައި ވަނީ މިއަދު ހިމަނައިފަ އެވެ. ފަނޑިޔާރުން މަގާމުން ވަކިވާނީ ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުންނެވެ.

ފަނޑިޔާރުންގެ މައްސަލަ ބެލި ކުޑަ ކޮމިޓީއިން ވަނީ ފަނޑިޔާރުންގެ ދިފާއުގައި ހުށަހެޅި ހެކިތައް ބަލައިގަތުމަށް ދެކޮޅު ހަދައިފަ އެވެ. ސަބަބެއް ކަމަށް ބުނީ ދިފާއީ ހެކި ގެނައި ނަމަވެސް ކޮމިޓީގެ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށެވެ.

ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒްގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްސަލައެއް ވެސް ޖޭއެސްސީއިން ބަލަން ނިންމި އެވެ. އެކަމަކު، މައްސަލަ ބަލަން ފެށުމާއެކު ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އިސްތިއުފާ ދެއްވީ ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކަވާތީ އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ކަމަށް ސުއޫދު ވިދާޅުވި އެވެ.

ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާުރުންތަކެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ އެ ކޯޓުން ބަލަން ފެށުމުންނެވެ.

ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމިޓީގައި ޖޭއެސްސީން ހިމެނީ ތިން މެންބަރެކެވެ. އޭގެ ތެރޭގައި ރައީސް މުއިއްޒު އައްޔަން ކުރައްވާފައިވާ ދެ މެންބަރަކު ހިމެނެ އެވެ. އެއީ ޖޭއެސްސީއަށް ރައީސް އައްޔަން ކުރައްވަންޖެހޭ މެންބަރުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް އެވެ.

ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފެށީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ޖޭއެސްސީއަށް ފޮނުވި ސިއްރު ސިޓީއަކަށް ބިނާކޮށެވެ. އެ ސިޓީ ފޮނުވާފައި ވަނީ އާންމުކޮށް އެފަދަ ސިޓީ ފޮނުވާ އުސޫލުތަކާ ހިލާފަށް ޖެމްސް ސިސްޓަމް މެދުވެރިނުކޮށެވެ.

ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފެށުމާއެކު، ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވާތީ އެކަަމާ ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އޭގެ ތެރޭގައި ކުރީގެ ފަނޑިޔާރުންނާއި ވަކީލުންނާއި ގާނޫނީ މާހިރުން ހިމެނެ އެވެ. އަދި އދ. ގެ ކަމާ ބެހޭ އެކްސްޕާޓު ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ މައްސަލައިގައި އދ. އިން ވަނީ ރައީސް އޮފީހަށް ސިޓީއެއް ވެސް ފޯރުވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox