ހުލާސާކޮށް އިއްޔެ: އަމިއްލައަށް އައްޔަން ކުރެއްވި ސިޔާސީން މުވައްޒަފުންގެ އަދަދު ހާމަކުރަން ރައީސް އަށް ކެރިވަޑައިނުގަތް

May 4, 2025, 2:24 AM
އިއްޔެގެ ޕްރެސް ކޮންފަރެންސްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

އިއްޔެގެ ޕްރެސް ކޮންފަރެންސްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް މި ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކޮށް ރައީސް މުހައްމަދު މުއިއްޒު ކުރިއަށް ގެންދެވި 12 ގަޑިއިރާއި 38 މިނެޓުގެ ނޫސްވެރިންގެ ބައްދަލުވުން ނިންމައިލެއްވި އެވެ.

ރައީސް މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުން ފެށީ ހޮނިހިރު ދުވަހުގެ ހެނދުނު 10:04 ގަ އެވެ. ފުރަތަމަ ސެޝަންގައި އޮތީ ރައީސް މުއިއްޒުގެ ޕްރެޒެންޓޭޝަނެކެވެ. އެ ޕްރެޒެންޓޭޝަން ނިމުނީ 12:06 ގަ އެވެ.

އެއަށް ފަހު ދެން ފެށީ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ބައެވެ. ފުރަތަމަ ބައި 12:31 އިން 15:15 ކުރިއަށްގެންދިޔައިރު އަސްރު ނަމާދަށް ފަހު އަލުން ފެށީ 15:50 ގަ އެވެ. އެ ބައި ނިންމާލީ 17:58 ގަ އެވެ.

އެއަށް ފަހު 18:31 ގައި ފެށުމަށް ފަހު 19:25 ގައި އިޝާ ނަމާދަށް މެދުކަނޑާލި އެވެ. ދެން ފެށީ 19:46 ގައި ކަމަށްވާއިރު އެ ސެޝަން ކުރިއަށްގެންދިޔައީ 22:19 ވުމާ ހަމައަށެވެ. ހޮނިހިރު ދުވަހުގެ ރޭ 22:36 ގައި ސުވާލު ކުރުމުގެ ފަހު ސެޝަން ފަށައި ނިންމާލީ މެންދަމު 00:53 ގަ އެވެ.

ޕްރެސް ކޮންފަރެންސްގެ ވަގުތު ހޭދަވި ގޮތް

  • ފުރަތަމަ ސެޝަން - ދެ ގަޑިއިރާއި ދެ މިނެޓު
  • ސުވާލާއި ޖަވާބުގެ ފުރަތަމަ ބައި - ދެ ގަޑިއިރާއި 44 މިނެޓު
  • ސުވާލާއި ޖަވާބުގެ ދެވަނަ ބައި - ދެ ގަޑިއިރާއި އަށް މިނެޓު
  • ސުވާލާއި ޖަވާބުގެ ތިންވަނަ ބައި - 54 މިނެޓު
  • ސުވާލާއި ޖަވާބުގެ ހަތަރުވަނަ ބައި - ދެ ގަޑިއިރާއި 33 މިނެޓު
  • ސުވާލާއި ޖަވާބުގެ ފަސްވަނަ ބައި - ދެ ގަޑިއިރާއި 17 މިނެޓު

އެހެންކަމުން ބްރޭކް ނެންގެވި ބޭނުންތަކަށް ވަގުތު ނުލައި ރައީސް މުއިއްޒު މުޅި ޖުމުލަ 12 ގަޑިއިރާއި 38 މިނެޓު ނޫސްވެރިންގެ ބައްދަލުވުމުގައި ހޭދަކުރެއްވި އެވެ. ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގައި އޭގެ ތެރެއިން 10 ގަޑިއިރާއި 36 މިނެޓު ހޭދަކުރެއްވި އެވެ.

ހޮނިހިރު ދުވަހު ހެނދުނު ފެށި ނޫސްވެރިންގެ ބައްދަލުވުން މެންދަމު ނިންމާލިއިރު، އެކި ނޫސްތަކުގެ ނޫސްވެރިން ވަނީ މިހާތަނަށް ސަރުކާރުން ހާމަކޮށްފައި ނުވާ، ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކޮށް ދިނުމަށް އެދި ތަކުރާރުކޮށް ސުވާލުކޮށްފަ އެވެ.

ކޮންމެ ފަހަރަކު ވެސް ސީދާ ޖަވާބެއް ދެއްވުމުގެ ރައީސް ވަނީ އެ އަދަދު ލިބެން ނެތް ކަމަށާއި އެ އަދަދު ސާފުކުރެވޭތޯ ބައްލަވާނެ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު ތި އަދަދު ތިބޭފުޅުންނާ ލިޔުމުން ހިއްސާކުރާނަން،" ތަކުރާރުކޮށް ރައީސް ވިދާޅުވި އެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދުތައް ހާމަނުކޮށް އެ މުވައްޒަފުންނަށް ބަޖެޓުން ހަރަދުކުރާވަރު ގަނޫނުގައި ބަޔާން ކުރުމަށް އިސްލާހު ހުށަހަޅާނެކަން ރައީސް މިއަދު ވަނީ އިއުލާނު ކުރައްވާފަ އެވެ.

ނޮވެމްބަރު 17، 2023 ގައި މި ވެރިކަން ފެށުނީއްސުރެ ސަރުކާރުން އައްޔަންކޮށްފައިވާ ޖުމްލަ ސިޔާސީ މުވައްޒަފުންގެ އަދަދު މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކުން ތުހުމަތުކުރާ ގޮތުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 3،000 އަށް ވުރެ މައްޗެވެ.

ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައި ވަނީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރާނެ ކަމަށެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކޮށް ރައީސް ވިދާޅުވީ އެ މަނިކުފާނު ސިޔާސީ މުވައްޒަފުން އައްޔަން ކުރައްވާފައި ވާނީ ސަރުކާރުގެ 2130 މަޝްރޫއު ކުރިއަށް ގެންދަން އެކަށީގެންވާ މިންވަރަށް ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި ސިޔާސީ މުވައްޒަފުންނަށް ބަޖެޓުން ހަރަދުކުރާވަރު ގަނޫނުގައި ބަޔާން ކުރުމަށް އިސްލާހު ހުށަހަޅާނެކަން އެމަނިކުފާނު ވިދާޅުވި އެވެ.

ދައުލަތުގެ ބަޖެޓުން މި އަހަރު މުސާރަ އާއި އިނާޔަތްތަކަށް ކުރި ހަރަދު 400 މިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކަ އެވެ.

ފިނޭންސް މިނިސްޓްރީން މާޗު 20، އާ ހަމައަށް ކުރި ހަރަދާއި ލިބުނު އާމްދަނީގެ ހިސާބުތަކުން ދައްކާ ގޮތުގައި ދައުލަތުގެ ބަޖެޓުން މުސާރައާއި އިނާޔަތްތަކަށް ޖުމްލަ 2.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި މިކަމަށް ބަޖެޓުން ހަރަދުވީ 2.2 ބިލިއަނެވެ. މިއީ ޖުމްލަ 404 މިލިއަން ރުފިޔާގެ ބޮޑުވުމެކެވެ. މުސާރައަށް އެކަނި ދިޔަ ހަރަދު ވެސް ވަނީ 147 މިލިއަން ރުފިޔާއިން އިތުރުވެފަ އެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސިޔާސީ މުވައްޒަފުންނަށް ސަރުކާރުގެ ބަޖެޓުން ހަރަދު ކުރަނީ މަހަކު 23 މިލިއަން ރުފިޔާއަށް ކަމަށެވެ.

titledesc

ނަމާދު ވަގުތު

  • ފަތިސް 04:39
  • އިރުއަރާ 05:53
  • މެންދުރު 12:07
  • އަޞްރު 15:23
  • މަޣްރިބް 18:13
  • ޢިޝާ 19:27

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox