‏ގޭގައި ބޭނުންކުރާ ޕްލާސްޓިކުން ހިތުގެ ބަލިތަކަށް މަގުފަހިވެދާނެ‏

‏ގޭގައި ބޭނުންކުރާ ޕްލާސްޓިކުން ހިތުގެ ބަލިތަކަށް މަގުފަހިވެދާނެ‏

‏ދުވަހީ ދިރިއުޅުމުގައި ކޮންމެ ދުވަހަކުހެން ގޭގައި ބޭނުންކުރާ ޕްލާސްޓިކްގެ ތަފާތު ބާވަތްތަކުގައި ހުންނަ ވަކި ކަހަލަ ‏‏ކެމިކަލަކުން ހިތުގެ ބަލިތަކަށް މަގުފަހިވެދާނެ ކަމަށް މިދިޔަ އަހަރު ކުރެވުނު އައު ދިރާސާއަކުން ދައްކައިފި އެވެ.

‏‏މިދިރާސާ ކޮށްފައިވަނީ އެމެރިކާގެ އެންވައިޔޫ ލެންގޯން ހެލްތުގެ ދިރާސާވެރިންނެވެ‏‎.‎

‏ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ބުނާގޮތުގައި ހިތުގެ ބަލިތަކަކީ މުޅި ދުނިޔޭގައި އެންމެ ‏‏ގިނައިން މީހުން މަރުވާ ސަބަބެވެ. ހިތުގެ ތަފާތު ބާވަތްތަކުގެ ބަލީގައި އަހަރަކު 17.9 މިލިއަން މީހުން މަރުވާކަމަށް ‏‏އެ ޖަމިއްޔާއިން ލަފާކުރެ އެވެ‏‎.‎

Advertisement

‏މިދިރާސާގެ ނަތީޖާތަކުން ދައްކާގޮތުގައި 55 އަހަރާއި 64 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ހިތުގެ ބަލިތަކުން ‏‏މަރުވާ މީހުންގެ 10 އިންސައްތައަށްވުރެ ގިނަ މީހުން މަރުވަނީ ޕްލާސްޓިކްގައި ހުންނަ ވަކި ކަހަލަ ކެމިކަލްތަކެއްގެ ‏‏ސަބަބުން ކަމަށް ލަފާކުރެވެއެވެ‏‎.‎

‏މިދިރާސާގައި ބަލާފައިވަނީ އާބާދީގެ ސާވޭތަކުން ލިބުނު ޞިއްޙީ އަދި ތިމާވެށީގެ މައުލޫމާތުތަކެވެ. މީގެ އިތުރުން ‏‏ޕްލާސްޓިކްގެ ދެމިހުރުމާއި ބުރަވެނުދިނުން އިތުރުކުރުމަށް ބޭނުންކުރާ "ފްތަލޭޓްސް" ނަމަކަށް ކިޔާ ކެމިކަލްތަކަށް ‏‏ހުށަހެޅުމުގެ ސަބަބުން މަރުވާ މިންވަރު ވެސް ބަލާފައިވެއެވެ‏‎.‎

‏މިދިރާސާގެ ނަތީޖާތަކުން ދައްކާގޮތުގައި ޑީއީއެޗްޕީ (ޑައި-2-އެތިލްހެކްސިލް ފްތަލޭޓް) ނަމަކަށް ކިޔާ ކެމިކަލަށް ‏‏ހުށަހެޅުމުގެ ސަބަބުން 2018 ވަނަ އަހަރު 350،000 މީހުން މަރުވެފައިވާ ކަމަށް ލަފާކުރެވެއެވެ‏‎.‎

‏ނަމަވެސް މިދިރާސާ ފަރުމާކޮށްފައިވަނީ ޑީއީއެޗްޕީ އިން ސީދާ ހިތުގެ ބަލިތައް ޖެހޭކަން ދެނެގަތުމަށް ނޫންކަމަށް ‏‏ދިރާސާގެ މައިގަނޑު ތަހުގީގުވެރިޔާ، އެންވައި.ޔޫ ސެންޓަ ފޯ ދަ އިންވެސްޓިގޭޝަން އޮފް އެންވަޔަރަންމަންޓަލް ‏‏ހެޒާޑްސްގެ ޑިރެކްޓަރ ލިއޮނާޑޯ ޓްރަސަންޑޭ ވިދާޅުވިއެވެ. އެހެންކަމުން މިކަމާ ގުޅޭގޮތުން ވަކި ނިންމުމަކަށް ‏‏އައުމުގައި ފަރުވާތެރިވުމަށް އޭނާ އިންޒާރުދެއްވިއެވެ‏‎.‎

‎"‎‏އަޅުގަނޑުމެން މަސައްކަތްކުރީ [ޑީއީއެޗް.ޕީ އަށް] ހުށަހެޅޭ މިންވަރު ދެނެގަތުމަށް، ދުނިޔޭގެ އެކި ‏‏ކަންކޮޅުތަކުގައި އިންސާނުން މި ކެމިކަލަށް ހުށަހެޅޭ މިންވަރު ބެލުމަށް ލިބެންހުރި މަޢުލޫމާތުތަކުގެ މައްޗަށް ‏‏ބިނާކޮށް މޮޑެލްއެއް ހަދަންޖެހުނު. އެހެންވީމާ މިކަމުގައި އުނިކަންތައްތަކެއް ހުރި،" ޓްރަސަންޑޭ ވިދާޅުވިއެވެ‏‎.‎

ޑީއީއެޗްޕީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ފެންނަ ކެމިކަލެއް ނަމަވެސް، މިދިރާސާއިން ދައްކާގޮތުގައި މީގެ އަސަރު ‏‏އެންމެ ބޮޑަށް ފެންނަނީ ވަކި ސަރަޙައްދުތަކެއްގައެވެ. ޑީއީއެޗްޕީ އާ ގުޅުވައިގެން ލަފާކުރެވޭ މަރުތަކުގެ ތިންބައިކުޅަ ‏‏ހަތަރުބައި އޭޝިއާ، މެދުއިރުމަތި އަދި ޕެސިފިކް ސަރަޙައްދުގައި ހިމެނެއެވެ.‏

‏ޕްލާސްޓިކް ވިހައިގެ ސަބަބުން އެންމެ ގިނައިން މަރުވާ ޤައުމަކީ އިންޑިއާ ކަމަށް ލަފާކުރެވޭއިރު، އެ ގައުމުގައި ‏‏100،000 އަށްވުރެ ގިނަ މީހުން މަރުވާ ކަމަށް ލަފާކުރެވެއެވެ. އޭގެ ފަހަތުން އަންނަނީ ޕާކިސްތާނާއި މިޞްރެވެ.‏

ކޮމެންޓް

ފަހުގެ ޚަބަރު

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox