އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވަނީ

އެމްޑީޕީން މީގެ ކުރިން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީން މީގެ ކުރިން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: އެމްޑީޕީ

އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) އަދަދު އަށް ވިދާޅުވީ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭ 09:00 ޖަހާއިރު އެމްޑީޕީ ހަރުގޭގައި ކަމަށެވެ.

އެ ކުއްލި ބައްދަލުވުމަކީ އެމްޑީޕީގެ ގައުމީ މަޖިލީހުން ހޮވާފައިވާ ލީޑާޝިޕް ރެޕިޑް ރެސްޕޮންސް ޓީމް (އެލްއާރްއާރްޓީ) އިން އެދިގެން ބާއްވާ ބައްދަލުވުމެއް ކަމަށް އިބުރޭ ވިދާޅުވި އެވެ.

Advertisement

"ކުއްލި ޖަލްސާއެއް. އަހަރުމެންގެ އޮންނާނެ ޖީއެމްއިން ނަގާފައި ޕާޓީގައި ކުއްލިއަކަށް ދިމާވާ ހަރަކާތްތައް ހިންގުމަށް އެލްއާރްްއާރްޓީ ކޮމިޓީއޭ ކިޔާ ކޮމިޓީއެއް. އެ ކޮމިޓީން އެދިގެން ބާއްވާ ޖީއެމްއެއް. ކުއްލި ކޮންމެވެސް ކަމެއް. އެޖެންޑާއެއް ނުލިބޭ،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވަން ނިންމާފައި މިވަނީ ރޭ ޒުވާނުން ކުރިއަށް ގެންދިޔަ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުންކޮށް ދެ މީހަކު ހައްޔަރުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. މުޒާހަރާއިން ހައްޔަރުކުރި ދެ މީހުން ވެސް ދޫކޮށްލަން އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ.

ޒުވާނުން މުޒާހަރާ ކުރަމުންދަނީ އުސް އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދިނުމަށް އެދި ގޮވައިލަ އެވެ. މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުން ކުރުމުން އެކަމާ ދެކޮޅަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުރީގެ ޑެޕިއުޓީ މޭޔަރަާއި އިތުރު ދެ މީހުން ކުންފުނިތަކުގެ ބޯޑަށް

މާލޭ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް މޯލްޑިވްސް ޕޯސްޓްގެ ބޯޑަށް، އަދި އިތުރު ދެ ބޭފުޅަކު އެސްޓީއޯ އާއި އެސްޕީއެމްސީގެ ބޯޑަށް ޕީސީބީން މިއަދު ވަނީ އައްޔަނުކޮށްފައި މީގެ ކުރިން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަރީޝްއަކީ އެމްޑީޕީ ދޫކުރައްވައި މިހާރު ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގެންފައިވާ ބޭފުޅެއ

"އެއް ގައުމެއްގެ މީހުންނަށް ގަނެވޭނީ ރަސްމާލޭގެ 25 ޕަސެންޓު"

ރަސްމާލެއިން ބޭރު ގައުމުތަކުގެ މީހުންނަށް ޕްރޮޕަޓީ ގަނެވޭނީ ވަކި އިންސައްތައަކަށް ކަމަށާއި، އެއްވެސް ގައުމެއްގެ ރައްޔިތުންނަށް 25 ޕަސަންޓަށްވުރެ އިތުރަށް ބިން ނުގަނެވޭނެ ގޮތަށް ގާނޫނެއް އެކުލަވާލާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި. މި މަޝްރޫއުގެ ދަށުން އިޒްރޭލު މީހުންނަށް ފުރުސަތު ނޯންނާނެ ކަމަށް.

ހުޅުޖަހަން ހިތްވަރުދިން ޒިހާން ހައްޔަރުކޮށްފި

ދައުލަތުގެ މުހިންމު އިދާރާތަކެއްގައި ހުޅުޖެހުމަށް ހިތްވަރުދީ ސޯޝަލް މީޑިއާގައި ޕޯސްޓުކުރި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރުކުރީ ސުޕްރީމް ކޯޓާއި، ރައީސް އޮފީހާއި، މަޖިލީހުގައި ހުޅުޖެހުމަކީ މަޖާ ކަމަކަށް ވާނެ ކަމަށް ބުނެ ކުރި ޕޯސްޓާ ގުޅިގެން ބަލަމުންދާ މައްސަލައެއްގައެވެ.

އޮޑިޓު އޮފީހުން އެދުނު 133.6 މިލިއަން ރުފިޔާގެ ފާސްކޮށްފި

އޮޑިޓާ ޖެނެރަލްގެ އޮފީހުން އަންނަ އަހަރަށް ހުށަހެޅި 133.6 މިލިއަން ރުފިޔާގެ ބަޖެޓު، އެއްވެސް ބަދަލެއް ނުގެނެސް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ. މި ބަޖެޓުގެ ބޮޑު ބައެއް އޮފީހުގެ ހިންގުމަށާއި މުވައްޒަފުންގެ މުސާރައަށް ކަނޑައަޅާފައިވާއިރު، 43.5 މިލިއަން ރުފިޔާ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި އިމާރާތްކުރާ އެ އޮފީހުގެ އާ އިމާރާތަށެވެ.

ރަސްމާލޭގައި ސްކޫލްތައް ނުހުންނާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ރަސްމާލޭގެ އީގަލް ހިލްސް މަޝްރޫއު ހިންގާ ސަރަހައްދުގައި ސްކޫލްތައް ނުހުންނާނެ ކަމަށާއި، އެތަނުގައި އެހެން ދީންތަކަށް އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި. ނަމަވެސް، ކުރިން ހައުސިން މިނިސްޓްރީން ބުނެފައިވަނީ އެ ސަރަހައްދުގައި ސްކޫލްތަކާއި ސިއްހީ މަރުކަޒުތައް ހުންނާނެ ކަމަށް.

99 އަހަރުވުމުން ވެސް ރަސްމާލެ އަނބުރާ ލިބޭނީ އަގު ދައްކައިގެން

"މި އިންވެސްޓްމެންޓުގެ ތެރެއިން މި އެޅޭ، ނޫނީ ޑިވެލޮޕް ކުރެވޭ ޕްރޮޕަޓީސްތައް ގަންނަ ފަރާތަކުން 99 އަހަރުގެ މުއްދަތަކަށް މި ގަނެވެނީ. އެ ފަރާތުން ދެ އެތަން ޖެހޭނީ ސަރުކާރަށް، ދައުލަތަށް ވިއްކަން. ދައުލަތަށް ލިބޭނީ. ސަރުކާރުން ދެން އެހެން ފަރާތަކަށް ވިއްކަންޏާ ވިއްކާނީ،" ރައީސް ވިދާޅުވި އެވެ.

ފަޔާގެ އަމާޒު: މާލީ މިނިވަންކަން ދީ، ވިޔަފާރިވެރިން އުފެއްދުން

ފައްޔާޒް އިސްމާއިލްގެ ވެރިކަމެއްގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ 10،000 ވިޔަފާރިވެރިން އުފައްދައި، ރައްޔިތުންނަށް މާލީ މިނިވަންކަން ހޯދައިދިނުމަށް. އޭނާގެ އަމާޒަކީ ވަޒީފާގެ ބިރުވެރިކަމުން ރައްޔިތުން ސަލާމަތްކޮށް، ރަށްރަށުގެ އިގްތިސާދީ ފުރުސަތުތަކުގެ ބޭނުން ހިފައިގެން އަމިއްލަ މަސައްކަތުން ކުރިއަށްދެވޭނެ މަގު ފަހިކޮށްދިނުން.

Newsletter

Get the latest news delivered straight to your inbox